ފަތުރުވެރިކަމުގެ ހިދުމަތުން ނަގާ ޓެކްސް %17އަށް ބޮޑުކޮށްފި


01 ޖުލައި 2025 - 17:14
ފަތުރުވެރިކަމުގެ ހިދުމަތުން ނަގާ ޓީޖީއެސްޓީ %17އަށް ބޮޑުވެއްޖެ އެވެ.
ފަތުރުވެރިކަމުގެ ހިދުމަތުން ނަގާ ޓެކްސް 17 އިންސައްތައަށް ބޮޑުވީ މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކުރުމުންނެވެ. މި އިސްލާހު މަޖިލީހުން ފާސްކޮށްފައި ވަނީ މިދިޔަ އަހަރު ނޮވެމްބަރު މަހު އެވެ. ޓީޖީއެސްޓީއަށް 2023 ވަނަ އަހަރުން ފެށިގެން ނަގަމުން އައީ 16 ޕަސެންޓެވެ. އޭގެ ކުރިން ޓީޖީއެސްޓީގެ ގޮތުގައި ނަގަނީ 12 ޕަސެންޓެވެ.
މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ހުށަހަޅުއްވާފައި އިސްލާހުގެ ދަށުން ފަތުރުވެރިކަމުގެ ދާއިރާއިން ނަގަމުން އަންނަ ޓީޖީއެސްޓީ ބޮޑު ކުރުމަށް ވަނީ ހުށަހަޅުއްވާފައެވެ. އެގޮތުން މިހާރު ޓީޖީއެސްޓީގެ ގޮތުގައި %16 ނަގަމުންދާއިރު އަންނަ އަހަރުގެ ޖޫން މަހުން ފެށިގެން އެ އަދަދު %17 އަށް ބޮޑުކުރަން ވަނީ ހުށަހަޅުއްވާފައެވެ. ބިލު ދިރާސާކުރި ސަބް ކޮމިޓީން ވަނީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ޓީޖީއެސްޓީގެ ގޮތުގައި %16 ނަގައި ޖުލައި މަހުން ފެށިގެން %17 ނަގަން އިސްލާހުކޮށްފައެވެ.ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ޤާނޫނަށް ހުށަހެޅުއްވި އިސްލާހުގައި ވަނީ ގްރީން ޓެކްސް ބޮޑުކުރުމަށް ހުށަހަޅުއްވާފައެވެ. އެ ބިލުގައިވާގޮތުން އަންނަ އަހަރުގެ ޖޫން މަހުން ފެށިގެން ގްރީން ޓެކްސްގެ ގޮތުގައި މިހާރު 6 ޑޮލަރު ދައްކަމުންދާ ތަންތަނުން ޓޫރިސްޓަކަށް ދައްކަން ޖެހޭނީ 12 ޑޮލަރެވެ. އަދި މިހާރު 3 ޑޮލަރު ދައްކަން ޖެހޭ ތަންތަނުން ދައްކަން ޖެހޭނީ 6 ޑޮލަރެވެ.
މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ބަލާއިރު، މީގެ ކުރީން ޓީޖީއެސްޓީ ބޮޑުކުރި ފަހަރުތަކުގައި 3 ޕަސެންޓްގެ ރޭޝިއޯއަކުން ބޮޑު ކުރިނަމަވެސް މިފަހަރު ގެންނަނީ އެއް ޕަސެންޓްގެ ބަދަލެއް ކަމަށާއި، ބަދަލާއެކު މާލީ ހާލަތަށް ބޮޑު ލުޔެއް ލިބޭނެކަމަށް ބިލު ހުށަހެޅުއްވި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހީމް ވަނީ ވިދާޅުވެފަ އެވެ.
މި ބަދަލުގެ ސަބަބުން 2025 ވަނަ އަހަރު ދައުލަތަށް 201.9 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށާއި، 2026 ވަނަ 301.8 މިލިއަން ރުފިޔާ އަދި 2027 ވަނަ އަހަރު ދައުލަތށް 530.4 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެކަމަށް މުސްތަފާ ވިދާޅުވިއެވެ.
ދައުލަތުގެ އާމްދަނީ އިތުރުކޮށް، އިގްތިސާދީ ފުދުންތެރިކަން އިތުރުކުރުމަށް ޓެކްސްތައް ބޮޑުކުރަން ސަރުކާރުން ހުށަހެޅި ބިލުތައް ރައީސް ޑރ. މުޙައްމަދު މުއިއްޒު ތަސްދީގު ކުރެއްވީ މިދިޔަ ނޮވެމްބަރު 6 ވަނަ ދުވަހު އެވެ.
އިތުރު ލިޔުންތައް
މަޖިލީހުން މުއައްސަސާތައް ޖަވާބުދާރީ ކުރުވާނަން - މަޖިލިސް ރައީސް
އަހަރެއް ކުރިން
ހައިދަރުގެ ޖަވާބުތަކާމެދު ހިތްހަމަނުޖެހި މަޖިލިސް ޖަލްސާ ހުއްޓުވާލައިފި
އަހަރެއް ކުރިން
ގޯތި ދޫކުރުމުގައި އިންސާފު ގެއްލިފައިވާތީ ކަންބޮޑުވެއްޖެ
އަހަރެއް ކުރިން