ފްލެމިންގޯ އާއެކު ޗެލްސީ ގަދަ 16 އަށް

ޗެލްސީއަށް މިމަހު އަލަށް ގެނައި ލިއާމް ޑެލަޕް ވަނީ އޭނާގެ ފުރަތަމަ ގޯލު ޖަހާފައި. ފޮޓޯ: އަލް އަރާބިއާ

25 ޖޫން 2025 - 03:46
ފީފާ ކްލަބް ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ޗެލްސީ އާއި ފްލެމިންގޯ ވަނީ ގަދަ 16 އަށް ދަތުރު ކޮށްފިއެވެ. ރާއްޖެގަޑިން މިއަދު ހެނދުނު 6:00 ގައި މިދެޓީމުވެސް ގްރޫޕް ޑީގައި ފަހުމެޗު ކުޅެެފައިވާއިރު، ފެލެމިންގޯ ވަނީ އެމެރިކާގެ އެލްއޭއެފްސީ އާއި އެއްވަރުވެފައެވެ. އަދި ޗެލްސީ ވަނީ ތޫނިސްގެ އެސްޕެރާންސް އަތުން މޮޅުވެފައެވެ.
ކެމްޕިންގ ވޯލްޑް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ޗެލްސީން ވަނީ އެސްޕެރާންސް ކޮޅަށް ތިން ގޯލުޖަހާފައެވެ. މި މެޗުގައި ޗެލްސީގެ ގޯލުތަށް ޖަހާފައިވަނީ ޓޮސިން އަދަރަބޯޔޯ، ލިއަމް ޑެލަޕް އަދި ޓައިރިކް ޖޯޖް ވަނީ ލަނޑު ޖަހާފައެވެ.
ޗެލްސީގެ ފުރަތަމަ ލަނޑު ޖެހީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އެންޒޯ ފަނާންޑޭޒްގެ ހިލޭޖެހުމަކުން އަދަރަބޯޔޯއެވެ. އޭގެ ދެ މިނެޓް ފަހުން ޑެލަޕް ވަނީ އޭނާގެ ޗެލްސީ ކެރިއަރގެ ފުރަތަމަ ލަނޑު ޖަހާފައެވެ. މެޗުގެ ފަހު ލަނޑު ޖެހީ ދެވަނަ ހާފުގެ އިތުރު ވަގުތުގައި ޓައިރިކް ޖޯޖްއެވެ. މެޗު ނިމުނީ 3-0 އިންނެވެ. މިނަތީޖާ އާއެކު ޗެލްސީއަށް ވަނީ މިގްރޫޕްގައި 6 ޕޮއިންތާއެކު ތާވަލުގެ ދެވަނަ ލިބި، މުބާރާތުގެ ގަދަ 16 ޔަޤީންވެފައެވެ. ގަދަ 16 ގައި ޗެލްސީ ވާދަކުރަންޖެހޭނީ ގްރޫޕް ސީ ގެ އެއްވަނަ ލިބުނު ބެންފީކާ އާއި ދެކޮޅަށެވެ.
މިގްރޫޕްގައި ފެލްމިންގޯ އެލްއޭއެފްސީ އާއި ވާދަކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މިނަތީޖާއާއެކު ފްލެމިންގޯއަށް 7 ޕޮއިންޓާއެކު މިގްރޫޕްގެ އެއްވަނަ ލިބިފައިވާިއިރު، ގަދަ
ގައި ފްލެމިންގޯ ވާދަކުރަންޖެހޭނީ ބަޔާން އާއި ދެކޮޅަށެވެ
ފްލެމިންގޯ އާއި އެލްއޭއެފްސީ ވާދަކުރި މެޗުގެ ތެރެއިން - ފޮޓޯ: އަލް އަރާބިއާ
އިތުރު ލިޔުންތައް

އަމިއްލަ ދަނޑުގައި ޗެލްސީ ބަލިކުރުމަށްފަހު ލިވަޕޫލުން ތާވަލުގެ އެއްވަނައިގައި ހަމަޖެހިލައިފި.
8 މަސް ކުރިން
އިނގިރޭސި ޕްރީމިއަރ ލީގު: މެންޗެސްޓަރ ޔުނައިޓެޑާއި ޗެލްސީގެ ކުރިމަތިލުން ހަމަހަމަ.
8 މަސް ކުރިން
މާރކް ގިއުގެ މާކެޓް އަގާ އެއްވަރު ޓީމަކާދެކޮޅަށް ޗެލްސީއިން ގޯލުފުންޏެއް
8 މަސް ކުރިން.png&w=3840&q=75)