logo
Bank of Maldives

Bank of Maldives

ޚަބަރު

ތަޢުލީމީ ދާއިރާއަށް ޝައުޤު އުފެއްދުމުގެ މަސައްކަތް ފަށައިިފި

އަޙްމަދު ޒަލީފް
20 ސެޕްޓެމްބަރު 2024 - 10:40
ތަޢުލީމީ ދާއިރާއަށް ޝައުޤު އުފެއްދުމުގެ މަސައްކަތް ފަށައިިފި

މުދައްރިސުން ތަމްރީނު ކުރުމުގެ ގައުމީ ޕްރޮގްރާމާ ގުޅޭ މައުލޫމާތު އޭ ލެވެލް އަށް ކިޔަވާ ދަރިވަރުންނަށް ދޭން ފަށައިފި އެވެ.

އެގޮތުން މީގެ ފުރަތަމަ ސެޝަން އިއްޔެ ކުރިއަށް ގެންދިޔައީ މާލެ އާއި ހުޅުމާލޭގައި ހިންގަމުން އަންނަ ސީއެޗްއެސްއީގެ ދަރިވަރުންނަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ސެޝަންތައް އޭ ލެވެލް އަށް ކިޔަވައިދޭ އިތުރު ސްކޫލުތަކުގައި ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ކުރިއަށް ގެންދާނެ ކަމަސް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ބުނީ ޓީޗަރުން ތަމްރީނު ކުރުމުގެ ގައުމީ ޕްރޮގްރާމް ކުރިއަށް ގެންދާނީ އޭ ލެވެލް މަރުޙަލާ ނިންމާ ދަރިވަރުންނަށް އަމާޒުކޮށްގެން، ޓީޗިން ދާއިރާ އަށް ވަންނަ ދަރިވަރުންގެ އަދަދު އިތުރުކޮށް، ތަމްރީނުވެފައިވާ، ފެންވަރު ރަނގަޅު، ދޭސީ މުދައްރިސުންތަކެއް ބިނާކުރުމުގެ މަގުސަދުގައި ކަމަށެވެ.

މި ޕްރޮގްރާމްގެ ދަށުން ދަރިވަރުން ތަމްރީނުކުރުމަށް ހަމަޖެހިފައި ވަނީ ދިވެހި ޓީޗަރުން ލިބުން ދަތިވާ މާއްދާތަކާއި، ރަށްތައް ފާހަގަކޮށް، އެ ކަންކަމަށް އިސްކަން ދީގެންނެވެ.

ޓީޗަރުން ތަމްރީނު ކުރުމުގެ ގައުމީ ޕްރޮގްރާމް އަންނަ މަހުގެ ތެރޭގައި ފަށަން ވަނީ ނިންމައިފަ އެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"ޝަހީދު ޢަލީ ސުކޫލު" ގައި އަންނަ އަހަރު ކިޔަވައިދޭން ފެށޭނެ ޚަބަރު | 6 މަސް ކުރިންތަޢުލީމަށް އަހަރަކު 4 ބިލިއަން ޚަރަދުވޭ، ނަމަވެސް ނަތީޖާތައް ދަށް: ވަޒީރުޚަބަރު | 7 މަސް ކުރިންތަޢުލީމީ ދާއިރާއަށް ޝައުޤު އުފެއްދުމުގެ މަސައްކަތް ފަށައިިފިޚަބަރު | އަހަރެއް ކުރިން