އީރާނުން ހޯދި ބޮޑު ކާމިޔާބީ ފާހަގަކުރުމަށް ރައްޔިތުން ނިކުތީ މަގުތަކަށް
25 ޖޫން 2025 - 06:42

ނިރުބަވެރި ޔަހޫދީން އީރާނަށް ދިން ޙަމަލާތަކުގައި ކުރިއެރުމެއް ނުލިބި، އެންމެފަހުން ހަނގުރާމަ ހުއްޓާލި ކަމަށް އިޢުލާން ކުރުމާ ގުޅިގެން، އެއީ އީރާނަށް ލިބިގެން ދިޔަ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކުރުމަށްޓަކައި ބޮޑެތި މަގުތަކަށް ނިކުމެ އެ ޤައުމުގެ ރައްޔިތުން އުފާ ފާޅުކޮށްފިއެވެ.
އީޜާނުގެ ރައްޔިތުން ވަނީ ޙަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ އެއްގޮތަށް ދެ ފަރާތުން ވެސް އަމަލު ކުރާނެ ކަމަށް އުންމީދު ކުރާ ކަމަށް ބުނެފައެވެ. ޔަހޫދީންނަކީ އެ ފަދަ އެއްބަސްވުންތަކަށް އަމަލު ކުރުމުގައި ދެމިތިބޭ ބައެެއް ނޫން ކަމަށް ތާރީޚު ހެކިދޭ ކަމަށް ފާހަގަ ކޮށް އީރާނުގެ ރައްޔިތުން ބުނަމުން ދަނީ މި ފަހަރު އެ މީހުން އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. ދެ ޤައުމުގެ މަސްލަހަތަށް އެންމެ ފައިދާ ބޮޑު ގޮތަކީ އެއީ ކަމަށް ރައްޔިތުން ވެސް ދަނީ ބުނަމުންނެވެ.

Ad by Hajj Corporation
އީރާނުގެ ނިއުލްކިޔަރ ދާއިރާއަށް ލިބިފައިވާ ގެއްލުންތައް ބަލައި ވަޒަން ކޮށް، އެ ޤައުމުގެ ނިއުކްލިޔަރ މަސައްކަތްތައް އަލުން އާރާސްތު ކޮށް ފެށުމާގުޅޭ އިންތިޒާމްތައް ކުރިއަށްދާ ކަމަށް އެ ޤައުމުގެ ނިއުކްލިޔަރ ހަކަތައާ ބެހޭ އިސްވެރިޔާ، މުޙައްމަދު އަސްލަމީ ވަނީ ވިދާޅުވެފައެވެ. އޭނާ އެހެން ވިދާޅުވެފައި ވަނީ ޔަހޫދީންނާއި އެމެރިކާއިން އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކަށް ވަރުގަދަ ޙަމަލާތަކެއްދީ ގެއްލުންތައް ދީފައިވަނިކޮށެވެ.
ޖޫން މަހުގެ 13 ވަނަ ދުވަހު ޔަހޫދީން އިސްވެ އީރާނަށް ޙަމަލާދޭން ފެށީ އީރާނުގެ ނިއުކްލިޔަރ މަޝްރޫޢު ހުއްޓުވުމަށް ކަމަށް ބުނެއެވެ. އެ ޙަމަލާތަކުގައި އީރާނުގެ މުހިންމު ސަރަޙައްދުތަކަށް ޔަހޫދީން ޙަމަލާދީފައިވެއެވެ. އެ އަދި އީރާނުގެ އަސްކަރިއްޔާގެ އިސް ކޮމާންޑަރުންނާއި ނިއުކްލިޔަރ ސައިންސުވެރިން ޝަހީދު ކޮށްލާފައިވެއެވެ.
ޔަހޫދީން އީރާނަށް ޙަމަލާ ދެމުން ދަނިކޮށް އެމެރިކާއިން ވެސް ވަނީ ހަމަނުޖެހުމުގެ ތެރެއަށް ވަދެ، އީރާނުގެ މައި ނިއުކްލިޔަރ މަރުކަތުތަކަށް ބޮން އަޅައިފައެވެ. އެ ގޮތުން އިޞްފިހާން، ފޫރްދޫ އަދި ނަޠާންޛްގައި ހުންނަ ނިއުލްލިޔަރ މަރުކަޒުތަކަށް ޙަމަލާ ދީފައިވެއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނުގެ ނިއުކްލިޔަރ މަރުކަޒުތައް ސުންނާފަތި ކޮށް ނައްތާލާފައިވާ ކަމަށް އިޢުލާނު ކުރައްވައިފައެވެ.
އަސްލަމީ ވިދާޅުވީ އީރާނުން އިސްކަން ދެނީ ކުރިއަށް އޮތް ތަނުގައި ނިއުކްލިޔަރ ހަކަތައާ މަސައްކަތްތަކަށް ބުރޫ ނާރާނެފަދަ ގޮތަކަށް ކަންތައްތައް އިންތިޒާމު ކުރުމަށް ކަމަށެވެ. އަދި ގެއްލުން ލިބިފައިވާ ތަންތަން މަރާމާތުކޮށް އަލުން މަސައްކަތް ފެށުމަށް ކަމަށެވެ.


