logoEN
ޚަބަރު

މާލޭގެ ގެއެއްގައި ރަހީނުކޮށްފައި ހުރި މީހަކު ސަލާމަތްކޮށްފި

ޝަހްޒާ މުހައްމަދު ޝަހްޒާ މުހައްމަދު

03 ޖުލައި 2025 - 07:05

މާލޭގެ ގެއެއްގައި ހުއްދަނޫންގޮތުގައި ބަންދުކޮށްފައި ހުރި މީހަކު ބަންގަލްދޭޝްގެ ފިރިހެނަކު، މިއަދު ފުލުހުން ސަލާމަތްކޮށްފިއެވެ.

ފުލުހުންބުނީ މިއަދު ހެންދުނު 06:00 ހައި އިރު ފުލުހުންނަށް ހުށަހެޅި މައްސަލައަކާއި ގުޅިގެން، އެތަނުގެ ތަޅު ހަލާކުކޮށްގެން ވަދެ، ބަންދުކޮށްފައިވާ މީހާބެރެފައިވާކަމަށެވެ.

އެ މީހާ އައިޖީއެމްއެޗަށް ގެންގޮސް ސިއްޙީ ހާލަތު ބެލުމަށް ބަލަންޖެހޭކަންކަން ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ. އެ މީހާއަށް ބޭރުފުށުން އެއްވެސް އަނިޔާއެއް ވެފައިވާކަމަށް ފާހަގަކުރެވިފައި ނުވާކަމަށް ވެސް ފުލުހުން ބުންޏެވެ.

މިމައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް

871x217_placeholder