ގުޅީފަޅު ބިންވެރިޔާ ގޯތިތަކުގެ އައު ރަޖިސްޓްރީއާއި އެއްބަސްވުން ދޫކުރަން ފަށައިފި


05 ޖުލައި 2025 - 10:17
ގުޅީފަޅުން ބިންވެރިޔާ ސްކީމް ގެ ދަށުން ގޯތި ލިބިފައިވާ ފަރާތްތަކަށް، ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނެވުނު ބަދަލުތަކާ ގުޅިގެން ގޯތިތަކުގެ ލޮކޭޝަން ބަދަލުވެފައިވާތީ، އައު ބަންޑާރަ ގޯތީގެ އެއްބަސްވުން އަދި ބަންޑާރަ ގޯތީގެ ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ގުޅީފަޅުން ގޯތި ލިބިފައިވާ މީހުންގެ ގޯތިތައް، މިހާރު ހިއްކާފައިވާ ސަރަހައްދުން ލިބޭ ގޮތަށް ބަދަލުކޮށް އާ ލޭންޑް ޔޫސް ޕްލޭން އާންމުކޮށްފައިވަނީ 18 މެއި ގަ އެވެ.ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނެވި، އައު ޕްލޭނެއް އެކުލަވާލުމާ ގުޅިގެން، ބިންވެރިޔާ ސްކީމްގެ ދަށުން ގުޅީފަޅުން ބަންޑާރަ ގޯތި ލިބިފައިވާ ފަރާތްތަކުގެ މެދުގައި ގުރުއަތުލުން ބާއްވާފައި ވަނީ މެއި 30 ވަނަ ދުވަހު އުސްފަސްގަނޑުގަ އެވެ.މި ބަދަލާ ގުޅިގެން ކުރިން ދޫކޮށްފައިވާ "ބަންޑާރަ ގޯތީގެ ރަޖިސްޓްރީ" ބާޠިލުވެ، ކުރިން ސޮއިކޮށްފައިވާ ބަންޑާރަ ގޯތީގެ އެއްބަސްވުން ވަނީ ބާތިލްވެފައެވެ.
އައު ބަންޑާރަ ގޯތީގެ އެއްބަސްވުން އަދި ބަންޑާރަ ގޯތީގެ ރަޖިސްޓްރީ ހޯދުމަށް އެޕޮއިންޓްމަންޓް ހަމަޖެއްސުމުގެ ފުރުޞަތު "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށް ޖުލައި 1 އިން ފެށިގެން ހުޅުވާލާފައިވާއިރު، އެއްބަސްވުންތަކާއި ރަޖިސްޓްރީތައް ދޫކުރުން ޖުލައި 7 ވާ ހޯމަ ދުވަހުގެ ހެނދުނު 9:30 އިން ފެށިގެން ކުރިއަށްދާނެއެވެ.
އައު ރަޖިސްޓްރީއާއި އެއްބަސްވުމާ ޙަވާލުވުމަށް އެޕޮއިންޓްމަންޓް ހަމަޖެއްސުމަށް "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށް ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތެރޭގައި:
1. އައު "ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވު ހެކިވެރިއެއްގެ ގޮތުގައި ސޮއިކުރުމަށް ޙާޟިރުވާނެ އެއް ފަރާތުގެ އައިޑީ ކާޑު ކޮޕީ.
2. ގޯތި ލިބޭ ފަރާތް/ފަރާތްތަކުގެ ބަދަލުގައި އެހެން ފަރާތެއް ފޮނުވަން ބޭނުންވާނަމަ ހިޔާވެހި ޕޯޓަލް ގައި ހިމަނާފައިވާ ޕަވަރ އޮފް އެޓަރނީ، އަދި ބަދަލުގައި ޙާޟިރުވާ ފަރާތުގެ އައިޑީ ކާޑުގެ ކޮޕީ.
3. މިނިސްޓްރީއާއި ގޯތި ލިބޭ ފަރާތާ ދެމެދު ކުރިން ސޮއިކޮށްފައިވާ "ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުން" ގެ ކޮޕީ.
4. މިނިސްޓްރީއިން ގޯތި ލިބޭ ފަރާތަށް ކުރިން ދޫކޮށްފައިވާ "ބަންޑާރަ ގޯތީގެ ރަޖިސްޓަރީ" ގެ ކޮޕީ.
އެޕޮއިންޓްމަންޓް ހަމަޖެހިފައިވާ ތާރީޚާއި ގަޑިއަށް މިނިސްޓްރީއިން އަންގާ ތަނަށް އަންނަ އިރުގެންދަން ޖެހޭ ތަކެތީގެ ތެރޭގައި:
1. ގޯތި ލިބިފައިވާ ފަރާތް/ފަރާތްތަކުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު.
2. ޕަވަރ އޮފް އެޓަރނީގެ ދަށުން ޙާޟިރުވާ ފަރާތެއްނަމަ ޕަވަވަރ އޮފް އެޓަރނީގެ އަސްލު އަދި ޕަވަރ އޮފް އެޓަރނީ ލިބިފައިވާ ފަރާތުގެ އައިޑީ ކާޑުގެ އަސްލު (ނޮޓަރައިޒްކުރެވިފައިވާ އަސްލު.
3. މިނިސްޓްރީއާއި، ގޯތި ލިބޭ ފަރާތާ ދެމެދު ކުރިން ސޮއިކޮށްފައިވާ ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުމު ގެ އަސްލު.
4. މިނިސްޓްރީއިން ގޯތި ލިބޭ ފަރާތަށް ކުރިން ދޫކޮށްފައިވާ ބަންޑާރަ ގޯތީގެ ރަޖިސްޓަރީގެ އަސްލު.
މިނިސްޓްރީން އިތުރަށް ބުނީ އެޕޮއިންޓްމަންޓް ހަމަޖެހިފައިވާ ގަޑީގެ 5 މިނެޓް ފަހުން ޙާޟިރުވާ ފަރާތްތަކާއި އަދި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުކޮށް ޙާޟިރުވާ ފަރާތްތަކަށް އެދުވަހު ހަމަޖައްސާފައިވާ އެޕޮއިންޓްމަންޓް ކެންސަލް ވާނެ ކަމަށެވެ. އަދި އެ ޙާލަތުގައި އެފަރާތަށް އަލުން އެހެން ތާރީޚަކާއި ގަޑިއަކަށް އެޕޮއިންޓްމަންޓްއަށް އެދުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.
މިނިސްޓްރީން ބުނީ އެޕޮއިންޓްމަންޓް ހަމަޖެހޭ ފަރާތްތަކަށް ހިޔާވެހި ޕޯޓަލް އަދި އެސް.އެމް.އެސް މެދުވެރިކޮށް ހާޟިރުވާންޖެހޭ ގަޑި އާއި ތަން އަންގާނެ ކަމަށެވެ.
އިތުރު ލިޔުންތައް

ގުޅީފަޅުން ގޯތި ލިބޭ ފަރާތްތަކަށް ބިން ކަނޑައެޅުމަށް ބާއްވާ ގުރުއަތުލުން އަންގާރަ ދުވަހު
9 މަސް ކުރިން
މިއީ ގެދޮރުވެރިކަމަށް ދާއިމީ ހައްލެއް ގެނެސްދޭނެ ބަޖެޓެއް
8 މަސް ކުރިން
މި އަހަރަކީ ބޯހިޔާވަހިކަމާއި ތަރައްގީގެ މަޝްރޫއުތައް ފެށޭ އަހަރު: ރައީސް
6 މަސް ކުރިން