logoEN
ޚަބަރު

ލޯންޗަކާއި ޑިންގީއެއް ޖެހި އެކްސިޑެންޓެއް ހިނގައި ޑިންގީ ގެއްލިއްޖެ

މުހައްމަދު މޫސާމުހައްމަދު މޫސާ

24 ޖޫން 2025 - 18:39

ޅ. މަޑިވަރު އެއަރޕޯޓާ ދިމާލުގައި ކަނޑުމަތީގައި ލޯންޗަކާއި ޑިންގީއެއް ޖެހި މިރޭ އެކްސިޑެންޓެއް ހިނގައި، ޑިންގީގައި ތިބި 3 މީހުންނަށް އަނިޔާވެއްޖެއެވެ. މި ހާދިސާގައި ޖެހުނު ޑިންގީ މިވަގުތު ވަނީ ގެއްލިފައެވެ.

ފުލުހުން މަޢުލޫމާތު ދިންގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިރޭ 8:26 ހާއިރުއެވެ. އަދި ހާދިސާގައި އަނިޔާވި 3 މީހުންނަށް މިވަގުތު ޅ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން މަޢުލޫމާތު ދިނެވެ.

ފުލުހުން ބުނާގޮތުގައި އެކްސިޑެންޓަށްފަހު ޑިންގީ ވަނީ ގެއްލިފައެވެ. "ބޮޑަށް ބެލެވެނީ އަޑިއަށް ދިޔައީ ކަމަށް، މިހާތަނަށް ކުރެވުނު މަސައްކަތުން ޑިންގީ ފެނިފައެއްނުވޭ،" ފުލުހުން ބުންޏެވެ.

މި މައްސަލައިގެ ތަޙުޤީޤު ފުލުހުން ދަނީ ކުރިއަށް ގެންދަމުންނެވެ. އަދި އިތުރު މަޢުލޫމާތު ލިބުމުން ހިއްސާ ކުރާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް

871x217_placeholder