logoEN
ކުޅިވަރު

ފީފާ ކުލަބް ވޯލްޑްކަޕްގެ ކުއާޓަރ ފައިނަލަށް ޕަލްމެއިރާސް ދަތުރުކޮށްފި

ޕަލްމެއިރާސް އާއި ބޮޓަފޮގޯ ވާދަކުރި މެޗިގެ ތެރެއިން - ފޮޓޯ: ބްރެޒިލް ފުޓްބޯލް

ޕަލްމެއިރާސް އާއި ބޮޓަފޮގޯ ވާދަކުރި މެޗިގެ ތެރެއިން - ފޮޓޯ: ބްރެޒިލް ފުޓްބޯލް

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

29 ޖޫން 2025 - 04:38

ފީފާ ކުލަބު ވޯލްޑް ކަޕުގެ ކުއާޓަރ ފައިނަލުގެ ޖާގައެއް ޕަލްމެއިރާސްއިން ހޯދައިފިއެވެ. މި ޖާގަ ހޯދީ ބްރެޒިލްގެ ވާދަވެރި ބޮޓަފޯގޯއާ ދެކޮޅަށް ކުޅުނު މެޗުން 1-0 ގެ ނަތީޖާއެއް ހޯދައިގެންނެވެ.

ފިލަޑެލްފިއާގެ ލިންކޮލް ފައިނޭންޝަލް ފީލްޑްގައި 33،000 އަށް ވުރެ ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި، މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހުމާ ގުޅިގެން އިތުރު 30 މިނިޓުގެ ވަގުތެއް ކުޅެންޖެހުނެވެ. އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޕައުލީނިއޯ އިން މެޗުގެ ހަމައެކަނި ލަނޑު ޖަހައި، ޕަލްމެއިރާސްއަށް މި މުހިންމު މެޗު ކާމިޔާބުކޮށްދިނެވެ. މެޗުގެ ފުރިހަމަ ވަގުތުގައި ދެ ޓީމަށްވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ޕަލްމެއިރާސްގެ ވިޓަރ ރޯގް އަށް ލިބުނު ރަނގަޅު ފުރުސަތެއް ބޭކާރުވެގެން ދިޔައެވެ. އަދި އޭގެ 10 މިނިޓު ފަހުން ޕަލްމެއިރާސްއިން ޕެނަލްޓީއަކަށް އެޕީލްކުރިއެވެ. މި މެޗުގައި ޕަލްމެއިރާސްއިން އުފެއްދި ގިނަ ހަމަލާތައް ހުއްޓުވުމުގައި ބޮޓަފޯގޯގެ ގޯލްކީޕަރު ޖޯން އިސް ދައުރެއް އަދާކުރިއެވެ.

މި މެޗުން މޮޅުވެ ކުއާޓަރ ފައިނަލަށް ގޮސްފައިވާ ޕަލްމެއިރާސް، ދެން ވާދަކުރާނީ ޗެލްސީއާއި ދެކޮޅަށެވެ.

ކޮމެންޓް

871x217_placeholder