logo
Bank of Maldives

Bank of Maldives

World

ނަތަންޔާހޫއަށް މަޢާފު ދިނުމަށް އެދި ޓަރަމްޕް އާދޭސް ކުރަނީ

އަޙްމަދު ޒަލީފް
26 ޖޫން 2025 - 13:55
ނަތަންޔާހޫއަށް މަޢާފު ދިނުމަށް އެދި ޓަރަމްޕް އާދޭސް ކުރަނީ

ޖައްބާރު ނަތަންޔާހޫއާ ދެކޮޅަށް ހުށަހަޅާފައިވާ ޚިޔާނާތުގެ ދަޢުވާތައް އަނބުރާ ގެންދިއުމަށް އެދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާދޭސް ކޮށްފިއެވެ.

2019ވަނަ އަހަރު އޭނާގެ މައްޗަށް ރިޝްވަތާއި މަކަރާއި ހީލަތާއި އިތުބާރު ގެއްލުވާލުމުގެ ތުހުމަތުގައި ދަޢުވާ އުފުލާފައިވަނީ އޭނާއާ ގާތް މިލިއަނަރުންތަކެއް ދީފައިވާ ހަދިޔާތަކަކާ ގުޅިގެންނާއި މީޑިޔާގައި ނުފޫޒުގަދަ ބަޔަކަށް ނުހައްޤުން ފައިދާ ހޯދައިދިނުމަށް މަސައްކަތް ކޮށްދީ އެ މަސައްކަތަށް ބަދަލެއް ދިނުމަށް އޭނާ އެދިފައި ވާތީއެވެ.

އެ ދަޢުވާތަކުގެ ޝަރީއަތް 2020 ވަނަ އަހަރު ފަށާފައިވާއިރު، ނަތަންޔާހޫ ވަނީ އެ ދަޢުވާތަކަށް އިންކާރުކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޔަހޫދީންގެ ދަޢުލަތުގެ ޖައްބާރު ވެރިޔާ، ބެންޖަމިން ނަތަންޔާހޫ އަށް މަޢާފުދީ، އޭނާގެ މައްޗަށް ހިންގަމުންދާ ޚިޔާނާތުގެ ޝަރީއަތް އިތުރަށް ކުރިއަށް ނުގެންދަން، ޔަހޫދީންގެ އެންމެ ބޮޑު މަދަގުދާރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގޮވާލާފައިވާއިރު، ޔަހޫދީންގެ އިދިކޮޅު ލީޑަރު ޔާއިރް ލަޕިދު ވަނީ، މިކަމުގެ ތެރެއަށް ވަދެވަޑައިނުގަތުމަށް ޓްރަމްޕަށް އިލްތިމާސްކޮށްފައެވެ. 

ޓްރަމްޕް، ނަތަންޔާހޫއަށް ކުރާ ޚިޔާނާތުގެ ދަޢުވާތަކުން ސަލާމަތްކޮށް ދެއްވަން، ނުކުންނެވީ، ޔަހޫދީންގެ ދަޢުލަތާ ގުޅިގެން އެމެރިކާއިން އީރާނަށް ވަރުގަދަ ޙަމަލާތަކެއް ދީފައިވަނިކޮށެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވިސާ މަނާކުރި ލިސްޓުގައި ވޯލްޑް ކަޕް ބަލަން އަންނަ މީހުން ނުހިމެނޭނެކުޅިވަރު | 3 ދުވަސް ކުރިންވެނަޒުއޭލާގެ ތެލުގެ ބޮޑު ރިޒަރވް އެމެރިކާގެ ބާރުގެ ދަށަށް ގެންނަނީދުނިޔެ | 16 ދުވަސް ކުރިން''ސުލްޙައިގެ ރައީސް'' ޓްރަމްޕް، ނިމުނު އަހަރު ކިތައް ޤައުމަށް ބޮން އެޅި؟ދުނިޔެ | 19 ދުވަސް ކުރިންފީފާގެ ސުލްހައިގެ އެވޯޑް އެމެރިކާގެ ރައީސް ޓްރަމްޕް އަށް ދީފިދުނިޔެ | މަހެއް ކުރިން