logoEN
ކުޅިވަރު

ރެފްރީންނާއި ދިމާކޮށްގެން ރެއާލް މެޑްރިޑްއާއި ދެކޮޅަށް ފިޔަވަޅުއަޅަށް ކޯޓުން އަންގައިފި

ރެއާލް މެޑްރިޑްގެ ރައީސް ފްލޯރެންޓީނޯ ޕެރޭޒް

ރެއާލް މެޑްރިޑްގެ ރައީސް ފްލޯރެންޓީނޯ ޕެރޭޒް

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

01 ޖުލައި 2025 - 17:20

ރެފްރީންނާ ދިމާކޮށް ރެއާލް މެޑްރިޑުން ނެރެމުންދާ ވީޑިއޯތަކާ ގުޅިގެން އެ ކްލަބާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތްތަކަށް ސްޕެއިންގެ ކޯޓަކުން އަންގައިފިއެވެ.

މިދިޔަ ސީޒަނުގައި ރެއާލް މެޑްރިޑުން ވަނީ މެޗުތަކުގެ ކުރިން ރެފްރީން މީގެ ކުރިން ހަދާފައިވާ ކުށްތައް ދައްކުވައިދޭ ވީޑިއޯތައް ނެރެމުން ގެންގޮސްފައެވެ. މި ވީޑިއޯތަކުގެ ތެރޭގައި ތިން މިނެޓް ދިގު ވީޑިއޯތައްވެސް ހިމެނެއެވެ. އަދި މި ވީޑިއޯތަކުގައި ރެފްރީން ކުރާ ހުރިހާ ކުށްތަކެއްގެ ތަފްސީލު ހިމަނާފައިވެއެވެ.

މިކަމުގެ ސަބަބުން ރެފްރީންނަށް ކުރިމަތިވަމުންދާ ދަތިތައް ފާހަގަކޮށް، އެޕްރީލް މަހު ބާސެލޯނާއާއި ރެއާލް މެޑްރިޑް ކޮޕަ ޑެލް ރޭ ފައިނަލުގައި ބައްދަލުކުރި މެޗުގެ ކުރިން ތަޖުރިބާކާރު ރެފްރީ ރިކާޑޯ ޑި ބަރގޮސް ބެންގޮއެޗެއާ ވަނީ މެޗުގެ ކުރިން ޕްރެސް ކޮންފަރެންސް އެއް ބާއްވައި ރޮއިފައެވެ. އޭނާ ރޮއީ މެޑްރިޑުން ނެރޭ ވީޑިއޯތަކާ ގުޅިގެން އޭނާގެ އާއިލާއަށް އޮންލައިންކޮށް އަދި ޖިސްމާނީގޮތުން ހަމަލާދެމުންދާތީއެވެ.

ނަމަވެސް ރެއާލް މެޑްރިޑުން ދެކޭގޮތުގައި ސްޕެއިންގެ ރެފްރީންގެ މެދުގައި ވަރަށް ބޮޑު ކޮރަޕްޝަނެއް އެބައޮތެވެ. އަދި އެކަމުގެ ސަބަބުން އެ ކްލަބަށް އަމާޒުކޮށް ގަސްތުގައި ގޯސް ނިންމުންތައް ނިންމަމުންދާ ކަމަށް އެ ކްލަބުން ތުހުމަތުކުރެއެވެ.

ކޮމެންޓް

871x217_placeholder