logo
Bank of Maldives

Bank of Maldives

ދުނިޔެ

ކެނެޑާގައި އިސްލާމްދީނަށް ފުރަށްސާރަކޮށް އިމާމަކަށް ހަމަލާދީފި

މުހައްމަދު މޫސާމުހައްމަދު މޫސާ
21 ޖޫން 2026 - 18:09
ކެނެޑާގެ ވިކްޓޯރިއާގައި ހުންނަ ބީސީއެމްއޭ މިސްކިތް
ކެނެޑާގެ ވިކްޓޯރިއާގައި ހުންނަ ބީސީއެމްއޭ މިސްކިތް

ކެނެޑާގެ ވިކްޓޯރިއާގައި ހުންނަ ބީސީއެމްއޭ މިސްކިތުގެ އިމާމަށް، މިސްކިތުން ބޭރުގައި ހުއްޓާ ހަމަލާދީފައިވާ ކަމަށް ނޭޝަނަލް ކައުންސިލް އޮފް ކެނޭޑިއަން މުސްލިމްސް (އެންސީސީއެމް) އިން ހާމަކޮށްފިއެވެ.

އެ ޖަމިއްޔާއިން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ހާދިސާ ހިނގާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ނަމާދު ނިންމަވާލެއްވުމަށްފަހު އިމާމް ޝައިޚް އިބްރާހީމް ކާރުގައި އިންނަވަނިކޮށް ކަމަށެވެ. އެ ވަގުތު މީހަކު އައިސް ކާރުގެ ދޮރު ގަދަކަމުން ހުޅުވައި، އިމާމަށް ހަމަލާދީފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ހަމަލާދިން މީހާ ވަނީ އިސްލާމްދީނަށް ފުރައްސާރަކޮށް ބަދުބަސްތައް ބުނެ، "ކަލޭގެ ގައުމަށް އެނބުރި ދާށޭ" ގޮވައި އަޑުގަދަކޮށްފައެވެ. މި ހާދިސާއާ ގުޅިގެން ރައްކާތެރިކަން ކަށަވަރުކުރުމަށާއި، މިކަމުގައި ޒިންމާވާންޖެހޭ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ފާއިތުވި 48 ގަޑިއިރު ތެރޭގައި ކަމާބެހޭ ފަރާތްތަކާއެކު މަސައްކަތް ކުރަމުންދާ ކަމަށް އެންސީސީއެމްއިން ބުނެފައިވެއެވެ.

"އިހުތިރާމް ލިބިގެންވާ ދީނީ އިލްމުވެރިއަކަށް މިފަދަ ގޮތަކަށް އަމާޒުކޮށް ހަމަލާދިނުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން. މިއީ އަޅުގަނޑުމެންގެ މުޖުތަމައުތަކަށް އިސްލާމޯފޯބިއާގެ ސަބަބުން ކުރިމަތިވަމުންދާ ނުރައްކާ ހަނދާންކޮށްދޭ ކަމެއް،" އެ ޖަމިއްޔާގެ ބަޔާނުގައި ބުނެފައިވެއެވެ.

އެންސީސީއެމްއިން ވަނީ ހުރިހާ ފަންތިއެއްގެ ލީޑަރުންނަށް މިފަދަ މުސްލިމުންނާ ދެކޮޅު އަނިޔާވެރި އަމަލުތައް ކުށްވެރިކުރުމަށާއި، އިތުރުވަމުންދާ ނަފުރަތުގެ އަމަލުތައް ހުއްޓުވުމަށް އަމަލީ ފިޔަވަޅުތައް އެޅުމަށް ގޮވާލާފައެވެ. އަދި މި ހަމަލާއަކީ ނަފުރަތުގެ މޯޓިވޭޝަނެއް އޮވެގެން ދީފައިވާ ހަމަލާއެއްތޯ ބަލައި، ފުރިހަމަ ތަހުގީގެއް ހިންގުމަށް ފުލުހުންގެ ކިބައިން ވަނީ އެދިފައެވެ.

މި ހާދިސާގައި އިމާމަށް ލިބުނު އަނިޔާގެ ތަފްސީލެއް ނުވަތަ މިކަމާ ގުޅިގެން މީހަކަށް ދައުވާކޮށްފައިވާ ކަމެއް އަދި ސާފެއް ނުވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކެނެޑާގައި އިސްލާމްދީނަށް ފުރަށްސާރަކޮށް އިމާމަކަށް ހަމަލާދީފިދުނިޔެ | 2 ގަޑިއިރު ކުރިންއީރާނާއި އެމެރިކާގެ މި އެއްބަސްވުމަށް ފުން ނަޒަރެއްރިޕޯޓް | 3 ދުވަސް ކުރިންޓްރަމްޕް އިންޑިއާއަށް ވަޑައިގަންނަވާނެކަމަށް ވައުދުވެވަޑައިގެންފިދުނިޔެ | 4 ދުވަސް ކުރިންކެލިފޯނިއާގެ އެއާ ބޭސްއަކަށް ބީ-52 މަރުކާގެ ބޮންއަޅާ ބޯޓެއް ވެއްޓި އަށް މީހުން މަރުވެއްޖެ ދުނިޔެ | 6 ދުވަސް ކުރިން