logo
MPL

MPL

ކުޅިވަރު

ފަހުވަޤުތު ބައިކޮޅަށް ވަތް ގޯލާއެކު ޗެލްސީ މުބާރާތުގެ ސެމީއަށް

އަބްދުﷲ ޣާނިމް
5 ޖުލައި 2025 - 06:44
މެޗުގެ ދެވަނަ ގޯލަށްފަހު ޗެލްސީގެ ކުޅުންތެރިން އުފާފާޅުކުރަނީ - ފޮޓޯ: ޗެލްސީ
މެޗުގެ ދެވަނަ ގޯލަށްފަހު ޗެލްސީގެ ކުޅުންތެރިން އުފާފާޅުކުރަނީ - ފޮޓޯ: ޗެލްސީ

ފީފާ ކުލަބު ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލްގައި ބްރެޒިލްގެ ޕަލްމެއިރާސް އާއި ވާދަކޮށް 2-1 ގެ ނަތީޖާއަކުން މޮޅުވެ، ޗެލްސީ މުބާރާތުގެ ސެމީ ފައިނަލްގެ ޖާގައެއް ހޯދައިފައެވެ. މި މެޗު ކުޅުނީ ފިލަޑެލްފިއާގެ ލިންކޮން ފައިނޭޝަލް ފީލްޑްގައެވެ.

މެޗުގެ ފުރަތަމަ ލަނޑު ޖެހީ ޗެލްސީގެ ކޯލް ޕާމާއެވެ. މެޗުގެ 16 ވަނަ މިނެޓްގައި ޖެހި މި ލަނޑަކީ8 މެޗަށްފަހު ޕާމާ ޖެހި ފުރަތަމަ ލަނޑެވެ. މިމެޗުގައި ޗެލްސީއިން ވަނީ ގިނަވަގުތު ބޯޅަ ހިފެހައްޓައި ޕަލްމެއިރާސްގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދެވަނަ ހާފުގެ ކުޅުން ފެށި 8 ވަނަ މިނެޓުގައި ޕަލްމެއިރާސްގެ އެސްޓެވާއޯ ވަނީ މެޗުގެ ނަތީޖާ އެއްވަރު ކޮށްފައެވެ. އުމުރުން 18 އަހަރުގެ މި ކުޅުންތެރިޔާ ވަނީ މީގެ ކުރިން ޗެލްސީއާ އެކު 52 މިލިއަން ޕައުންޑުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އޭނާ ޗެލްސީއާ ގުޅޭނީ މި މުބާރާތަށްފަހުގައެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 7 މިނެޓަށް ވެފައި ވަނިކޮށް، ޗެލްސީގެ ޑިފެންޑަރ ގުސްޓޯ ނެގި ހުރަހެއް ޕަލްމެއިރާސްގެ ކީޕަރުގެ ގައިގައި ޖެހިފައި ބައިކޮޅަށް ވަނީ ވަދެފައެވެ. މި ލަނޑާއެކު މެޗު ނިމުނީ 2-1 އިން ޗެލްސީ މޮޅުވެގެންނެވެ.

މި މެޗުގައި ޗެލްސީ މޮޅުވުމާއެކު، ކުލަބް ވޯލްޑްކަޕުގެ ސެމީގައި ޔޫރަޕުން ބޭރު ޓީމަކަށް އޮތީ ބްރެޒިލްގެ ފްލޫމިނެންސޭ އެކަންޏެވެ. މުބާރާތުގެ ސެމީގައި ޗެލްސީ ނިކުންނާނީ ފްލޫމިނެންސޭ އާއި ދެކޮޅަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޔުނައިޓެޑުން 38 އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް ޖެހިޖެހިގެން ކުޅުނު ނުވަމެޗުން މޮޅުނުވެ، ލަދުވެތި ރެކޯޑެއް ޤާއިމުކޮށްފިކުޅިވަރު | 5 ދުވަސް ކުރިންޕެނަލްޓީ ޖަހައިގެން ޗެލްސީ ކަޓުވާލުމަށްފަހު ލިވަޕޫލް ކަރަބައޯ ކަޕްގެ ކުއާޓާ ފައިނަލަށްކުޅިވަރު | 7 ދުވަސް ކުރިންނެޓޯގެ ދެ ލަނޑާއެކު ޗެލްސީން އެވަޓަންގެ ބަލިނުވުމުގެ ސިލްސިލާ ނިމުމަކަށް ގެނެސްފިކުޅިވަރު | 18 ދުވަސް ކުރިންޗެލްސީގެ ޑިފެންޑަރ ރީސް ޖޭމްސް 3 މަހަށް ކުޅުމާ ދުރަށްދާން ޖެހިއްޖެކުޅިވަރު | 19 ދުވަސް ކުރިން