logoEN
ޚަބަރު

ހިޔާ 9 ވަނަ ޓަވަރުގައި ފުލުހުންގެ އޮޕަރޭޝަނެއް ކުރިއަށްދަނީ

މުހައްމަދު މޫސާމުހައްމަދު މޫސާ

24 ޖޫން 2025 - 17:39

ފުލުހުންގެ ކުއްލި އޮޕަރޭޝަނެއް ހިޔާ ޓަވަރުތަކުގެ 9 ވަނަ ޓަވަރުގައި ކުރިއަށްދާކަމަށް އެ އިދާރާއިން ބުނެފިއެވެ.

ފުލުހުން ބުނީ އަމިއްލަ ނަފްސަށް ގެއްލުން ދިނުމުގެ މައްސަލައެއް ފުލުހުންނަށް ރިޕޯޓުކުރެވިގެން، ހިޔާ ޓަވަރު 9 ގައި މިވަގުތު ފުލުހުންގެ ޓީމުތައް ހަރަކާތްތެރިވަމުން އަންނަކަމަށެވެ.

މި ހާދިސާއާ ގުޅޭ އެއްވެސް މައުލޫމާތެއް ސޯޝަލް މީޑިއާގައި ހިއްސާ ނުކުރުމަށާއި، ކަށަވަރު ނުކުރެވޭ މައުލޫމާތު ފެތުރުމުން ދުރުހެލިވުމަށް ފުލުހުން ވަނީ އެދިފައެވެ.

މީގެ އިތުރުން މި ހާދިސާއާ ގުޅޭ އެއްވެސް ފޮޓޯއެއް ނުވަތަ ވީޑިއޯއެއް ޝާއިޢު ނުކުރެއްވުމަށް ވެސް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.

ކޮމެންޓް

871x217_placeholder