މެމްބަރު ސިނާންގެ މައްސަލަ މާދަމާއަށް ސުޕްރީމް ކޯޓުގައި ތާވަލު ކޮށްފި


24 ޖޫން 2025 - 11:50
ސާބިތު ދަރަންޏެއް އޮތް ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރަގެ މެމްބަރު މުހައްމަދު ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ މާދަމާއަށް ތަވަލް ކޮށްފި އެވެ.
މެމްބަރު ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް ހުށަހެޅީ އޭނާ މޯލްޑިވްސް އިސްލާމިކް ބޭންކުން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނު ހުކުމާ އެއްގޮތަށް ނުދެއްކެވި ކަމަށް ބުނެ އެވެ. އެ މައްސަލަ ކޯޓަށް ހުށަހެޅީ އަމިއްލަ ފަރާތަކުންނެވެ.
މިދިޔަ އަހަރު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގައި ކުރިއަށ ްގެންދިޔ ަމައްސަލަ ނިމުނީ އިސްލާމިކްބޭންކަށް އޭނާ އެ ފައިސާ ދައްކަން ޖެހޭ ކަމަށެވެ. އެމައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަފައި ވަނިކޮށް ސިނާން ވަނީ އެ ފައިސާ އެއް ފަހަރާ ދައްކާ ދަރަނި ހަލާސް ކޮށްފަ އެވެ.
އެހެންނަމަވެސް އެމައްސަލަ މާދަމާ އަށް ސުޕްރީމް ކޯޓުގައި ވަނީ ތާވަލް ކޮށްފަ އެވެ.އެ މައްސަލަ ބަލަނީ ކޯޓްގެ ފަސް ފަނޑިޔާރުންގެ ބެންޗުންނެވެ.
އެ މައްސަލަ ބައްލަވަނީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެއީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމްގެ އިތުރުން ފަނޑިޔާރު ހުސައިން ޝަހީދު އަދި ފަނޑިޔާރު މުހައްމަދު ސަލީމެވެ.
ގާނޫނު އަސާސީގައި ބުނާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް އިންތިހާބުގެ ކުރިން ނުވަތަ މެންބަރުކަމަށް ވަޑައިގަތުމަށްފަހު ދަރަންޏެއް ނުދައްކާ އޮތް ނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭނެއެވެ.
އިތުރު ލިޔުންތައް
މަޖިލީހުން މުއައްސަސާތައް ޖަވާބުދާރީ ކުރުވާނަން - މަޖިލިސް ރައީސް
އަހަރެއް ކުރިން
ހައިދަރުގެ ޖަވާބުތަކާމެދު ހިތްހަމަނުޖެހި މަޖިލިސް ޖަލްސާ ހުއްޓުވާލައިފި
އަހަރެއް ކުރިން
ގޯތި ދޫކުރުމުގައި އިންސާފު ގެއްލިފައިވާތީ ކަންބޮޑުވެއްޖެ
އަހަރެއް ކުރިން