logoEN
ޚަބަރު

އެއްބަސްވުމާ ހިލާފުވެ ހަމަލާދިންކަމުގެ ތުހުމަތު އިރާނުގެ ބޮލުގައި އަޅުވައި އަލުން ހަނގުރާމަ ފަށަން އަމުރުކޮށްފި

އާމިނަތު ސަފާއާމިނަތު ސަފާ

24 ޖޫން 2025 - 09:30

ހަމަލާ ބަދަލު ކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމަށް އަމަލު ކުރަން ފެށި ފަހުން އީރާނުން އިސްރާއީލުގެ ރަށްތަކަށް އަމާޒުކޮށް ނުރައްކާތެރި މިސައިލް ހަމަލާތަކެއް ދީފައިވާ ކަމަށް ތުހުމަތުކޮށް އަލުން ހަނގުރާމަ ފެށުމަށް އިސްރާއީލުގެ ދިފާއީ ވަޒީރު އިސްރާއިލް ކަޓްޒް ޔަހޫދީންނަށް އަމުރުކޮށްފިއެވެ.

މި ތުހުމަތުތަކާ ގުޅިގެން އިރާނު ސަރުކާރުން ބުނީ ހަނގުރާމަ މެދުކަނޑާލިފަހުން އެއްވެސް ހަމަލާއެއް އިސްރާއީލަށް ދީފައިނުވާނެކަމަށާއި އިސްރާއީލުން ބޭނުންވަނީ ބަހަނާ ދައްކައިގެން އަނެއްކާވެސް ހަނގުރާމަ އަލުން ފެށުމަށްކަމަށެވެ.

ބޭރުގެ މީޑިއާތަކުން ބުނީ ޔަހޫދިން މި ސިފަކުރާ ހަމަލާއަކީ ހަނގުރާމަ ހުއްޓާލުމަށް ވަގުތު ކުޑަތަންވެފައިވަނިކޮށް ސުންގަޑި ހަމަވުމުގެ ކުރިން އީރާނުން އިސްރާލުގެ ބިއުރު އަލް-ސަބައުއަށް ދިން ހަމަލާތަކެވެ. މި ކާމިޔަބު ހަމަލާގައި ޔަހޫދީންގެ 11 މީހުން މަރާލައި ގިނަ ބަޔަކު ޒަހަމްކޮށްލާފައިވެއެވެ.

އިރާނުގެ ހާރިޖީ ވަޒީރު ޢައްބާސް ޢަރާޤިޖީ ވަނީ މި ހަމަލާތަކަށް ތައުރީފުކުރައްވައި އިރާން އަސްކަރިއްޔާއަށް ޝުކުރު ދަންނަވާފައެވެ.

އީރާނާއި ޔަހޫދީންނާ ދެމެދު ހަމަލާ ބަދަލު ކުރުން މެދުކަނޑައިލާފައިވާ ކަން ޖޫން 24ވަނަ ދުވަހު އިއުލާނު ކުރީ އެމެރިކާގެ ރައީސް ޓްރަމްޕެވެ. އޭނާ ހުށަހެޅީ އީރާން ގަޑިން މެންދަމުންއަލިވެ 4 ޖެހުމަށް ފަހު ޔަހޫދީންނަށް ހަމަލާ ދިނުން މެދުކަނޑައިލުމަށެވެ. އިރާނުގެ އެންމެ ފަހުގެ ހަމަލާ ދީފައިވަނީ އިރާނު ގަޑިން މެންދަމުން އަލިވެ 4 ޖެހުމުގެ މާކުރިންކަން ބޭރުގެ މީޑިއާތަކުންވެސް ކަށަވަރުކޮށްދެއެވެ.

ކޮމެންޓް

871x217_placeholder