logoEN
ޚަބަރު

ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތް މެދުވެރިކޮށް 1200 ޓަނުގެ ކާގޯ އުފުލައިފި

އާމިނަތު ސަފާއާމިނަތު ސަފާ

04 ޖުލައި 2025 - 06:19

މިއަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ތެރޭ ސީ-ޓު-އެއާ ކާގޯގެ ޚިދުމަތް މެދުވެރިކޮށް، 1200އަށްވުރެ ގިނަ ޓަނުގެ ކާގޯ ރާއްޖެއިން ދުނިޔޭގެ އެކި ހިސާބުތަކަށް ފޮނުވާފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލުން ބުނެފިއެވެ.

އެމްޕީއެލްއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަސް ބަލާއިރު މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް އެ ކުންފުނިން ވަނީ މުޅި ޖުމްލަ 1222 ޓަނުގެ ކާގޯ އުފުލާފައެވެ. އަދި މިއީ 271 ޓީޔޫސްގެ ކޮންޓެއިނަރުން އުފުލާފައިވާ ކާގޯގެ އަދަދުކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. މިއަހަރުގެ ފުރަތަމަ 6 މަސްތެރޭގައި ބައިނަލްއަޤްވާމީ 10 އެއާލައިނަކުން ސީ-ޓު-އެއާ ކާގޯގެ ހިދުމަތާ ގުޅިފައިވާއިރު ދުނިޔޭގެ 15 މަންޒިލަކަށް ސީ-ޓު-އެއާ ހިދުމަތުގެ ތެރެއިން ރާއްޖެއިން ކާގޯ ފޮނުވާފައިވާކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ސީ-ޓު-އެއަރ ކާގޯގެ ހިދުމަތާ ގުޅިފައިވާ އެއާލައިންތައް:

• ޓާކިޝް އެއަރލައިންސް• ވާރޖިން އެޓްލާންޓިކް އެއަރލައިންސް• އިއްތިހާދު އެއަރލައިންސް• ސްވިޒް އެއަރލައިންސް• އަޒަރްބައިޖާން އެއަރލައިންސް• ލުފްތަންސާ އެއަރލައިންސް• ސަޢޫދީ އެއަރލައިންސް• ގަތަރު އެއަރވޭސް• އައިޓީއޭ އެއަރވޭސް

މި ހިދުމަތަކީ ރާއްޖެއަށް ކަނޑުމަގުން ގެންނަ މުދާ ރައްކާތެރިކަމާއެކު ބޭނުންވާ މަންޒިލަށް ވައިގެ މަގުން އަވަހަށް ފޯރުކޮށްދިނުމަށް، އެމްޕީއެލް، އެމްއޭސީއެލް، ކަސްޓަމްސް އަދި އެމްއެސްއެސް ގުޅިގެން ފަށާފައިވާ ހިދުމަތެކެވެ.

މި ހިދުމަތް ފެށީ މިދިޔަ އަހަރުގެ މޭ މަހު އެވެ. އެ ގޮތުން ހިދުމަތް ފުރަތަމަ ފެށީ ޓާކިޝް އެއާލައިންއާއެކުގަ އެވެ. ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތް މެދުވެރިކޮށް އާންމުކޮށް ރާއްޖެއިން ބޭރުކުރަނީ، ބަންގްލަދޭޝްގައި އުފައްދާ އަންނައުނުގެ ބާވަތްތަކެވެ.

ސީ-ޓު-އެއާ ކާގޯ ހިދުމަތް ފުޅާވަމުން އަންނައިރު މިހާތަނަށް މި މަސައްކަތުން ރާއްޖޭގެ އިގުތިސާދަށް އެތައް މިލިޔަނަށްވުރެ ގިނަ ޑޮލަރު ވަދެފައިވާކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. މި ހިދުމަތައް އެއް އަހަރު ވީއިރު ދެ މިލިޔަން ކިލޯގެ ކާގޯ ވަނީ އުފުލާފަ އެވެ.

މި ހިދުމަތުގެ ސަބަބުން މި ސަރަހައްދުގެ ވިޔަފާރިތަކާއި ސިނާއަތްތަކުގެ ބޭނުންތައް ފުއްދައިދީ މުދާ އުފުލުމުގައި އަވަސް އަދި ހަރުދަނާ ހިދުމަތްތަކެއް ފޯރުކޮށްދެވޭނެއެވެ.

ކޮމެންޓް

871x217_placeholder