logoEN
ޚަބަރު

އަމުރަށް ނުކިޔަމަންތެރިވެ ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުންޖެހި ފުލުހަކަށް އަނިޔާވެއްޖެ

އާމިނަތު ސަފާއާމިނަތު ސަފާ

25 ޖޫން 2025 - 16:52

އަމުރަށް ނުކިޔަމަންތެރިވެ ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުންޖެހި ފުލުހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ މިރޭ 20:20 އެހައިކަންހާއިރު، ހުޅުމާލޭ، ޖަވާހިރުމާ ހިނގުމުގައި ފުލުހުންގެ ވެހިކަލް ޗެކް ޕޮއިންޓް ޖަހައިގެން ބަލައި ފާސް ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އެ މަގުން އިރަށް ދުއްވާފައި ދިޔަ ސައިކަލެއް ފުލުހުން މަޑުކުރަން ބުނުމުން މަޑު ނުކޮށް ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ދުއްވާފައި ގޮސް ފުލުހެއްގެ ގައިގައި ޖައްސާފައިވާ މައްސަލައެއް ފެނަމަތިވެފައިވާކަމަށެވެ.

މި މައްސަލައާ ގުޅިގެން، އެ ސައިކަލު ދުއްވި، މާލެ، މ. ބަހާރުވިލާ، ޔޫނުސް ޚަލީލް ޢަބްދުﷲ (18 އަހަރު) ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

ސައިކަލުން ޖެއްސުމުގެ ސަބަބުން ފުލުސް އޮފިސަރަށް އަނިޔާވެފައިވެފައިކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބެލިބެލުމުން ޔޫނުސް ޚަލީލް ޢަބްދުﷲ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނޯންނަކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް

871x217_placeholder