logoEN
ޚަބަރު

ކައުންސިލް އިންތިހާބުގެ 10 އިންސައްތަވެސް އެމްޑީޕީއަކަށް ނުލިބޭނެ

އާމިނަތު ސަފާއާމިނަތު ސަފާ

02 ޖުލައި 2025 - 12:00

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ 10 އިންސައްތަވެސް އިދިކޮޅު ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އަށް ނުލިބޭނެކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރު އަޙްމަދު ވަޙީދު ވިދާޅުވެއްޖެއެވެ.

މެންދުރު ޓީވީގެ މައުޟޫ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވީ މި ސަރުކާރުން ރައްޔިތުންނަށް ގިނަ ކަންތައްތަކެއް ކޮށްދެމުންދާއިރު ލޯކަލް ކައުންސިލް އިންތިހާބުން އެންމެ 10 އިންސައްތަވެސް އެމްޑީޕީއަށް ކާމިޔާބު ނުކުރެވޭނެކަމަށެވެ.

" ގަބޫލެއް ނުކުރަން ކައުންސިލް އިންތިހާބު ނެގޭނެކަމަކަށް . ރައީސް އެދަނީ އިދިކޮޅުގެ މެޖޯރިޓީ އޮތް ދާއިރާތަކަށް ވެސް ހަމަހަމަކަމާއެކު ކަންކަން ކޮށްދެމުން. އެމްޑީޕީން ޖެއްސީ ބަލާވެރިކަމެއް. 10 އިންސައްތަވެސް ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ކާމިޔާބު ނުކުރެވޭނެ".

އޭނާ އިތުރަށް ވިދާޅުވީ އެމްޑީޕީއަކީ ގައުމަށް ނުވަތަ ރައްޔިތުންނަށް ފައިދާއެއްކޮށްދިނުމުގެ ނިޔަތުގައި ވުޖޫދުވެގެންއުޅޭ ޕާޓީއެއް ނޫންކަމަށެވެ.

އެމްޑީޕީން އަބަދުވެސް އުޅެނީ އެ ޕާޓީން ބޭނުންވާ ވަކި އެޖެންޑާއެއް ހާސިލުކުރުމަށްޓަކައި ޕާޓީގެ އިސް ސަފުގައި ވަކި ބަޔަކު ބައިތިއްބަންކަމަށް އަޙްމަދު ވަޙީދު ވިދާޅުވިއެވެ.

މަޖިލިސްގެ ކުރީގެ ރައީސް އަދި އެމްޑީޕީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ދަ ޑިމޮކްރެޓްސްގެ މެމްބަރުން އަނބުރާ އެމްޑީޕީއާ ގުޅިފައިވާއިރު އެމްޑީޕީގެ އާއްމު މެމްބަރުންގެ އިތުބާރުވެސް ޕާޓީގެ ލީޑަރޝިޕަށް މިހާރު ނެތްކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

އެމްޑީޕީގެ ލީޑަރޝިޕްގެ ގިނަ ފަރާތްތަކުން މިހާރުވެސް އަންނަނީ 2028 ގެ ރިޔާސި އިންތިހާބުގެ ޕްރައިމަރީގައި ވާދަކުރާނެކަން ހާމަކުރަމުންނެވެ.

ކޮމެންޓް

871x217_placeholder