"ކައުންސިލް އިންތިހާބުގެ 80 އިންސައްތަ ގޮނޑި ކާމިޔާބު ކުރާނަން"
.webp&w=3840&q=75)

25 ޖޫން 2025 - 06:55
ކުރީގެ ރައީސް މުޙައްމަދު ނަޝީދަކީ ހިސާބު ޖައްސަވަން އެނބޭ ބޭފުޅެއް ނޫން ކަމަށް ބުނީ އެ ޕާޓީގެ އާންމު މެމްބަރުން ކަމަށާއި، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި 80 އިންސައްތަ ގޮނޑި ސަރުކާރުން ކާމިޔާބު ކުރާނެ ކަމަށް އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާޙު ވިދާޅުވެއްޖެއެވެ.
ކައުންސިލްގެ އިންތިހާބުގައި ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ލިބޭނީ 20 އިންސައްތަ ކަމަށް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވި ވިދާޅުވުމަށް ރައްދު ދެއްވަމުން ފަލާޙު ވިދާޅުވީ، ކައުންސިލް އިންތިހާބުގެ ކެމްޕެއިންގެ ދަތުރުތައް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށާއި، ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ހުރިހާ ވަޢުދުތަކެއް އެ ގޮތުގައި ފުއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން ރައްޔިތުންނަށް އަބަދުވެސް އޮންނަ ކަމަށެވެ.
އިދިކޮޅު އެމްޑީޕީން މަސައްކަތްކުރަމުންދަނީ ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާއަށް ދޮގު ތުހުމަތުކޮށް، ކުރީ ސަރުކާރުގެ ވައްކަމާއި ކޮރަޕްޝަން ފޮރުވަންކަމަށްވެސް ފަލާޙު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ މެޖޯރިޓީއާއެކު ނިމިދިޔަ ދައުރުގައި އެމްޑީޕީން ވެރިކަން ކުރީ ރައްޔިތުންނަށް އުއްމީދީ ވައުދުތަކެއް ވެގެންނަމަވެސް އެ ވައުދުތައް ފުއްދިފައިނުވާ ކަމަށާއި "އެޖެންޑާ 19" ގެ ނަމުގައި އެމްޑީޕީން ކުރި ކަންކަމުން ރާއްޖެ ވެއްޓުނީ އިގްތިސާދީ އަނދަވަޅަކަށްކަމަށެވެ.ރައީސް ޑރ. މުޙައްމަދު މުޢިއްޒު މާލޭގެ މޭޔަރުކަމުގެ މަގާމުގައި ހުންނެވިއިރުވެސް އެމަނިކުފާނުގެ އިސްތަށިފުޅުގައި ދޮގު ތުހުމަތު އަޅުވައި މަޖލީހުގެ ކޮމިޓީތަކަށާއި ކޯޓަށްވެސް ހާޒިރުކުރިވިކަން ފާހަގަކުރައްވައި ފަލާހު ވިދާޅުވީ އެ ތަހުގީގުތަކާއި ޝަރީއަތްތަކުންވެސް އަދުގެ ރައީސުލްޖުމްހޫރިއްޔާއަކީ ޤައުމަށް އިހުލާސްތެރި، ތެދުވެރި، ވަފާތެރި ބޭފުޅެއްކަން ހާމަވެގެންދިޔަކަމަށް ފަލާހު ވިދާޅުވިއެވެ."މިއަދު އެ މަނިކުފާނާއި އެމަނިކުފާނުގެ ސަރުކާރާއި އެމަނިކުފާނުގެ ކެބިނެޓާއި އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީއަށް ނިސްބަތްވާ މެންބަރުންގެ ބޮލުގައި މި އަޅުވަމުންދާ ބަދުނާމުތަކާ ގުޅިގެން އެއްވެސް ކަންބޮޑުވުމެއް ނެތް" ފަލާހު ވިދާޅުވިއެވެ.މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ޤައުމުގެ އިގްތިޞާދު ބަލިކަށިވެފައިވާކަން ފާހަގަކުރައްވައި ފަލާހު ވިދާޅުވީ އެމްޑީޕީ ސަރުކާރުން އޮތީ ދަޢުލަތް ބަނގުރޫޓުކޮށްފައިކަމަށެވެ. އެއާއެކު ޕީއެންސީއަށް ވެރިކަން ނުލިބުނުނަމަ ޤައުމުގެ ހާލަތު އިތުރަށް ގޯސްވެގެންދާނެކަމަށްވެސް ފަލާހު ވިދާޅުވިއެވެ."މިއަދު މިކުރާ ކަމަކީ ހަގީގަތުގައި އެ ބޭފުޅުން ކޮށްފައިހުރި ވައްކަމާއި ހިނގާފައި ހުރި ކޮރަޕްޝަންގެ އަމަލުތަކާއި ހިންގާފައި ހުރި ޖަރީމާތައް ދިވެހި ރައްޔިތުންނަށް ފޮރުވުމަށްޓަކައި އެކަންކަމަށް ފަސްއަޅައި ސިޔާސީ ވަރަށް މޮޅު ދަންތުރެއްގަ މި ޖައްސަނީ" ފަލާހު ވިދާޅުވިއެވެ.
އިތުރު ލިޔުންތައް
.webp&w=3840&q=75)
ބޭރު ފައިސާގެ ބިލް މަޖިލީހަށް
7 މަސް ކުރިން
އެމްޑީޕީގެ ވެރިކަމުގައި ސްކޫލުތަކަށް ދާންދެން މޯގޭޖްކުރި، އެންމެ ފަހުން މޯގޭޖް ކުރީ މިނިވަންކަން: ފަލާޙް
5 މަސް ކުރިން
އިދިކޮޅުން ހަދަނީ ދޮގު، މިއަދު އެކަން ހާމަވާނެ: ފަލާހް
4 މަސް ކުރިން