މާލީ ދާއިރާއިން ކިޔަވަން ބޭނުންވާ ފަރާތްތަކަށް ސްކޮލަރޝިޕް ދެނީ


02 ޖުލައި 2025 - 12:34
މާލީ ދާއިރާއިން މަތީ ތަޢުލީމު ހާސިލްކުރުމަށް 35 ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުޞަތު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ހުޅުވާލައިފިއެވެ.
މިއީ އެ އޮތޯރިޓީގެ ތަމްވީލް އިސްލާމިކް ފައިނޭންސް އިނިޝިއޭޓިވްގެ ދަށުން ފަހިކޮށްދީފައިވާ ފުރުޞަތުތަކެވެ. އެގޮތުން، މި ޕްރޮގްރާމުގެ ދަށުން ދަރިވަރުންނަށް ޚާއްސަ ތަމްރީނު ޕްރޮގްރާމްތަކާއި، މާލީ ދާއިރާއިން މަތީ ތަޢުލީމު ހާސިލްކުރުމުގެ ފުރުޞަތުތައް ފަހިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާކަމަށެވެ.އެގޮތުން މިހާރު އެމްއެމްއޭއިން ވަނީ މެލޭޝިއާގެ މަޝްހޫރު ދެ ޔުނިވަރސިޓީއެއްކަމަށްވާ، އިންޓަނޭޝަނަލް ސެންޓަރ ފޯ އެޑިއުކޭޝަން އިން އިސްލާމިކް ފައިނޭންސް، އައިއެންސީއީއައިއެފް އަދި ޔުނިވާސިޓީ އިސްލާމް ސެލަންގޯރ، ޔޫއައިއެސްގައި މަތީ ތަޢުލީމު ހާސިލްކުރުމަށް ސްކޮލަރޝިޕަށް އެދުމުގެ ފުރުޞަތު ހުޅުވާލާފައެވެ.
ފައިނޭންޝަލް ލިޓްރޭސީ، ހޭލުންތެރިކަން، އަދި ކެޕޭސިޓީ ޑިވެލޮޕްމަންޓަށް އިސްކަންދީގެން ކުރިއަށްގެންދާ މި ޕްރޮގްރާމަކީ އިސްލާމިކް ފައިނޭންސްގެ ސަރަހައްދީ ހަބަކަށް ދިވެހިރާއްޖެ ހެދުމަށް އެ އޮތޯރިޓީއިން ކުރަމުންދާ މަސައްކަތަށް އެހީތެރިވެދޭނެކަމެއް ކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ.
ސްކޮލަރޝިޕްގައި ކިޔެވުމަށް އެދި ހުށައަޅާ ދަރިވަރުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް އެމްއެމްއޭގެ ވެބްސައިޓުގައި ވަނީ ޝާއިޢުކޮށްފައެވެ. އަދި މި ސްކޮލަރޝިޕްތަކުގައި ކޮންމެ ދަރިވަރަކަށްވެސް ހުށައެޅޭނީ ފުލްޓައިމް އެއް ޕްރޮގްރާމަށެވެ.
އެމްއެމްއޭގެ ވެބްސައިޓުގައިވާ ލިންކުތައް މެދުވެރިކޮށް މި ސްކޮލަރޝިޕަށް އެދި ހުށަހެޅޭނެއެވެ. ހުށަހެޅުންތައް ބަލައިގަތުމުގެ ސުންގަޑިއަކީ މި ހިންގާ ޖުލައި މަހުގެ 17ވާ ބުރާސްފަތި ދުވަހުގެ މެންދަމު 11:59 އެކެވެ.
އެމްއެމްއޭއިން ވިދާޅުވީ، ސްކޮލަރޝިޕް ހޮވުމުގެ ޕްރޮސެސް ކުރިއަށްދާނީ މެރިޓް އަދި ފައިނޭންޝަލް ނީޑްސް އެއްކޮށްލައިގެންކަމަށެވެ. އަދި އިވެލުއޭޝަން ޕްރޮސެސްގެ ތެރެއިން އިންޓަވިއު ކުރުންވެސް އޮންނާނެކަމަށްވެސް އެ އޮތޯރިޓީއިން ވިދާޅުވެއެވެ.
އިތުރު ލިޔުންތައް

ބޭނުން ކުރެވޭ ރިޒާވް އޮގަސްޓް މަހުގެ ނިޔަލަށް އިތުރުވާނެ: އެމްއެމްއޭ
10 މަސް ކުރިން
އަހަރު ނިމޭއިރު ރާއްޖޭގެ ރަސްމީ ރިޒާވް 600 މިލިއަން ޑޮލަރަށްވުރެ އިތުރުވާނެ: އެމްއެމްއޭ
10 މަސް ކުރިން
ބޭންކުން އެންމެ ގިނަ ލޯނު ދޫކުރީ ފަތުރުވެރިކަމުގެ ދާއިރާއަށް: އެމްއެމްއޭ
10 މަސް ކުރިން