logo
Bank of Maldives

Bank of Maldives

ދުނިޔެ

ޙަމަލާތައް ހުއްޓާލަން ހަމާސްއިން އެއްބަސްވުމުން އިޒްރޭލުން ޙަމަލާތައް ކުރީ ވަރުގަދަ

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
5 ޖުލައި 2025 - 08:09
ޣައްޒާގެ މިއަދުގެ ޙާލަތު -- ފޮޓޯ: ރޮއިޓާސް
ޣައްޒާގެ މިއަދުގެ ޙާލަތު -- ފޮޓޯ: ރޮއިޓާސް

ޣައްޒާގެ ސަލާމަތީކަންކަން ބަލަހައްޓާ ހަމާސްއިން ޙަމަލާތައް ހުއްޓާލުމުގެ ހުއްޓާލުމުގެ އެއްބަސްވުމަކަށް އެއްބަސްވުމާއެކު، ނިރުބަވެރި ޔަހޫދީ ދައުލަތުން ޣައްޒާގެ ރައްޔިތުންނަށް ދެމުންދާ ޙަމަލާތައް އިތުރަށް ވަރުގަދަކޮށްފިއެވެ.

ފަތިހު ފެށުނު މި ހަމަލާތަކުގެ ސަބަބުން ޣައްޒާގެ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އެންމެ ނުރައްކާތެރި އެއް ވައިގެ ހަމަލާ ދީފައިވަނީ އަލް-މަވާސީ ސަރަހައްދުގައި ހަދާފައިވާ ވަގުތީ ފޭލިގެއަކަށެވެ. މި ހަމަލާގައި އެއް އާއިލާގެ ހަތް މީހުން ވަނީ ޝަހީދުވެފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ އިތުރުން، ޣައްޒާގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ދީފައިވާ ސްކޫލަކަށް ވެސް މިއަދު އިޒްރޭލުން ވަނީ ހަމަލާ ދީފައިވެއެވެ. މި ހަމަލާގައި މަދުވެގެން ފަސް މީހުން ޝަހީދުވެފައިވެއެވެ.

ބޭރުގެ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި، ފަތިހު ފެށުނު އިޒްރޭލުގެ ހަމަލާތަކުގައި މިހާތަނަށް މަދުވެގެން 29 ފަލަސްޠީނުގެ ރައްޔިތުން ޝަހީދުވެފައިވެއެވެ.

ޙަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަކަށް އައުމާއެކު ވެސް އާންމުން ޝަހީދުކުރުމަކީ މީގެ ކުރިންވެސް އިޒްރޭލުން އާންމުކޮށް ކުރާ ކަމެއްކަން ބައިނަލްއަޤްވާމީ މީޑިއާތަކުން ފާހަގަކުރެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހިންދުގެ ފޮޓޯއަކާއެކު ބާސެލޯނާގައި ވަރުގަދަ މެސެޖެއް: "ޣައްޒާގެ ކުޑަކުދިން މިނިވަންކުރޭ!"ދުނިޔެ | 11 ދުވަސް ކުރިންއިސްރާއީލުގެ ޢުދުވާނުތައް އެންމެ ގާތުން ގެނެސްދިން ބިސާން، ޓިކްޓޮކުން ބޭރުކޮށްލައިފިދުނިޔެ | 12 ދުވަސް ކުރިންއަސީރެއްގެ ހަށިގަނޑު ހޯދުމުގެ ނަމުގައި ޔަހޫދީން، ޣައްޒާގެ ގަބުރުސްތާނެއް ކޮނެފިދުނިޔެ | 12 ދުވަސް ކުރިންހަނގުރާމަ ހުއްޓާލުމަށް ވީ އެއްބަސްވުމާ އިސްރާއީލުން 1500 ފަހަރު ހިލާފުވެއްޖެދުނިޔެ | 16 ދުވަސް ކުރިން