logo
Bank of Maldives

Bank of Maldives

ޚަބަރު

ދަރިވަރަކު އެލްކޭޖީއަށް ބަދަލުކުރުމަށް ހައިކޯޓުގެ ވަގުތީ އަމުރެއް

މުހައްމަދު މޫސާމުހައްމަދު މޫސާ
5 ޖުލައި 2025 - 09:36
ދަރިވަރަކު އެލްކޭޖީއަށް ބަދަލުކުރުމަށް ހައިކޯޓުގެ ވަގުތީ އަމުރެއް

މިދިޔަ އަހަރު އެޑިޔުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް ކުދިން ވެއްދުމާ ގުޅޭގޮތުން ނެރުނު އުސޫލަކާ ގުޅިގެން، ދަރިވަރަކު ޕްލޭ ސްކޫލް ރިޕީޓްކުރަން ޖެހުމުގެ މައްސަލައިގައި، އެ ދަރިވަރު އެލްކޭޖީއަށް ބަދަލުކުރުމަށް ހައިކޯޓުން ވަގުތީ އަމުރެއް ނެރެފިއެވެ.

މި އަމުރު ނެރެފައިވަނީ ދަރިވަރަށް ތަޢުލީމު ހާސިލުކުރުމުގެ ފުރުސަތު ގެއްލިގެންދިޔަ ނުދިނުމުގެ މަސްލަހަތު ރައްކާތެރިކުރުމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މައްސަލަ ފެށިފައި ވަނީ އެޑިޔުކޭޝަން މިނިސްޓްރީގެ އުމުރުގެ އުސޫލަށް ގެނެވުނު ބަދަލަކާ ގުޅިގެން، ކަމާބެހޭ ދަރިވަރަށް އެލްކޭޖީއަށް ދިއުމަށް ބޭނުންވާ އުމުރު ހަމަނުވުމުގެ ސަބަބުންނެވެ. މިކަމާ ގުޅިގެން ކުއްޖާގެ މަންމަ ސިވިލް ކޯޓުގައި ދައުވާކުރި ނަމަވެސް، ކޯޓުން ހުކުމްކުރީ މިނިސްޓްރީގެ އުސޫލަކީ ގާނޫނީ ބާރު ލިބިގެން ނެރެފައިވާ އުސޫލެއް ކަމަށެވެ. އެހެންވެ، ސިވިލް ކޯޓުގެ ނިންމުން އިސްތިއުނާފުކޮށް ހައިކޯޓަށް ހުށަހެޅީއެވެ.

ހައިކޯޓުގައި ދައުވާކުރާ ފަރާތުން ބުނި ގޮތުގައި، އެ ކުއްޖާ ގްރޭޑް ރިޕީޓްކުރުމަކީ ބޮޑު ގެއްލުމެކެވެ. އަދި މި މައްސަލަ ކޯޓުން ނިމެންދެން ލަސްވެއްޖެނަމަ، ކުއްޖާއަށް މި ދިރާސީ އަހަރު ލިބެންޖެހޭ ތައުލީމުގެ ފުރުސަތު ގެއްލި، ކޯޓުގެ ހުކުމުގެ ބޭނުމެއް ނުހިފޭނެއެވެ. މީގެ އިތުރުން، އެ ކުއްޖަކީ ނާސަރީ އާއި އެލްކޭޖީގައި ކިޔެވުމުގެ ގާބިލުކަން ހުރި، އަދި ސައިކޮލޮޖިކަލް އެސެސްމަންޓްތަކުން ވެސް އާދަޔާ ހިލާފަށް ކުރިއަރާފައިވާ ކުއްޖެއްކަން ދައުވާކުރާ ފަރާތުން ފާހަގަކުރިއެވެ.

ނަމަވެސް، މިނިސްޓްރީން ވަގުތީ އަމުރެއް ނެރުމާ ދެކޮޅު ހަދައި ބުނީ، ކުއްޖާގެ މަންމަ "އަންޑަ އޭޖް އެންރޯލްމަންޓް ފޯމް" ގައި ސޮއިކޮށްފައިވާ ކަމަށާއި، އެލްކޭޖީއަށް ޕްރޮމޯޓްކުރެވޭނީ އުމުރަށް ބިނާކޮށް ކަމަށެވެ. އަދި ވަގުތީ އަމުރެއް ނެރެދީފިނަމަ، އެހެން ކުދިންގެ ފަރާތުންވެސް މިފަދަ ދައުވާތަކެއް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް ބުންޏެވެ.

މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުން ވަނީ ދައުވާކުރާ ފަރާތުން އެދުނު ގޮތަށް ވަގުތީ އަމުރު ނެރެދިނުމަށް ނިންމަވައިފައެވެ. ނަމަވެސް، ފަނޑިޔާރު މުހައްމަދު ނިޔާޒްގެ ތަފާތު ރައުޔުގައި ވިދާޅުވީ، ވަކި ފަރުދެއްގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި މުޅި ތައުލީމީ ނިޒާމު އެއްފަރާތްކުރެވޭ ގޮތަށް އަމުރެއް ނެރެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

އަޣުލަބިއްޔަތުން ނިންމެވި ނިންމުމުގައި، ހައިކޯޓުން ވަނީ އަމުރު ނެރުނު ތާރީހުން ފެށިގެން 15 ދުވަހުގެ ތެރޭގައި، އެ ދަރިވަރު ނާސަރީން އެލްކޭޖީއަށް ބަދަލުކުރުމަށް ދައުލަތާއި ކަމާބެހޭ ހުރިހާ ފަރާތްތަކަށް އަމުރުކޮށްފައެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުޑަކުއްޖަކާ ބެހުމުގެ ތުހުމަތުވާ މީހަކު ސިކުނޑީގެ އުނިކަން ހުންނާތީ މައްސަލަ އަނބުރާ ނަގައިފިޚަބަރު | 2 މަސް ކުރިންދަރިއެއްނޫންކަމަށް ބުނެ ބައްޕަ ވަލީ ނުދިނުމުން ހާކިމްގެ ވަލީއަށް ކުރި ކައިވެންޏެއް ރަޖިސްޓްރީކޮށްދިނުމަށް ހުކުމްކޮށްފިޚަބަރު | 2 މަސް ކުރިންދަރިވަރަކު އެލްކޭޖީއަށް ބަދަލުކުރުމަށް ހައިކޯޓުގެ ވަގުތީ އަމުރެއްޚަބަރު | 4 މަސް ކުރިންދަރިއަކާ ބެހިގެން ބައްޕަ އަށް އިއްވި ޖަލު ހުކުމެއްގެ މައްސަލަ އަލުން ބަލަން ނިންމައިފިޚަބަރު | 5 މަސް ކުރިން