logo
ކުޅިވަރު

ޔުވެންޓަސް ބަލިކޮށް ސިޓީ ދެވަނަ ބުރަށް، ގަދަ 16 ގައި ވާދަކުރާނީ އަލް ހިލާލް އާއި ދެކޮޅަށް

އަބްދުﷲ ޣާނިމް
27 ޖޫން 2025 - 03:36
ސިޓީ އާއި ޔުވެންޓަސް ވާދަކުރި މެޗުގެ ތެރެއިން - ފޮޓޯ: ފުޓްމޮބް
ސިޓީ އާއި ޔުވެންޓަސް ވާދަކުރި މެޗުގެ ތެރެއިން - ފޮޓޯ: ފުޓްމޮބް

ކްލަބް ވޯލްޑް ކަޕްގެ ގްރޫޕް ޖީގައި މެންޗެސްޓަރ ސިޓީން ޔުވެންޓަސްއާ ވާދަކޮށް 5-2 އިން މޮޅުވެ، ގްރޫޕްގެ އެއްވަނަ ހޯދައިފިއެވެ. ކެމްޕިންގ ވޯލްޑް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ޕެޕް ގުއާޑިއޯލާގެ ޓީމުގެ ފަރާތުން ތަފާތު މޮޅުކުޅުމެއް ފެނިގެންގޮސްފައިވެއެވެ.

މެޗުގެ 9 ވަނަ މިނެޓްގައި ޖެރެމީ ޑޮކޫ ސިޓީއަށް ލީޑު ހޯދައިދިން ނަމަވެސް، އެޑަރސަންގެ ކުށަކުން ޓޫން ކޫޕްމައިނަރސް އޭގެ އިރުކޮޅެއް ފަހުން ވަނީ ގޯލެއް ޖަހައި ޔުވެންޓަސްއަށް މެޗު އެއްވަރު ކޮށްދީފައެވެ. ނަމަވެސް 26 ވަނަ މިނެޓްގައި ޔުވެންޓަސްގެ ޕިއޭ ކަލުލޫގެ އަތުން ބައިކޮޅަށް ވަނީ ގޯލެއް ވަދެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދެވަނަ ހާފުގައި ކުޅެން ނިކުތް އާލިންގ ހާލަންޑް ވަނީ 52 ވަނަ މިނެޓުގައި ޓީމުގެ ތިންވަނަ ލަނޑު ޖަހާފައެވެ. މިއީ ހާލަންޑްގެ ކެރިއަރުގައި ޖެހި 300 ވަނަ ގޯލެވެ. އަދި މީގެ އިތުރުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނިކުތް ފިލް ފޯޑަން ވެސް ލަނޑެއް ޖަހާފައެވެ. ސިޓީގެ 5 ވަނަ ގޯލަކީ ސަވިންހޯގެ ރީތި ވަރުގަދަ ޝޮޓަކުން ޖެހި ގޯލެކެވެ.

މެޗުގައި ޔުވެންޓަސްގެ ދެވަނަ ގޯލު ޖަހައިދިނީ ވްލަހޮވިޗްއެވެ.

މި މޮޅާއެކު ސިޓީން ޖެހިގެން އޮތް ބުރުގައި ކުރިމަތިލާނީ ގްރޫޕް އެޗްގެ ދެވަނަ ޓީމު ސަޢޫދީގެ އަލް ހިލާލް އާއި ދެކޮޅަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކިތަންމެ ވަރަކަށް ލާރިއެޅިޔަސް ގާޑިއޯލާ ފުލުފުލުގައި ބަލިކުޅިވަރު | 7 ދުވަސް ކުރިންރޮނާލްޑޯގެ އަލް-ނަސްރާއެކު ސަޢޫދީގެ 4 ޓީމު ވިއްކާލަނީ! ދެން އަގުބޮޑުކޮށް ބިލިޔަނުން މީހުން ނުގެނެވޭނެކުޅިވަރު | 16 ދުވަސް ކުރިންމެންޗެސްޓަރ ސިޓީ އާއި ޓޮޓްނަމް ފަސޭހަކަމާއެކު ލީގުގެ ފުރަތަމަ މެޗު ކާމިޔާބުކޮށްފިކުޅިވަރު | 22 ދުވަސް ކުރިންރޮޑްރީގޯގެ ސޮއި ހޯދުމަށް ޓީމުތަކުން ކިޔޫގައި، މިވަގުތު އެންމެ ކުރީގައި ސިޓީކުޅިވަރު | 25 ދުވަސް ކުރިން