logoEN
ކުޅިވަރު

ބްރައިޓަންގެ ބްރެޒިލް ފޯވާޑް ޖޯ ޕެޑްރޯ ޗެލްސީއަށް

ބްރައިޓަންގެ ފޯވާޑް ޖޯ ޕެޑްރޯ

ބްރައިޓަންގެ ފޯވާޑް ޖޯ ޕެޑްރޯ

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

29 ޖޫން 2025 - 19:47

ބްރައިޓަންގެ ބްރެޒިލިއަން ސްޓްރައިކަރު ޖޯއާއޯ ޕެޑްރޯ ގެނައުމަށް ޗެލްސީން 60 މިލިއަން ޕައުންޑް (82 މިލިއަން ޑޮލަރު) އަށް އެއްބަސްވެއްޖެކަމަށް ޓްރާންސްފަރ މާކެޓް ގެ އިތުބާރުހުރި މަސްދަރުތަކުން މައުލޫމާތު ދީފިއެވެ.

23 އަހަރުގެ ޕެޑްރޯ އަކީ ނިއުކާސްލް ޔުނައިޓެޑްގެ ޝައުގުވެރިކަން ހޯދާފައިވާ ކުޅުންތެރިއެކެވެ. ނަމަވެސް އޭނާ އިޚްތިޔާރުކުރީ ސްޓެމްފޯޑް ބްރިޖަށް ބަދަލުވުމެވެ. މި މަހުގެ ތެރޭގައި ދެ ކުލަބުގެ މެދުގައި މަޝްވަރާތައް ހަލުވިކަމާއެކު ކުރިއަށް ގޮސްފައިވެއެވެ.

މި ޑީލްގައި ފުރަތަމަ 55 މިލިއަން ޕައުންޑް ދައްކާގޮތަށް ހިމެނިފައިވާއިރު، އިތުރު 5 މިލިއަން ޕައުންޑް އެޑް-އޮންގެ ގޮތުގައި ހިމެނެއެވެ. އަދި މުސްތަގުބަލުގައި ކުޅުންތެރިޔާ އެހެން ކުލަބަކަށް ވިއްކާލައިފިނަމަ، އޭގެ ޕަސެންޓޭޖެއް ބްރައިޓަނަށް ލިބޭގޮތަށްވެސް ވަނީ އެއްބަސްވެފައެވެ. ޕެޑްރޯ ވަނީ 7 އަހަރުގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް އެއްބަސްވެފައެވެ.

ކުޅުންތެރިޔާ ޖެހިގެން އަންނަ ދެތިން ދުވަހުގެ ތެރޭގައި މެޑިކަލް ޓެސްޓްތައް ހަދާނެއެވެ. އަދި ކުލަބް ވޯލްޑް ކަޕްގައި ބައިވެރިވުމަށް ވަގުތު އޮތްކަމަށް ފާހަގަކުރެވެއެވެ. ފީފާގެ ގަވާއިދުތަކުގެ ދަށުން ބުރާސްފަތި ދުވަހުގެ ސުންގަޑީގެ ކުރިން ދެ ކުޅުންތެރިން އިތުރުކުރެވިދާނެއެވެ.

ޕެޑްރޯ އާއި ޖެއިމީ ގިޓެންސް އަކީ އިޕްސްވިޗް ޓައުންއިން 30 މިލިއަން ޕައުންޑަށް ގެނެސްފައިވާ ލިއަމް ޑެލަޕްއާއެކު ޗެލްސީގެ ފޯވަޑް ލައިން އައު ސިފައެއް ގެނުވާނެ ކުޅުންތެރިންނެވެ. މިއާއެކު ކްރިސްޓޯފަރ އެންކުންކޫ ކުލަބުން ވަކިވެދާނެކަމަށް ލަފާކުރެވެއެވެ. .

ކޮމެންޓް

871x217_placeholder