logo
Bank of Maldives

Bank of Maldives

ޚަބަރު

ޗައިނާގައި އޮންނަ ދުނިޔޭގެ ފެންވަރުގެ އާޓް އެގްޒިބިޝަނެއްގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިންނަށް

ޝަހްޒާ މުހައްމަދު
4 ޖުލައި 2025 - 12:15
ޗައިނާގައި އޮންނަ ދުނިޔޭގެ ފެންވަރުގެ  އާޓް އެގްޒިބިޝަނެއްގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިންނަށް

ޗައިނާ އާޓިސްޓްސް އެސޯސިއޭޝަނާއި ބެއިޖިން މުނިސިޕަލް ކޮމިޓީން އިންތިޒާމްކޮށްގެން ބާއްވާ " 10 ވަނަ ބެއިޖިންގ އިންޓަރނޭޝަނަލް އާޓް ބައިނެލް" ގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ފަންނުވެރިންނަށް ހުޅުވާލައިފިއެވެ.

"ކޯ އެގްޒިސްޓެންސް" ގެ ނަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި އެގްޒިބިޝަން އޮންނާނީ މިއަހަރުގެ ޑިސެމްބަރު 31 އިން ފެށިގެން 2026 ވަނަ އަހަރުގެ ފެބްރުއަރީ 1 ގެ ނިޔަލަށް ބެއިޖިން އެގްޒިބިޝަން ސެންޓަރުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނޭޝަނަލް ސެންޓަރ ފޯ ދި އާޓްސްއިން ކުރި އިއުލާނެއްގައި ވާ ގޮތުގައި، މި އެގްޒިބިޝަންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރޭޝަން މެޓީރިއަލްސް ޖުލައި 31 ގެ ކުރިން މެއިލްކުރަންޖެހެއެވެ.

ބެއިޖިންގ އިންޓަރނޭޝަނަލް އާޓް ބައިނެލްއަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ މުހިންމު އާޓް އެގްޒިބިޝަނެކެވެ. 2022 ވަނަ އަހަރާ ހަމައަށް މި އެގްޒިބިޝަން ވަނީ ނުވަ ފަހަރެއްގެ މަތިން ކާމިޔާބުކަމާއެކު ބާއްވާފައެވެ. މި މުއްދަތުގެ ތެރޭގައި ދުނިޔޭގެ ފަސް ބައްރުން 150 އަށްވުރެ ގިނަ ގައުމަކާއެކު ގުޅުން ގާއިމުކޮށްފައިވެއެވެ.

މި އެގްޒިބިޝަންގެ ކުރީގެ ސެޝަންތަކުގައި 130 އަށްވުރެ ގިނަ ގައުމުތަކުން ހުށަހެޅުންތައް ލިބި، 120 އަށްވުރެ ގިނަ ގައުމުތަކުން ބައިވެރިވެފައިވެއެވެ. މީގެ އިތުރުން 5,000 އަށްވުރެ ގިނަ އާޓިސްޓުން ބައިވެރިވެ، 6,000 އަށްވުރެ ގިނަ އާޓްވޯކް ހިއްސާކޮށްފައިވާއިރު، މިލިއަނުން ގުނާލެވޭ އަދަދެއްގެ ބަޔަކު މި އެގްޒިބިޝަންތަކަށް ޒިޔާރަތްކޮށްފައިވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގުޅުން ބަދަހި ކުރަން ޗައިނާ ރައީސް ޝީ ސަޕޯޓްކުރާ މެންޗެސްޓަރ ޔުނައިޓެޑް މެޗު ކުޅުނު ބޯޅައެއް ޔޫކޭ އިން ހަދިޔާކޮށްފިޚަބަރު | 4 ދުވަސް ކުރިންޗައިނާގައި މެޗު ފިކްސިންގ މައްސަލައިގައި ޗެންޕިއަން ޓީމާއެކު 13 ޓީމެއްގެ ޕޮއިންޓް ކެނޑުމަށްފަހު މިއަހަރުގެ ލީގު ފަށަން ނިންމައިފިކުޅިވަރު | 5 ދުވަސް ކުރިންޓެރިފް ހަނގުރާމައެއްގައި އެއްވެސް ބަޔަކު މޮޅެއް ނުވާނެ، އަހަރެމެންގެ މަސްލަހަތު ހިމާޔަތްކުރާނަން: ޗައިނާދުނިޔެ | 22 ދުވަސް ކުރިން ޗައިނާ ސަފީރުގެ ''ހިތް'' މިފަހަރު ބައިސްކޯފުގެ ދާރުލްއާސާރަށްޚަބަރު | 4 މަސް ކުރިން