logo
Bank of Maldives

Bank of Maldives

ޚަބަރު

މާލީ ވަޒީރު ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

އާމިނަތު ޝަފާ
27 ޖޫން 2025 - 07:26
މާލީ ވަޒީރު ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު، އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކު (އޭ.އައި.އައި.ބީ) ގެ ގަވަރުނަރުންގެ ބޯޑުގެ 10 ވަނަ އަހަރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ޗައިނާގެ ބެއިޖިންގއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.

މި ބައްދަލުވުން ކުރިއަށް ދިޔައީ ޖޫން 24 އިން 26 ގެ ނިޔަލަށް ބެއިޖިންގގައިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ބައްދަލުވުމުގައި ވަޒީރު ގަވަރުނަރުންގެ ބިޒްނަސް ރައުންޑްޓޭބަލްގައި ބައިވެރިވެވަޑައިގެން، "ދިހަ އަހަރުގެ ކުރިއެރުމުގެ މައްޗަށް ބިނާކުރުން"، މި މައުޟޫއާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ވިސްނުން ހިއްސާކުރައްވައި މީގެ އިތުރުން ގުޅިގެން މަސައްކަތްކުރުން ހަރުދަނާކުރުމާ ގުޅޭގޮތުން ވެސް މިނިސްޓަރު ވާހަކަފުޅު ދެއްކެވިއެވެ.

ރާއްޖެއަކީ 2016 ވަނަ އަހަރު އުފެދިގެން އައި އޭ.އައި.އައި.ބީގެ ފައުންޑިންގ މެންބަރެކެވެ. އޭ.އައި.އައި.ބީން ވަނީ ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ މުހިންމު މަޝްރޫޢުތަކަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

އޭއައިއައިބީގެ ގަވަރނަރުންގެ ބޯޑުގެ 10 ވަނަ އަހަރީ ބައްދަލުވުމުގެ ހަވާސާގެ ތެރެއިން ވަޒީރުވަނީ  އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް (އޭ.އައި.އައި.ބީ) ގެ ރައީސް ޖިން ލިކުން އާ ވެސް ބައްދަލުކުރައްވާފައެވެ.

 މި ބައްދަލުވުމުގައި ދިވެހިރާއްޖެއާއި އޭއައިއައިބީ އާ ދެމެދު އޮތް ގުޅުން އަލުން އިތުރަށް ހަރުދަނާކޮށް، ދިވެހިރާއްޖޭގެ ތަރައްޤީގެ އެޖެންޑާއަށް އެހީތެރިވުމަށް ކުރިމަގުގައި އެއްބާރުލުން ދެވިދާނެ ދާއިރާތަކާ މެދު މަޝްވަރާކުރެވުނެވެ.

ވަޒީރު ވަނީ ދިވެހި ސަރުކާރުން ކުރިއަށްގެންދާ އިޤްތިޞާދީ އިޞްލާޙުތަކާ ބެހޭ މަޢުލޫމާތު ރައީސް ޖިންއަށް ދެއްވައިފައެވެ. މި އިޞްލާޙުތަކުގެ ސަބަބުން ދެމެހެއްޓެނިވި އިޤްތިޞާދީ ކުރިއެރުން އަންނާނެކަމަށް އުންމީދުކުރެވޭ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މި ކުރިއެރުމުގެ މައިގަނޑު އެއް ސަބަބަކީ މިހާރު ކުރިއަށްދާ ބޮޑެތި އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކެވެ. ޚާއްޞަކޮށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލާއި އެކި ސަރަޙައްދުތަކުގައި އަލަށް ޤާއިމުކުރެވޭ އެއަރޕޯޓުތަކެވެ. މި މަޝްރޫޢުތަކުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއާއި މުޅި އިޤްތިޞާދީ ޙަރަކާތްތައް އިތުރުވާނެ ކަމަށް ބެލެވެއެވެ.

 

މީގެ އިތުރުން، ދިވެހިރާއްޖޭގެ ކުރިމަގުގެ ފައިނޭންސިންގ ބޭނުންތަކާ ބެހޭގޮތުންވެސް މަޝްވަރާކުރެވުނެވެ. ޤައުމީ ތަރައްޤީއާ ގުޅޭގޮތުން ސަރުކާރުގެ ވިސްނުން ތަފްޞީލުކޮށްދެއްވައި، މި ލަނޑުދަނޑިތައް ޙާޞިލުކުރުމަށް އޭއައިއައިބީގެ އެހީތެރިކަން މުހިންމުވާނެ މައިގަނޑު ދާއިރާތައް ވަޒީރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ޗައިނާ އެކްސްޕޯޓް އެންޑް ކްރެޑިޓް އިންޝުއަރެންސް ކޯޕަރޭޝަން (ސިނޯޝުއަރ)ގެ އިސްވެރިންނާ ބައްދަލުކުރައްވައި ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ދިވެހި ސަރުކާރުން ރާވާފައިވާ ޕްލޭންތަކުގެ މަޢުލޫމާތު ވަނީ ދެއްވާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަންނަ އަހަރަށް ލަފާކޮށް ހުށަހެޅީ 64.2 ބިލިއަން ރުފިޔާގެ ރެކޯޑު ބަޖެޓެއްޚަބަރު | ދުވަހެއް ކުރިންމާލީ ވަޒީރު ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފިޚަބަރު | 4 މަސް ކުރިން