ޕީއެންސީގެ ލީޑަރޝިޕްގެ ޓީމްތައް އަތޮޅުތެރެއަށް


27 ޖޫން 2025 - 04:33
ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ އިސް ވަފުދެއް ނ.ވެލިދުއާއި ރ. ހުޅުދުއްފާރުގެ އިތުރުން އއ. ތޮއްޑޫއަށް ވަޑައިގެންފިއެވެ.
ޕީއެންސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ޕާޓީގެ ލީޑަރޝިޕްގެ ފަރާތުން ވެލިދުއާއި ހުޅުދުއްފާރުގެ އިތުރުން ތޮއްޑުއަށް ދަތުރުކޮށް ޕާޓީގެ ސްޓިއަރިންގް ކޮމިޓީ އާއި އެކު ބައްދަލުވުންތައް ބާއްވާފައިވާކަމަށެވެ.
މި ބައްދަލުވުންތަކުގައި އެ ތިން ރަށުގައިވެސް ޕާޓީގެ ހަރަކާތްތައް އިންތިޒާމް ކުރުމާއި، ޕާޓީގެ އާންމު މެންބަރުންގެ ބައިވެރިވުން އިތުރު ކުރުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރެވިފައިވާކަމަށް ޕީއެންސީން މައުލޫމާތުދެއެވެ.
ޕާޓީގެ މެމްބަރުންނާއި ވީހާވެސް ގާތުން މަސައްކަތްކޮށް، ރައްޔިތުންގެ އަޑުއަހައި ހާލު ބެލުމަށް ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުފުޅުގެ ދަށުން އަތޮޅުތެރެއަށް އެ ޕާޓީން ވަނީ ސިލްސިލާ ދަތުރުތަކެއް ފައްޓާފައެވެ.
މިވަގުތު ވެރިކަމުގައި ތިބި ޕީއެންސީ އަކީ މިހާރު ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީއެވެ.
އިތުރު ލިޔުންތައް

ޕީއެންސީއަށް 75،000 މެންބަރުން ހަމަވުމަކީ އުންމީދެއް: ރައީސް
10 މަސް ކުރިން
ޑޮލަރުގެ މައްސަލައިގައި، ބަޔަކު ހިތްހަމަ ނުޖެހުނު ނަމަވެސް އިސްކުރާނީ ރައްޔިތުން: ރައީސް
10 މަސް ކުރިން
އެމްޑީޕީން ގައުމު ހަލާކުކޮށްލި ގޮތުގެ ވާހަކަ މުގައްރިރުތަކުގައި ވެސް ލިޔާނެ: ރައީސް
10 މަސް ކުރިން