އެމްޑީޕީންދަނީ އެޕާޓީގެ ޖަނާޒާ ފާހަގަކުރަމުން: އަފްލާހް


27 ޖޫން 2025 - 06:22
ފާހަގަކުރަމުންދަނީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އަހަރީ ދުވަސް ނޫންކަމަށާއި އެމްޑީޕީންދަނީ ޕާޓީގެ ޖަނާޒާ ފާހަގަކުރަމުންކަމަށް ޕީއެމްސީގެ ސެނެޓް މެމްބަރު މުހައްމަދު އަފްލާހް ވިދާޅުވެއްޖެއެވެ.
މެންދުރުޓީވީގެ މައުޟޫ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން އަފްލާހު ވިދާޅުވީ އެމްޑީޕީ އުފެއްދި މަގުސަދު ހަނދާންނެތިފައިވާކަމަށާއި މިއަދު ރައްޔިތުންނަށް ފައިދާއެއްކޮށްދިނުމަށް މަސައްކަތްކޮށްދިނުމުގެ ބަދަލުގައި އެމްޑީޕީން ދަނީ އަމިއްލަ މަންފާ ހާސިލުކުރުމަށް މަސައްކަތް ކުރަމުންކަމަށެވެ.
" އެމްޑީޕީން 20 އަހަރު ފާހަގަކުރުމުގެ ބަދަލުގައި އެމީހުން ފާހަގަ ކުރަނީ އެމީހުނގެ ޖަނާޒާ. އެމީހުންނަކަށް ނެތް ކަންތައްތަކެއް ކޮށްދެވިފައެއް".
އެމްޑީޕީއަށް ތަރައްގީގެ އެއްވެސް ކަމެއް ނުވެފައިވެސް އޮތީ ވައްކަންކުރުން އިންތިހާއަށް ގޮސްގެންކަމަށް އަފްލާހު ވިދާޅުވިއެވެ.
އަފްލާހު ވަނީ ދިވެހި ރައްޔިތުންނަށް އެމްޑީޕީގެ މަގުސަދު މިހާރު އެނގޭކަމަށާއި ވުމާއެކު ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީއާ ކުރިމަތިވާނީ ނާކާމިޔާބީކަމަށެވެ.
މިފަހުން މަޖިލީހުގެ ކުރީގެ ރައީސް އަދި އެމްޑީޕީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ދަ ޑިމޮކްރެޓްސްގެ މެމްބަރުން އަނބުރާ އެމްޑީޕީއާ ވަނީ ގުޅިފައެވެ. އެމްޑީޕީގެ ގިނަ ފަރާތްތަކުން މިހާރުވެސް އަންނަނީ 2028 ގެ ޕާޓީގެ ޕްރައިމަރީގައި ވާދަކުރާނެކަން އިއުލާނުކުރައްވަމުންނެވެ. އެއާއެކު ގިނަ ފަރާތްތަކަކުން ބުނަމުން އަންނަނީ އަނެއްކާވެސް ޕާޓީ ރޫޅި ހަމަނުޖެހުން އުފެދުމުގެ ފުރުސަތު އެބައޮތްކަމަށެވެ.
އިތުރު ލިޔުންތައް

ޕީއެންސީއަށް 75،000 މެންބަރުން ހަމަވުމަކީ އުންމީދެއް: ރައީސް
10 މަސް ކުރިން
ޑޮލަރުގެ މައްސަލައިގައި، ބަޔަކު ހިތްހަމަ ނުޖެހުނު ނަމަވެސް އިސްކުރާނީ ރައްޔިތުން: ރައީސް
10 މަސް ކުރިން
އެމްޑީޕީން ގައުމު ހަލާކުކޮށްލި ގޮތުގެ ވާހަކަ މުގައްރިރުތަކުގައި ވެސް ލިޔާނެ: ރައީސް
10 މަސް ކުރިން