logo
Bank of Maldives

Bank of Maldives

ޚަބަރު

އާރުޓީއެލް ފެރީގެ ރ.އަތޮޅުގެ އަގުތައް އާންމުކޮށްފި

އަޙްމަދު ޒަލީފް
1 ޖުލައި 2025 - 11:34
އާރުޓީއެލް ފެރީގެ ރ.އަތޮޅުގެ އަގުތައް އާންމުކޮށްފި

އާރުޓީއެލް ފެރީން ރ.އަތޮޅުގައި ޚިދުމަތް ދޭނެ އަގުތައް މިއަދު އާންމުކޮށްފިއެވެ.

އެމްޓީސީސީން އާންމުކޮށްފައިވާ އާރުޓީއެލް ފެރީގެ އަގުތަކުގެ ލިސްޓުގައި ވަނީ ރ. އަތޮޅުގައި މީހުން ދިރިއުޅޭ 17 ރަށާއި އެއާޕޯޓް އޮންނަ އިފުރާ ދެމެދުގައި ދަތުރުކުރެވޭ އެކި ރޫޓުތަކުގެ އަގުތައް ހިމަނައިފަ އެވެ. ޓިކެޓުގެ އަގުތައް އެއްކޮޅު ޓިކެޓުގެ އަގު އުޅެނީ 35ރ. އާއި 125ރ. އާ ދެމެދުގަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

އާރުޓީއެލް މަޝްރޫއުގެ ޒޯން ދޭއްގައި ހިމެނޭ ރ. އަތޮޅުގެ ރޫޓުތަކުން އަންނަ ބުރާސްފަތި ދުވަހުން ފެށިގެން އަގު ނަގާ ގޮތަށް ހަމަޖެހިފައިވާ ކަމަށާއި، އަގު ނަގަން ހަމަޖެހިފައި ވަނީ ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވާ ރޭޓުތަކާ އެއްގޮތަށް ކަމަށް ވެސް އެމްޓީސީސީން ވަނީ ބުނެފައެވެ.

މި ހިނގާ ޖުލައި މަސް ނިމުމުގެ ކުރިން ބ. އަތޮޅުގައި އާރުޓީއެލް ފެރީގެ ހިދުމަތް ދޭން ފައްޓަވާނެ ކަމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.  މިހާރު މި ޚިދުމަތް ދޭ އަތޮޅުތަކުގެ ތެރޭގައި ހިމެނެނީ ހއ.، ހދ.، ށ.، ނ. އަދި ރ. އަތޮޅު ހިމެނޭ ޒޯނުގެ އިތުރުން ޅ. އަތޮޅު އަދި އެންމެ ދެކުނުން ގއ.، ގދ.، ފުވައްމުލައް އަދި އައްޑޫއެވެ.

ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ހުރިހާ އަތޮޅެއްގައި އާރުޓީއެލް ފެރީގެ ހިދުމަތް ފެށުމެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މި މަސް ނިމުމުގެ ކުރިން ލ. އަދި މ. އަތޮޅަށް އާރްޓީއެލް ފެރީގެ ހިދުމަތް ފަށަނީޚަބަރު | 5 ދުވަސް ކުރިން"އުނގުލު" ރ. އަތޮޅު "އުނގޫފާރު" ގެ ބައެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައިފިޚަބަރު | 7 ދުވަސް ކުރިންފ. އާއި ދ. އަތޮޅުގައި މާދަމާ އާރްޓީއެލް ފެރީގެ ހިދުމަތް ފަށަނީޚަބަރު | 24 ދުވަސް ކުރިންފ އަދި ދ އަތޮޅަށް އާރްޓީއެލް ފެރީގެ ހިދުމަތް ފެށުމަށް ތައްޔާރުވެއްޖެޚަބަރު | މަހެއް ކުރިން