logo
Bank of Maldives

Bank of Maldives

ޚަބަރު

އިނގިރޭސިވިލާތަށް ދިވެހިން ދަތުރުކުރާއިރު ސަމާލުވުމަށް އެދިއްޖެ

މަރިޔަމް ޔަނާ އަލީ
19 ސެޕްޓެމްބަރު 2024 - 05:58
ފޮޓޯ--/ ރާއްޖެ އެމްވީ
ފޮޓޯ--/ ރާއްޖެ އެމްވީ

ރާއްޖެއިން އިނގިރޭސި ވިލާތަށް ދަތުރުކުރާ ދިވެހިން ސަމާލުވުމަށް އެދިއްޖެއެވެ.

ފޮރިން މިނިސްޓްރީން ބުނީ، އިނގިރޭސިވިލާތުގެ ސަރުކާރުން އެ ޤައުމުގެ އިމިގްރޭޝަން ޤަވައިދަށް ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ބަދަލުތަކުގެ މައިގަނޑު މަޤްޞަދަކީ އެޤައުމުގެ ބޯޑަރު ކޮންޓްރޯލް ސެކިއުރިޓީ ޑިޖިޓަލައިޒްކޮށް، އިތުރަށް ހަރުދަނާކޮށް، އިމިގްރޭޝަން ނިޒާމުގެ ނަހަމަ ބޭނުންކުރުން ހުއްޓުވައި، އިނގިރޭސިވިލާތަށް ވަނުމުގެ ކުރިން އިތުރު ސަލާމަތީ ފިޔަވަޅުތައް އެޅުންކަމުގައި މިނިސްޓްރީން ވަނީ ބުނެފައެވެ.

މި ބަދަލާ ގުޅިގެން، 27 ނޮވެމްބަރ 2024 އިން ފެށިގެން، ދިވެހިރާއްޖެ ހިމެނޭ ގޮތަށް 49 ޤައުމެއްގެ ރައްޔިތުންނަށް އިލެކްޓްރޯނިކް ޓްރެވަލް އޮތަރައިޒޭޝަން (އީ.ޓީ.އޭ.) އަށް ރިކުއެސްޓް ކުރެވޭނެއެވެ. އަދި  8 ޖެނުއަރީ 2025 އިން ފެށިގެން އިނގިރޭސިވިލާތަށް ދަތުރުކުރެވޭނީ އީ.ޓީ.އޭ. ހޯދުމަށްފަހުގައެވެ.

އީޓީއޭއެއްގެ އަގަކީ 10 ޕައުންޑް ކަމަށާއި، އީޓީއޭގެ މުއްދަތަކީ 2 އަހަރު ދުވަސް ކަމަށާއި، ކޮންމެ ދަތުރެއްގައި އެއްފަހަރާ ގިނަވެގެން 6 މަސް ދުވަހަށްވުރެ އިތުރުނުވާގޮތަށް ނުވަތަ ޕާސްޕޯޓް މުއްދަތު ހަމަވަންދެން އިނގިރޭސިވިލާތަށް މަލްޓިޕަލް ދަތުރުކުރުމުގެ ހުއްދަ ދެވޭނެކަމަށް އެފަރާތުން ފާހަގަކޮށްފައިވެއެވެ.

އަދި 02 އޭޕްރީލް 2025 އިން ފެށިގެން، އިނގިރޭސިވިލާތަށް ދަތުރުކުރާ، އިނގިރޭސިވިލާތާއި އަޔަލެންޑްގެ ރައްޔިތުން ފިޔަވައި ހުރިހާ ގައުމެއްގެ ރައްޔިތުންވެސް އިނގިރޭސިވިލާތަށް ދަތުރުކުރުމުގެ ކުރީން އީ.ޓީ.އޭއަށް ރިކުއެސްޓް ކުރަން ޖެހޭނެކަމަށްވެސް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިނގިރޭސި ރަސްގެފާނު ޗާލްސް ލަދުގަންނަވާލަން ޓްރަމްޕް ރާވާފައިވާކަން ފަޅާއަރައިފިދުނިޔެ | 5 ގަޑިއިރު ކުރިންއިނގިރޭސިވިލާތުގެ އެހީ ޣައްޒާއަށް: 5.4 މިލިޔަން ޑޮލަރު ހަމަޖައްސައިފިWorld | އަހަރެއް ކުރިންދަރިފުޅުގެ ހައްގުގައި 69 އަހަރުގެ މަންމަ ބަނޑުހައިހޫނުކަމުގެ ހަޅުތާލުގައި 223 ދުވަސްދުނިޔެ | އަހަރެއް ކުރިންއިނގިރޭސިވިލާތުން އިސްރާއީލާ ދެކޮޅަށް ފިޔަވަޅު އަޅައިފިދުނިޔެ | އަހަރެއް ކުރިން