logo
Bank of Maldives

Bank of Maldives

ދުނިޔެ

1978 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ޖަޕާނުން ވިސާގެ ފީ ފަސް ގުނަ ބޮޑުކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
22 ޖޫން 2026 - 03:50
1978 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ޖަޕާނުން ވިސާގެ ފީ ފަސް ގުނަ ބޮޑުކޮށްފި

ޖަޕާނުން ބޭރު މީހުންނަށް ދޫކުރާ ވިސާގެ ފީ ފަސް ގުނައަށް ބޮޑުކޮށްފިއެވެ. މިއީ ފާއިތުވި 50 އެއްހާ އަހަރުގެ ތެރޭގައި އެ ގައުމުން ވިސާގެ އަގަށް ބަދަލެއް ގެނައި ފުރަތަމަ ފަހަރެވެ.

މި ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފެށި މި ބަދަލާއެކު، ކުރިން 3,000 ޔެން (18.69 ޑޮލަރު) އަށް ލިބުނު ސިންގަލް އެންޓްރީ ވިސާގެ އަގު ވަނީ 15,000 ޔެން އަށް އުފުލިފައެވެ. އަދި މަލްޓި-އެންޓްރީ ވިސާގެ އަގު 6,000 ޔެން އިން 30,000 ޔެން އަށް ވަނީ ބޮޑުކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޖަޕާނުގެ ފޮރިން މިނިސްޓަރު ތޮޝިމިޓްސޫ މޮޓޭގީ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، 1978 ވަނަ އަހަރަށްފަހު ގެނައި މި ބަދަލަކީ "އިންފްލޭޝަނާއި ބޭރު ފައިސާގެ ރޭޓަށް އަންނަ ބަދަލުތަކަށް ރިއާޔަތްކޮށް" ގެނައި ބަދަލެއް ކަމަށެވެ. ނަމަވެސް، މި ބަދަލުގެ ސަބަބުން އެ ގައުމަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދަށް ވަގުތުން އަސަރެއް ކުރާނެ ކަމަށް ލަފާނުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

2021 ވަނަ އަހަރުން ފެށިގެން ޖަޕާނު ޔެންގެ އަގު ދަނީ މެދުނުކެނޑި ދަށަށް ދަމުންނެވެ. މިހާރު ޔެންގެ އަގު ހުރީ ފާއިތުވި 40 އަހަރު ތެރޭގައިވެސް ނުދާހާ ދަށް މިންވަރެއްގައެވެ. މީގެ އިތުރުން، ކޮވިޑް-19 ގެ ބަލިމަޑުކަމަށްފަހު ދަތުރުފަތުރު އިތުރުވުމާ ގުޅިގެން ޖަޕާނަށްދާ ފަތުރުވެރިންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރު ރެކޯޑް އަދަދަކަށް ނުވަތަ 42.7 މިލިއަން ފަތުރުވެރިން އެ ގައުމަށް ޒިޔާރަތްކުރިއެވެ.

ވިސާ ފީގެ އިތުރުން، ބޭރު މީހުންނާ ގުޅުންހުރި އެހެނިހެން ފީތައް ބޮޑުކުރުމަށް ޖަޕާނުގެ ގާނޫނު ހަދާ މަޖިލީހުން ވަނީ ބިލެއް ފާސްކޮށްފައެވެ. މި ބަދަލުގެ ދަށުން ޕާމަނަންޓް ރެސިޑެންސީއަށް އެދި ހުށަހަޅާ ފީ 10,000 ޔެން އިން 300,000 ޔެން އަށް ބޮޑުވާނެއެވެ. އަދި ރެސިޑެންސީ ސްޓޭޓަސް ބަދަލުކުރުމާއި އުޅޭ މުއްދަތު އިތުރުކުރުމުގެ ފީ 10,000 ޔެން އިން 100,000 ޔެން އަށް ބޮޑުވާނެއެވެ.

ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި މި ބަދަލުތައް ގެންނަން ޖެހުނީ ޖަޕާނުގެ ވިސާ އަދި ރެސިޑެންސީ ފީތައް ދުނިޔޭގެ ކުރިއަރާފައިވާ އެހެން އިގްތިސާދުތައް ނުވަތަ ޖީ7 ގެ ގައުމުތަކުގެ އަގުތަކާ އެއްހަމަކުރުމަށެވެ. މިސާލަކަށް އެމެރިކާގައި ވިސާ ފީ އުޅެނީ 185 ޑޮލަރާއި 315 ޑޮލަރާ ދެމެދުގައެވެ. އަދި އިނގިރޭސިވިލާތުގެ ކުރު މުއްދަތުގެ ވިސާއަކަށް 135 ޕައުންޑް ޚަރަދުވެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

1978 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ޖަޕާނުން ވިސާގެ ފީ ފަސް ގުނަ ބޮޑުކޮށްފިދުނިޔެ | ގަޑިއިރެއް ކުރިންކެނެޑާގައި އިސްލާމްދީނަށް ފުރަށްސާރަކޮށް އިމާމަކަށް ހަމަލާދީފިދުނިޔެ | 11 ގަޑިއިރު ކުރިންއީރާނާއި އެމެރިކާގެ މި އެއްބަސްވުމަށް ފުން ނަޒަރެއްރިޕޯޓް | 3 ދުވަސް ކުރިންޓްރަމްޕް އިންޑިއާއަށް ވަޑައިގަންނަވާނެކަމަށް ވައުދުވެވަޑައިގެންފިދުނިޔެ | 5 ދުވަސް ކުރިން