އެކްސްޕޯޓުކުރި މަހުގެ އަދަދު އިތުރުވެ އާއްމުދަނީވެސް އިތުރުވެއްޖެ


03 ޖުލައި 2025 - 12:26
މި އަހަރުގެ ފުރަތަމަ 5 މަސްދުވަހު ރާއްޖެއިން އެކްސްޕޯޓްކުރި މަހުގެ މިންވަރު 66 އިންސައްތަ އިތުރުވެ ލިބުނު އާއްމުދަނީގެ މިންވަރުވެސް 40 އިންސައްތަ އިތުރުވެއްޖެއެވެ.
މަރުކަޒީ ބޭންކު- އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި އަހަރުގެ ޖެނުއަރީ އިން ފެށިގެން މޭ މަހުގެ ނިޔަލަށް ރާއްޖެއިން 38،800 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓްކޮށްފައިވެ އެވެ.މިއީ ފާއިތުވި 2024 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެއިން ބޭރުކުރި 23،356 މެޓްރިކް ޓަނުގެ މަހާ އަޅާބަލާއިރު 15،444 މެޓްރިކް ޓަނު އިތުރުވުމެކެވެ.
ރާއްޖެއިން ބޭރުކުރާ މަހުން ލިބުނު އާމްދަނީ އަށް މި މުއްދަތުގައި 63.7 މިލިޔަން ޑޮލަރު ލިބިފައިވެއެވެ.
- ޖެނުއަރީ - 5،710 މެޓްރިކް ޓަން
- ފެބްރުއަރީ - 8،511 މެޓްރިކް ޓަން
- މާޗް - 7،376 މެޓްރިކް ޓަން
- އެޕްރީލް - 9،700 މެޓްރިކް ޓަން
- މޭ - 7،499 މެޓްރިކް ޓަން
މި އަހަރު ރާއްޖެއިން އެންމެ ގިނައިން އެކްސްޕޯޓް ކުރީ ކަޅުބިލަ މަހެވެ. އެގޮތުން ރާއްޖެއިން އެކްސްޕޯޓުކުރި ކަޅުބިލަމަހުގެ އަދަދު 31،157 މެޓްރިކް ޓަނަށް އަރައެވެ. މީގެ އިތުރުން މި އަހަަރު ރީނދޫ އުރަހަ ކަންނެލީގެ ގޮތުގައި 4،002 މެޓްރިކް ޓަނުގެ މަސް ބޭރުކޮށްފައިވާއިރު މަސްދަޅު އަދި ޕޯޗްޑްގެ ގޮތުގައި ބޭރުކުރީ 2،604 މެޓްރިކް ޓަނުގެ މަހެވެ.
އިތުރު ލިޔުންތައް

ބޭނުން ކުރެވޭ ރިޒާވް އޮގަސްޓް މަހުގެ ނިޔަލަށް އިތުރުވާނެ: އެމްއެމްއޭ
10 މަސް ކުރިން
އަހަރު ނިމޭއިރު ރާއްޖޭގެ ރަސްމީ ރިޒާވް 600 މިލިއަން ޑޮލަރަށްވުރެ އިތުރުވާނެ: އެމްއެމްއޭ
10 މަސް ކުރިން
ބޭންކުން އެންމެ ގިނަ ލޯނު ދޫކުރީ ފަތުރުވެރިކަމުގެ ދާއިރާއަށް: އެމްއެމްއޭ
10 މަސް ކުރިން