ގްރީން ޓެކުހުގެ ގޮތުގައި 900 މިލިޔަނަށް ވުރެ ގިނަ ރުފިޔާ


28 ޖޫން 2025 - 07:27
މިއަހަރުގެ ފުރަތަމަ 21 ހަފްތާ ނިމުނުއިރު ގްރީން ޓެކުހުގެ ގޮތުގައި 900 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފިނޭންސް މިނިސްޓްރީގެ "ވީކްލީ ފިސްކަލް ޑިވޮލޮޕްމެންޓް" ރިޕޯޓު މިހާރު އާންމުކޮށްފައިވާއިރު އެ ރިޕޯޓުން ދައްކާގޮތުގައި މިއަހަރުގެ ޖަނަވަރީމަހުގެ 1ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ 12ވަނަ ދުވަހުގެ ނިޔަލަށް ގްރީން ޓެކުހުގެ ގޮތުގައި 976.4 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ.
މިދިޔަ އަހަރުގެ މި މުއްދަތުގައި ގްރީން ޓެކުހުގެ ގޮތުގައި ލިބިފައި ވަނީ 518.0 މިލިޔަން ރުފިޔާކަމުން މިއީ އެ އަދަދާއި އަޅާބަލާއިރު 88 އިންސައްތަ އިތުރު ވުމެކެވެ. ގްރީން ޓެކްސްގެ ގޮތުގައި ނަގަނީ ރިސޯޓުތަކާއި ސަފާރީއާއި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ ކޮންމެ މީހެއްގެ އަތުން 12 ޑޮލަރެވެ. އަދި ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން 6 ޑޮލަރެވެ. މި ޓެކްސް އިން އިސްތިސްނާ ވަނީ އުމުރުން ދެ އަހަރު ނުވާ ކުޑަކުދިންނެވެ. ވުމާއެކު، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދާއި، ރާއްޖޭގައި ފަތުރުވެރިން ހޭދަކުރާ ދުވަސްތަކުގެ އަދަދާއި ގްރީން ޓެކުހާއި ސީދާގޮތުން ވަނީ ގުޅިފައެވެ. ގްރީން ޓެކުހަކީ ރާއްޖޭގައި ހިންގާ ޓޫރިސްޓު ރިޒޯޓުތަކާއި ހޮޓާތަކާއި ގެސްޓްހައުސްތަކުގެ އިތުރުން ޓޫރިސްޓް އުޅަނދުތަކަށް އަންނަ ފަތުރުވެރިންގެ އަތުން ނެގޭ ޓެކުހެކެވެ. މި ޓެކްސް ނަގަން ފެށީ އޮކްޓޯބަރު 2016 އިން ފެށިގެންނެވެ.
އިތުރު ލިޔުންތައް

ފަތުރުވެރިކަން ޑައިވަސިފައިކުރުމުގެ ގިނަ މަސައްކަތްތައް އަންނަ އަހަރު ކުރެވޭނެ
އަހަރެއް ކުރިން
ޕީކް ސީޒަނަށް ފަހު ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރަން ފަށައިފި
10 މަސް ކުރިން
ސަރުކާރުގެ ނިންމުމަށް އެއްބާރުލުންދޭނަން: މަޓާޓޯ
10 މަސް ކުރިން