logo
Bank of Maldives

Bank of Maldives

ދުނިޔެ

އިނގިރޭސިވިލާތުން އިސްރާއީލާ ދެކޮޅަށް ފިޔަވަޅު އަޅައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
20 މޭ 2025 - 17:42
އިނގިރޭސިވިލާތުން އިސްރާއީލާ ދެކޮޅަށް ފިޔަވަޅު އަޅައިފި

އިނގިރޭސިވިލާތުން އިސްރާއީލާ ދެކޮޅަށް ފިޔަވަޅުތަކެއް އަޅައިފިއެވެ.

މިގޮތުން އިސްރާއީލާއެކު ވިޔަފާރީގެ އެއްބަސްވުމަކަށް ވާހަކަ ދެއްކުން ހުއްޓާލައި، އެ ޤައުމުގެ ސަފީރު ހާޒިރުކޮށް، އަދި ހުޅަނގު އައްސޭރީގައި ދިރިއުޅޭ ޔަހޫދީ ވަޒަންވެރިންނާ ދެކޮޅަށް އިތުރު ފިޔަވަޅުތަކެއް އަޅާފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިނގިރޭސި ފޮރިން ސެކްރެޓަރީ ޑޭވިޑް ލެމީ ވަނީ އަންގާރަ ދުވަހުގެ މެންދުރުފަހު ޕާލަމެންޓުގައި ވާހަކަފުޅު ދައްކަވަމުން، ގާޒާގައި ހިންގާ ހަނގުރާމަވެރި ޢަމަލުތައް "އަޚްލާޤީ ގޮތުން ޖާއިޒުނުވާ" ކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި "މި އިސްރާއީލު ސަރުކާރުގެ ނޭދެވޭ ޢަމަލުތަކާއި ރައްދުތައް" ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ.

ލެމީ ވިދާޅުވެފައިވަނީ، "އިސްރާއީލުގެ ދާއިމީ ރަޙްމަތްތެރިއެއްގެ ގޮތުގައި އަދި އެ ޤައުމުގެ މިނިވަންކަމުގެ އިޢުލާނުގައި ބަޔާންކޮށްފައިވާ އަސާސީ އަގުތަކަށް އިޙްތިރާމްކުރާ ފަރާތެއްގެ ހައިސިއްޔަތުން މިއީ ވަރީ ވަރަށް ބޮޑަށް ހިތާމަކުރަންޖެހޭ ކަމެކެވެ." އަދި އިތުރަށް ވިދާޅުވެފައިވަނީ، "މިއަދު އަޅުގަނޑު ރަސްމީކޮށް އިޢުލާންކުރަނީ މި އިސްރާއީލު ސަރުކާރާއެކު އައު މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް ކުރެވެމުންދިޔަ މަޝްވަރާތައް ވަނީ ހުއްޓާލާފައި ކަމުގައެވެ."

މީގެ އިތުރުން، އިނގިރޭސިވިލާތުގެ މެދު އިރުމަތީގެ ފޮރިން މިނިސްޓަރު، އިސްރާއީލުގެ ސަފީރު ފޮރިން އޮފީހަށް ހާޒިރުކޮށް މި މެސެޖު އަންގަވާނެ ކަމަށްވެސް ލެމީ ވިދާޅުވެފައިވެއެވެ. އަދި ފަލަސްޠީނު ރައްޔިތުންނަށް އަމިއްލަ ދައުލަތެއް އޮންނަންޖެހޭނެ ކަމަށާއި އެމީހުން "އޮކިއުޕޭޝަނުން މިނިވަންވެގެން" ދިރިއުޅެންޖެހޭނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ޔޫކޭ-އިސްރާއީލު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ މަޝްވަރާތައް ފެށިފައިވަނީ 2022 ވަނަ އަހަރުގެ ޖުލައި މަހު، ކުރީގެ ކޮންސަވޭޓިވް ސަރުކާރުގެ ދައުރުގައެވެ. ނަމަވެސް މިހާރު އެ މަޝްވަރާތައް ހުއްޓާލާފައިވާކަންިވާކަން އިނގިރޭސި ސަރުކާރުން ވަނީ އިޢުލާންކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިނގިރޭސި ރަސްގެފާނު ޗާލްސް ލަދުގަންނަވާލަން ޓްރަމްޕް ރާވާފައިވާކަން ފަޅާއަރައިފިދުނިޔެ | 5 ގަޑިއިރު ކުރިންއިސްރާއީލަށް ރެކޯޑް މިންވަރަކަށް އަރައިގަތް މާމުތް ކުޅަނދުތަކާއި މައުރޫފް ރައްމާލްގެ މަރުދުނިޔެ | 8 ދުވަސް ކުރިންއިސްރާއީލުގެ ހުށަހެޅުންތަކަށް ހިޒްބުالله އިން ދެކޮޅު ހަދައިފިދުނިޔެ | 13 ދުވަސް ކުރިންއެމެރިކާ އާއި އިޒްރޭލަށް "އެންމެ ބޮޑު ފިއްތުންތައް" ކުރިމަތިކުރުމަށް ޔޫރަޕްގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ގޮވާލައިފިދުނިޔެ | 16 ދުވަސް ކުރިން