logoEN
ކުޅިވަރު

ޖެއިމީ ގިޓެންސް ޗެލްސީއަށް

ޑޯޓްމަންޑްގެ މި ކުޅުންތެރިޔާ ހޮނިހިރުދުވަހު މެޑިކަލް ހަދާފައިވާކަމަށް ރިޕޯޓްތައް ބުނޭ

ޑޯޓްމަންޑްގެ މި ކުޅުންތެރިޔާ ހޮނިހިރުދުވަހު މެޑިކަލް ހަދާފައިވާކަމަށް ރިޕޯޓްތައް ބުނޭ

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

29 ޖޫން 2025 - 05:06

ބޮރޫސިއާ ޑޯޓްމަންޑްގެ ވިންގަރ ޖެއިމީ ގިޓެންސް ޗެލްސީއާ ގުޅުމަށް ދެ ކުލަބުގެ މެދުގައި އެއްބަސްވުމަކަށް އައިސްފިއެވެ. ކުރިޔަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އިނގިރޭސި ބޮޑެތިކުލަބުތަކުންދަނީ ޓްރާންސްފަރ މާކެޓްގައި ވަރަށް ހަރަކާތްތެރިކޮށް މަސައްކަތްކުރަމުންނެވެ.

މި ކުޅުންތެރިޔާ މެޑިކަލް ޓެސްޓް ހޮނިހިރު ދުވަހުގެ ރޭގައި ހަދާފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

ގިޓެންސް ވަނީ ޗެލްސީއާއެކު 7 އަހަރުގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް އެއްބަސްވެފައެވެ. އަދި އޭނާއަށް ލިބުނު އެހެން ކުލަބުތަކުގެ އޮފަރތައް، އޭގެ ތެރޭގައި ބަޔަން މިއުނިކްގެ އޮފަރވެސް ހިމެނޭ ގޮތަށް، ދޫކޮށްލާފައެވެ. ނަމަވެސް މިހާތަނަށް ޓްރާންސްފަރ ފީގެ ގޮތުގައި ދައްކާ އަދަދު ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މިކުޅުންތެރިޔާގެ ޓްރާންސްފަރގެ އަގު 55 މިލިޔަން ޕައުންޑްއަށް އަރާކަމަށް ޓްރާންސްފަރ މާކެޓް ދިރާސާކުރާ މަސްދަރުތަކުން ހާމަކުރެއެވެ.

ޗެލްސީއާއި ޑޯޓްމަންޑް މިވަގުތު ކުލަބް ވޯލްޑްކަޕްގައި ވާދަކުރާތީ މިކުޅުންތެރިޔާ ޗެލްސީއާއި ގުޅުނުކަން ރަސްމީކޮށް އިޢުލާން ކުރާނީ ކުލަބް ވޯލްޑްކަޕް ނިމުމަށްފަހުގައިކަމަށް ބެލެވެއެވެ.

މި ކުޅުންތެރިޔާއާއެކު އަންނަ ސީޒަނުގައި ޗެލްސީއާއި ގުޅޭ ކުޅުންތެރިންގެ އަދަދު ވަނީ 7 އަށް އަރާފައެވެ. އޭގެ ތެރޭގައި އެސްޓެވާއޯ، މައިކް ޕެންޑަރސަް، ޑާރިއޯ އެސޫގޯ، ލިއާމް ޑެލަޕް، މަމަދޫ ސާރ އަދި ކެންޑްރީ ޕައޭޒް ހިމެނެއެވެ. މިއާއެކު މިޓްރާންސްފަރ މާކެޓްގައި ޗެލްސީއިން ވަނީ 169 މިލިޔަން ޕައުންޑްއަށްވުރެ ގިނައިން ޚަރަދުކޮށްފައެވެ. މީގެ އިތުރުން ޗެލްސީއަށް މި ޓްރާންސްފަރ މާކެޓްގައި އިތުރު ސެންޓްރަލް ފޯވާޑެއް ގެންނާނެކަމަށް ބެލެވެއެވެ.

ކޮމެންޓް

871x217_placeholder