logo
Bank of Maldives

Bank of Maldives

ދުނިޔެ

ޓެރިފް ހަނގުރާމައެއްގައި އެއްވެސް ބަޔަކު މޮޅެއް ނުވާނެ، އަހަރެމެންގެ މަސްލަހަތު ހިމާޔަތްކުރާނަން: ޗައިނާ

މުހައްމަދު މޫސާމުހައްމަދު މޫސާ
13 ޖެނުއަރީ 2026 - 11:24
 ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މާއޯ ނިންގް
ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މާއޯ ނިންގް

އީރާނާއެކު ވިޔަފާރިކުރާ ކޮންމެ ގައުމަކުން އެމެރިކާއަށް އެތެރެކުރާ މުދަލުން 25 އިންސައްތައިގެ ޓެރިފެއް ނަގާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާނު ކުރެއްވުމާ ގުޅިގެން، ޗައިނާގެ ހައްގުތަކާއި މަސްލަހަތުތައް ހިމާޔަތްކުރާނެ ކަމަށް އެ ގައުމުން ބުނެފިއެވެ.

ޓްރަމްޕްގެ މި ނިންމެވުމާ ގުޅޭގޮތުން އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުވާލު ކުރުމުން، ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މާއޯ ނިންގް ވިދާޅުވީ، ޓެރިފް ހަނގުރާމައެއްގައި އެއްވެސް ބަޔަކު މޮޅުނުވާނެ ކަމަށް އަބަދުވެސް ގަބޫލުކުރާ ކަމަށާއި، ޗައިނާގެ ގާނޫނީ ހައްގުތަކާއި މަސްލަހަތުތައް އެ ގައުމުން ސާބިތުކަމާއެކު ދިފާއުކުރާނެ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފަތުރުވެރިކަމަށް އީރާނަށް ދަތުރުކުރާ ޗައިނާގެ ރައްޔިތުންނަށް ދޭނެ އިރުޝާދަކީ ކޮބައިތޯ ސުވާލު ކުރުމުން، މާއޯ ވިދާޅުވީ ބެއިޖިންގްއިން ދަނީ މަސްރަހު ބަދަލުވަމުންދާ ގޮތް ވަރަށް ގާތުން ބަލަމުން ކަމަށެވެ.

"ޗައިނާގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނަން،" އޭނާ ވިދާޅުވިއެވެ.

އީރާނުގެ އެންމެ ބޮޑު އެކްސްޕޯޓް މަންޒިލްތަކުގެ ތެރޭގައި ޗައިނާ ހިމެނޭ

ޓެރިފްގެ މި އިންޒާރު އައިސްފައިވަނީ، ފުރަތަމަ އިގްތިސާދީ ދަތިތަކާ ހެދި ފެށި، ނަމަވެސް ފަހުން ދީނީ ލީޑަޝިޕް ބަދަލުކުރުމަށް ގޮވާލާ ފެށި މުޒާހަރާތަކުގެ ސަބަބުން އީރާނުގެ މަސްރަހު ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައެވެ. އެމެރިކާގައި ހުންނަ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތެއް ކަމަށްވާ އެޗް.އާރު.އޭ.އެން.އޭ އިން ބުނާ ގޮތުގައި، މުޒާހަރާތައް ފެށުނު ފަހުން މުޒާހަރާގެ ބައިވެރިންނާއި ސަލާމަތީ ބާރުތައް ހިމެނޭހެން މަދުވެގެން 648 މީހުން މަރުވެފައިވާކަން ވަނީ ކަށަވަރު ކުރެވިފައެވެ.

ޓްރަމްޕް ހޯމަ ދުވަހު 'ޓްރުތް ސޯޝަލް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އީރާނާއެކު ވިޔަފާރިކުރާ ކޮންމެ ގައުމަކުން އެމެރިކާއާއެކު ކުރާ ހުރިހާ ވިޔަފާރިއަކުން 25 އިންސައްތައިގެ ޓެރިފެއް ކުރިމަތިލާން ޖެހޭނެ ކަމަށެވެ.

ވައިޓް ހައުސްގެ ވެބްސައިޓުގައި މި ސިޔާސަތާ ގުޅޭ ރަސްމީ އެއްވެސް ލިޔެކިޔުމެއް ނެތްއިރު، މި ޓެރިފްތައް ނެގުމުގެ ގާނޫނީ ބާރުވެރިކަމަކީ ކޮބައިކަމެއް ނުވަތަ އީރާނުގެ ހުރިހާ ވިޔަފާރި ބައިވެރިންނަށް މިއީ ހިނގާނެ ކަމެއް ކަމެއް އަދި ސާފެއް ނުވެއެވެ. އަދި މިކަމާ ގުޅޭގޮތުން ވައިޓް ހައުސްއިން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

އީރާނަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައި އޮންނަތާ އަހަރުތަކެއް ވެފައިވީ ނަމަވެސް، އެ ގައުމުން ދަނީ ޗައިނާ، ޔުނައިޓެޑް އެރަބް އެމިރޭޓްސް އަދި އިންޑިއާ ފަދަ ގައުމުތަކާއެކު ވިޔަފާރި ކުރަމުންނެވެ. މި ގައުމުތަކަކީ އީރާނުގެ މުދާ އެންމެ ގިނައިން ބޭރުކުރާ ގައުމުތަކެވެ. ޓެރިފްގެ ފައިސާ ދައްކަން ޖެހޭނީ އެމެރިކާއަށް އެ މުދާ އެތެރެކުރާ ފަރާތްތަކުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޖެޓް ފިއުލްގެ އަގު 83 އިންސައްތައަށް އުފުލި އެއާލައިންތަކެއް ބޮޑު ގޮންޖެހުމެއްދުނިޔެ | 2 ދުވަސް ކުރިންސަލާމަތީ ވެރިޔާ ލާރިޖާނީ، ބަސީޖުގެ ކޮމާންޑަރު ސުލައިމާނީ އަވަހާރަކޮށްލިކަން ކަށަވަރުކޮށްދީފި ދުނިޔެ | 2 ދުވަސް ކުރިން 37 އަހަރު ފަހުން ނައިޖީރިއާގެ ވެރިއަކު އިނގިރޭސިވިލާތަށް ރަސްމީ ދަތުރުފުޅެއްދުނިޔެ | 3 ދުވަސް ކުރިންއީރާނުގެ ހަމަލާތަކުގައި އިޒްރޭލުގެ 3,369 މީހަކު ޒަޚަމްވެއްޖެޚަބަރު | 3 ދުވަސް ކުރިން