logo
Bank of Maldives

Bank of Maldives

ދުނިޔެ

ކޮވިޑް ކޮރަޕްޝަންގެ މައްސަލައިގައި ސްޕެއިންގެ ކުރީގެ މިނިސްޓަރަކު 24 އަހަރަށް ޖަލަށްލައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
23 ޖޫން 2026 - 02:47
ސްޕެއިންގެ ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު ހޯސޭ ލުއިސް އާބަލޮސް
ސްޕެއިންގެ ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު ހޯސޭ ލުއިސް އާބަލޮސް

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލައެއްގައި، ސްޕެއިންގެ ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު ހޯސޭ ލުއިސް އާބަލޮސް 24 އަހަރަށް ޖަލަށްލުމަށް އެ ގައުމުގެ ސުޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ. މިއީ ވެރިކަންކުރާ ސޯޝަލިސްޓް ޕާޓީއާ ގުޅުންހުރި ކޮރަޕްޝަންގެ ސިލްސިލާ މައްސަލަތަކުގެ ތެރެއިން އިއްވި ފުރަތަމަ ހުކުމެވެ.

ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒްގެ އަރިސް ބޭފުޅެއް ކަމަށްވާ އާބަލޮސްގެ މައްޗަށް ސާބިތުވެފައިވަނީ ޖިނާއީ ޖަމާއަތެއް ހެދުމާއި، ރިޝްވަތު ހިފުމާއި، ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވުމާއި، ނުފޫޒު ފޯރުވުމުގެ ކުށެވެ. މި މައްސަލައަކީ އޭނާ މަގާމުގައި ހުންނެވި ދުވަސްވަރު، މާސްކު ފަދަ ސިއްހީ ސާމާނު ހޯދުމަށް ދައުލަތުން ކުރި ކޮންޓްރެކްޓްތަކެއްގައި އޮޅުވާލުންތަކެއް ގެންގުޅުނު މައްސަލައެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޯޓުން ވަނީ އާބަލޮސްގެ ކުރީގެ އެހީތެރިޔާ ކޮލްޑޯ ގާސިއާ 19 އަހަރަށް ޖަލަށްލުމަށާއި، ވިޔަފާވެރިޔާ ވިކްޓަރ ޑި އަލްޑަމާ ހަތަރު އަހަރާއި ބަޔަށް ޖަލަށްލުމަށް ވެސް ހުކުމްކޮށްފައެވެ. ހަތް ފަނޑިޔާރުންގެ އިއްތިފާގުން ނިންމި މި ނިންމުމުގައި ބުނެފައިވަނީ، މި ތިން މީހުން ގުޅިގެން ޖިނާއީ ޖަމާއަތެއް އުފައްދައި، ނާޖާއިޒު މަންފާ ހޯދުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގެ ތަހުގީގުން ހާމަވި ގޮތުގައި، ކޮވިޑްގެ އެންމެ ނުރައްކާތެރި ދުވަސްވަރު ސްޕެއިންގެ ދައުލަތުގެ ކުންފުނިތަކަށް 13 މިލިއަން މާސްކު ސަޕްލައި ކުރުމުގެ ކޮންޓްރެކްޓްތައް ވަނީ އަލްޑަމާއާ ގުޅުންހުރި ކުންފުންޏަކަށް ދީފައެވެ. އޭގެ ބަދަލެއްގެ ގޮތުން އާބަލޮސްއަށް މަހަކު 10,000 ޔޫރޯގެ ފައިސާގެ އިތުރުން، އޭނާގެ ގާތް މީހުންގެ ބޯހިޔާވަހިކަމުގެ ހަރަދާއި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދީފައިވާކަން ވަނީ ސާބިތުވެފައެވެ.

މި ހުކުމަކީ ބޮޑުވަޒީރު ސަންޗޭޒްގެ ސަރުކާރަށް ލިބުނު ބޮޑު ސިޔާސީ ކުއްލި ސިހުމެކެވެ. އާބަލޮސްއަކީ ސަންޗޭޒް ވެރިކަމަށް ވަޑައިގަތުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރެއްވި އެއް ބޭފުޅާއެވެ. މީގެ އިތުރުން، ބޮޑުވަޒީރުގެ އަނބިކަނބަލުން ބެގޯނާ ގޯމޭޒްގެ މައްޗަށް ވެސް ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވި، އޭނާގެ ޕާސްޕޯޓް ހިފަހައްޓައި ފުރުން ވަނީ މަނާކޮށްފައެވެ.

އިދިކޮޅު ފަރާތްތަކުން ދަނީ މި މައްސަލަތަކާ ގުޅިގެން ސަރުކާރުގެ ޒިންމާދާރުކަމާ މެދު ސުވާލު އުފައްދައި، ބޮޑުވަޒީރު އިސްތިއުފާ ދެއްވުމަށް ގޮވާލަމުންނެވެ. މިއީ ސަންޗޭޒްގެ ސަރުކާރުގެ އިސް ބޭފުޅެއްގެ މައްޗަށް ކޮރަޕްޝަންގެ މައްސަލައެއްގައި މިހާ ބޮޑު ހުކުމެއް އައި ފުރަތަމަ ފަހަރެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކޮވިޑް ކޮރަޕްޝަންގެ މައްސަލައިގައި ސްޕެއިންގެ ކުރީގެ މިނިސްޓަރަކު 24 އަހަރަށް ޖަލަށްލައިފިދުނިޔެ | 2 ގަޑިއިރު ކުރިން1978 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ޖަޕާނުން ވިސާގެ ފީ ފަސް ގުނަ ބޮޑުކޮށްފިދުނިޔެ | ދުވަހެއް ކުރިންކެނެޑާގައި އިސްލާމްދީނަށް ފުރަށްސާރަކޮށް އިމާމަކަށް ހަމަލާދީފިދުނިޔެ | ދުވަހެއް ކުރިންއީރާނާއި އެމެރިކާގެ މި އެއްބަސްވުމަށް ފުން ނަޒަރެއްރިޕޯޓް | 4 ދުވަސް ކުރިން