logo
Bank of Maldives

Bank of Maldives

ދުނިޔެ

އިރާނަށް ހަމަލާދިނުމަށް ޔަހޫދީން ބޭނުންކުރި ސިއްރުތަކެއް ފަޅާއަރުވާލައިފި

އާމިނަތު ޝަފާ
26 ޖޫން 2025 - 09:40
އިރާނަށް ހަމަލާދިނުމަށް ޔަހޫދީން ބޭނުންކުރި ސިއްރުތަކެއް  ފަޅާއަރުވާލައިފި

ސައިބަރ ހަމަލާއެއްދީ އިރާނަށް ހަމަލާ ދިނުމަށް ޔަހޫދީން ބޭނުންކޮށްފައިވާ ދެ ނިޒާމެއްގެ ސިއްރުތަކެއް ފަޅާއަރުވާލައިފިއެވެ.

ފަލަސްތީނުގައި ހަރަކާތްތެރިވާ ސައިބަރ ސަޕޯޓް ފްރަންޓް އިން އިސްރާއީލުގެ އަސްކަރީ ކުންފުންޏެއް ކަމަށްވާ ސީއާރު ކާސްޓިންގ އެގްޒެކްޓް އަށް ދިން ސައިބަރ ހަމަލާއެއްގައި އިސްރާއީލުން ހަނގުރާމައިގައި ބޭނުންކުރާ މުހިންމު ދެ އަސްކަރީ އުފެއްދުމަކާ ގުޅުންހުރި ސިއްރު ލިޔެކިޔުންތަކެއް ވަނީ ފަޅާއަރުވާލާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އޭގެ ތެރޭގައި ހިމެނެނީ ދުރު ރާސްތާއަށް ސީދާކަމާއެކު ހަމަލާދިނުމަށް ބޭނުންކުރާ ޓާގެޓް ދެނެގަތުމުގެ ނިޒާމެއްކަމަށްވާ ހައްޓޮރިކްސް އަދި ފަސްވަނަ ޖީލުގެ ހަނގުރާމަތަކުގައި ބޭނުންކުރާ މިސައިލަށް ސީދާކަމާއެކު މަގުދައްކާ ނިޒާމެއްކަމަށްވާ ސްޕައިކް-އެލްއާރު2 އާ ބެހޭ މައުލޫމާތެވެ.

އަސްކަރީ-ސަލާމަތީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި، މި ދެ ނިޒާމުވެސް ވަނީ ޣައްޒާއަށާއި، ލުބްނާނަށާއި، އީރާނުގެ ސަރަހައްދަށް މިފަހުން ޔަހޫދީން ދިން ހަމަލާތަކުގައި ބޭނުންކޮށްފައެވެ.

ސައިބަރ ސަޕޯޓް ފްރަންޓް އިން މި ލިޔެކިޔުންތައް ހޯދާފައިވަނީ ސީއާރު ކާސްޓިންގ އެގްޒެކްޓްގެ މުޅި ޑޭޓާ ތެރެއަށް ވަދެގަނެގެންނެވެ. މި ސައިބަރ އޮޕަރޭޝަނަކީ ޔަހޫދީ އަސްކަރީ ބާރު ނައްތާލުމަށް ކުރާ މަސައްކަތުގެ ތެރެއިން ބައެކެވެ.

މީގެ ކުރިންވެސް ސައިބަރ އިސްނާދު ފްރަންޓް ކިޔާ ޖަމާއަތަކުންވަނީ ޔަހޫދީންގެ އަސްކަރީ ކުންފުންޏެއްގެ ހުރިހާ އޮޕަރޭޝަނަލް ނިޒާމްތައް ހުއްޓުވައިލާފައެވެ. އަދި ވަރަށް ސިއްރު މައުލޫމާތު މީފެ ކުރިންވެސް ވަނީ ފަޅާއަރުވާލާފައެވެ.

ޔަހޫދީންގެ އަސްކަރީ ނިޒާމްތަކުގެ މަސައްކަތަށް މިކަމުގެ ސަބަބުން ބުރޫ އަރާފައިވާއިރު ކުރިއަށްއޮތްތަނުގައިވެސް އިތުރު ސައިބަރ ހަމަލާތައް ޔަހޫދީންނަށް އަމާޒުވާނެކަމަށް ބެލެވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހިންދުގެ ފޮޓޯއަކާއެކު ބާސެލޯނާގައި ވަރުގަދަ މެސެޖެއް: "ޣައްޒާގެ ކުޑަކުދިން މިނިވަންކުރޭ!"ދުނިޔެ | 4 ދުވަސް ކުރިންއިސްރާއީލުގެ ޢުދުވާނުތައް އެންމެ ގާތުން ގެނެސްދިން ބިސާން، ޓިކްޓޮކުން ބޭރުކޮށްލައިފިދުނިޔެ | 5 ދުވަސް ކުރިންއަސީރެއްގެ ހަށިގަނޑު ހޯދުމުގެ ނަމުގައި ޔަހޫދީން، ޣައްޒާގެ ގަބުރުސްތާނެއް ކޮނެފިދުނިޔެ | 5 ދުވަސް ކުރިންހަނގުރާމަ ހުއްޓާލުމަށް ވީ އެއްބަސްވުމާ އިސްރާއީލުން 1500 ފަހަރު ހިލާފުވެއްޖެދުނިޔެ | 9 ދުވަސް ކުރިން