ތަފާސް ހިސާބު: މިދިޔަ މަހުވެސް އެންމެ ގިނައިން ހުށަހެޅީ ވައްކަމުގެ މައްސަލަތައް


02 ޖުލައި 2025 - 13:20
ފާއިތުވި ޖޫން މަހު އެންމެ ގިނައިން ހުށަހަޅާފައިވަނީ ވައްކަމުގެ މައްސަލަތައް ކަމަށް ފުލުހުންގެ އިދާރާއިން ބުނެފިއެވެ.
އެގޮތުން ވައްކަމުގެ 288 މައްސަލަ ވަނީ ހުށަހަޅާފައެވެ. ދެވަނައަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ޓްރެފިކް އެކްސިޑެންޓްތަކުގެ މައްސަލަތަކެވެ. އެގޮތުން ޓްރެފިކް އެކްސިޑެންޓުގެ 255 މައްސަލަ ހުށަހަޅާފައިވެއެވެ.
ތިންވަނައަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ މަސްތުވާތަކެތީގެ މައްސަލައެވެ. ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މަސްތުވާތަކެތީގެ 162 މައްސަލަ ޖޫން މަހު ވަނީ ހުށަހަޅާފައެވެ.
ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މެއި މަހާ އަޅާބަލާއިރު މިނިމުނު ޖޫންމަހު ހުށަހެޅި މައްސަލަތަކުގެ ޖުމްލަ އަދަދު ދަށެވެ. އެގޮތުން ޖޫން މަހު ފުލުހުންނަށް ޖުމްލަ 961 މައްސަލައެއް ހުށައެޅިއިރު، މެއި މަހު ހުށަހަޅާފައިވަނީ 1،020 މައްސަލައެވެ.
ފުލުހުންގެ އިދާރާއަށް ހުށަހެޅޭ މައްސަލަތައް އަވަސް މުއްދަތެއްގައި ތަޙުޤީޤުކޮށް ނިންމަން މަސައްކަތް ކުރަމުން އަންނައިރު، މާލެއިން ފުލުހުންނަށްހުށަހެޅޭ މައްސަލަތައް، އެމައްސަލައެއް ހުށަހެޅޭތާ ލަސްވެގެން 24 ގަޑިއިރު ތެރޭގައި މައްސަލަ ކޭސް ކުރުމާމެދު ގޮތެއް ނިންމަން ޖެހޭނެއެވެ. އަތޮޅުތެރޭގައި ނަމަ 48 ގަޑިއިރު ތެރޭގައި އެކަމަށް ގޮތެއް ނިންމަން ޖެހޭނެއެވެ.
ފުލުހުންނަށް ހުށަހެޅޭ މައްސަލައެއް ހުށަހެޅޭތާ 7 ދުވަސްތެރޭގައި މައްސަލަ ތަޙުޤީޤު ކުރައްވާ ޔުނިޓުގެ ހެޑް އެމައްސަލައިގެ ތަޙްޤީޤުގެ މަސައްކަތް ގޮސްފައިވާ މިންވަރު ބައްލަވައި މަސައްކަތް ޓާސްކޮށްފައިވާ މިންވަރަށް ކުރިޔަށްދާކަން ކަށަވަރު ކުރައްވަންޖެހޭނެއެވެ.
މިދިޔަ އަހަރުވެސް ފުލުހުންނަށް އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ވައްކަމުގެ މައްސަލަތަކެވެ.
އިތުރު ލިޔުންތައް

ބުޅާ މެރި ކަމަށް ތުހުމަތު ކުރެވޭ މީހާ އިމިގްރޭޝަނާ ހަވާލުކޮށްފި
10 މަސް ކުރިން.jpg&w=3840&q=75)
ރިއޮލަޮ އޮފީހުން ވައްކަންކުރި މައްސަލައެއްގައި ދެމީހަކު ހައްޔަރުކޮށްފި
10 މަސް ކުރިން
މާލީ ބަގާވާތެއް ކުރަން އުޅުނު ކަމަށް ތުހުމަތުކޮށް ފުލުހުން މައްސަލަ ތަހުގީގުކުރަނީ
10 މަސް ކުރިން