ބެންފީކާ ބަލިކޮށް ޗެލްސީ ކުއާޓަރ ފައިނަލަށް ދަތުރުކޮށްފި

ޗެލްސީއާއި ބެންފީކާ ވާދަކުރި ފ÷ޯރިގަދަ މެޗުގެ ތެރެއިން - ފޮޓޯ: އަލް ޖަޒީރާ

29 ޖޫން 2025 - 04:45
ފީފާ ކުލަބު ވޯލްޑް ކަޕުގެ ގަދަ 16 ގައި ޕޯޗުގަލްގެ ބެންފީކާއާ ދެކޮޅަށް ކުޅުނު މެޗު 4-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، މުބާރާތުގެ ކުއާޓާ ފައިނަލްގެ ޖާގައެއް ޗެލްސީން ހޯދައިފި އެވެ. ޗާލޮޓްގެ ބޭންކް އޮފް އެމެރިކާ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ޗެލްސީގެ ފަރާތުން މޮޅުކުޅުމެއް ފެނިގެން ގޮސްފައިވެއެވެ.
މެޗުގެ ފުރަތަމަ ލަނޑު ޗެލްސީއަށް ކާމިޔާބުކޮށްދިނީ 64 ވަނަ މިނެޓުގައި އެ ޓީމުގެ ކެޕްޓަން ރީސް ޖޭމްސްއެވެ. މެޗުގެ ފަހުވަގުތު ވިއްސާރައާހެދި މެދުކަނޑާލުމާއި ހަމައަށް ޗެލްސީއިން ވަނީ މެޗުގައި ލީޑު ދަމަހަށްޓާފައެވެ. މޫސުމާއި ގުޅިގެން މެޗު މެދުކަނޑާލީ މެޗުގެ 86 ވަނަ މިނެޓުގައެވެ. އަދި އަލުން އަނބުރާ މެޗުފެށިގެންދިޔައިރު، ދަނޑަށްވަދެ ތިބި ސަޕޯޓަރުން ވަނީ އެއްކޮށްހެން ހުސްވެފައެވެ.
މެޗުގެ 90 މިނެޓު ހަމަވެ އިތުރު ވަގުތުގެ ދެވަނަ މިނެޓުގައި ބެންފީކާއަށް ލިބުނު ޕެނަލްޓީއަކުން އެޓީމުގެ ތަޖުރިބާކާރު ސްޓްރައިކަރު އެންހެލް ޑި މާރިއާ ޕެނަލްޓީއަކުން ނަތީޖާ އެއްވަރުކުރިއެވެ. މިއާއެކު މެޗުގެ ނަތީޖާ ނެރެންޖެހުނީ އިތުރު ވަގުތުގެ ދެހާފު ކުޅެގެންނެވެ.
އިތުރު ވަގުތު ފެށިގެން 2 ވަނަ މިނެޓުގައި ބެންފީކާގެ ޖިއަންލޫކާ ޕްރެސްޓިއާނީއަށް ރަތް ކާޑު ދެއްކުމާ ގުޅިގެން އެއް ކުޅުންތެރިޔަކު މަދުވެ، އޭގެ ފައިދާ ޗެލްސީން ނެގިއެވެ. އިތުރު ވަގުތުގައި ކްރިސްޓޮފާ އެންކުންކޫ، ޕެޑްރޯ ނެޓޯ އަދި ޑިއުސްބަރީ ހޯލް ވަނީ ލަނޑު ޖަހައި މެޗު 4-1 އިން ނިންމާލާފައެވެ.
މި މެޗުގައި ޗެލްސީން ޖުމްލަ 22 ހަމަލާ ފޮނުވާލާފައިވާއިރު، އޭގެ ތެރެއިން 12 ހަމަލާ ވަނީ ބެންފީކާގެ ގޯލަށް އަމާޒުކޮށްފައެވެ.
މި މުބާރާތުގެ ކުއާޓަރ ފައިނަލްގައި ޗެލްސީ ކުޅޭނީ ބްރެޒިލްގެ ޕަލްމޭރާސްއާ ދެކޮޅަށެވެ. މި މެޗަކީ ދެ ޓީމުގެ މެދުގައި ކުޅެވޭ ފުރަތަމަ މެޗު ކަމަށްވާތީ، ގިނަ ބަޔަކު މި މެޗަށް ބަލަން ތިބޭނެ ކަމަށް ލަފާކުރެވެއެވެ. މިމުބާރާތުގައި މީގެކުރިން ޗެލްސީ ބްރެޒިލްގެ ޓީމެއްކަމަށްވާ ފްލެމިންގޯ އާއި ވާދަކޮށް ބަލިވެފައިވާތީ، ޗެލްސީއިން ނިކުންނާނީ މިހުރިހާ ކަންކަމާއި ސަމާލުވެގެން ކަމަށް ބެލެވެއެވެ.
އިތުރު ލިޔުންތައް

އަމިއްލަ ދަނޑުގައި ޗެލްސީ ބަލިކުރުމަށްފަހު ލިވަޕޫލުން ތާވަލުގެ އެއްވަނައިގައި ހަމަޖެހިލައިފި.
8 މަސް ކުރިން
އިނގިރޭސި ޕްރީމިއަރ ލީގު: މެންޗެސްޓަރ ޔުނައިޓެޑާއި ޗެލްސީގެ ކުރިމަތިލުން ހަމަހަމަ.
8 މަސް ކުރިން
މާރކް ގިއުގެ މާކެޓް އަގާ އެއްވަރު ޓީމަކާދެކޮޅަށް ޗެލްސީއިން ގޯލުފުންޏެއް
8 މަސް ކުރިން.png&w=3840&q=75)