logo
މެމްބަރު ސިނާނުގެ ގޮނޑި ގެއްލިއްޖެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފިBank of Maldives

Bank of Maldives

ޚަބަރު

"ޝަހީދު ޢަލީ ސުކޫލު" ގައި އަންނަ އަހަރު ކިޔަވައިދޭން ފެށޭނެ

އަޙްމަދު ޒަލީފް
4 ޖުލައި 2025 - 10:32
"ޝަހީދު ޢަލީ ސުކޫލު" ގައި އަންނަ އަހަރު ކިޔަވައިދޭން ފެށޭނެ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރާ އައު ސްކޫލްގެ މަސައްކަތް މިއަހަރުގެ ނޮވެމްބަރަށް ނިންމާ، އަންނަ ޖެނުއަރީގައި ފަށާ ދިރާސީ އައު އަހަރާއެކު ސްކޫލްގެ ކިޔެވުން ފަށާނެކަމަށް ތަޢުލީމީ ވުޒާރާއިން ހާމަކޮށްފިއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 2020 ވަނަ އަހަރު މީހުން އާބާދުވާންފެށިނަމަވެސް މިހާތަނަށް އެތާންގައި ދާއިމީ ސްކޫލެއްގެ ގޮތުގައި އިމާރާތްކޮށްފަވަނީ ޞަލާޙުއްދީން ސްކޫލްގައި އެކަންޏެވެ. ދެން ހިމެނޭ ކާމިލް ދީދީ ސްކޫލަކީ ވަގުތީ ސްކޫލެކެވެ. މިއީ ހުޅުމާލޭ ދެވަނަ ފިޔަވައްސަށް އިތުރުވަމުންދާ އާބާދީއާއެކު، ސްކޫލުގެ ޖާގައިގެ ދަތިކަން ޙައްލުކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުއެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބިނާކުރާ އައު ސްކޫލްގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައްޓާވައިދެއްވީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ. މި ސްކޫލަކީ 1500 ދަރިވަރުންގެ ޖާގައިގެ ސްކޫލެކެވެ.

މުޅި މަޝްރޫޢުގެ މަސައްކަތް ނޮވެމްބަރަށް ނިންމުމަށް ޢަމާޒުހިފާފަވާއިރު، އަންނަ ޖެނުއަރީމަހު ފަށާ ދިރާސީ އައު އަހަރާއެކު ސްކޫލްގެ ކިޔެވުން ފަށާނެއެވެ. ފޭސް2ގެ އައު ސްކޫލަށް ކުދިން ވެއްދުމަށް އެކަމަށް އެދުމަށް މިދިޔަ ޖޫން މަހު ވަނީ ހުޅުވާލާފައެވެ. ތަޢުލީމީ ވުޒާރާއިން ވިދާޅުވީ، މިހާރުވެސް ވަރަށް ގިނަ އަދަދެއްގެ ދަރިވަރުން އައު ސްކޫލަށް ވެއްދުމަށް ރިކުއެސްޓް ލިބެމުންދާކަމަށެވެ.

މި ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، މި ސަރުކާރު އައިސް އެންމެ އިސްކަންދެއްވި މަސައްކަތްތަކުގެ ތެރޭގައި ހުޅުމާލެ ފޭސް2ގައި އައު ސްކޫލެއް ތަރައްޤީކުރައްވަން ނިންމެވިއެވެ. މި ސްކޫލާށް "ޝަހީދު އަލީ ސްކޫލް"ގެ ނަމުން ނަން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނިންމަވާފަވާކަމަށް ތަޢުލީމީ ވުޒާރާއިން މަޢުލޫމާތުދެއެވެ.

މި ޕްރޮޖެކްޓްގެ މަސައްކަތްތައް ކުރިއަށްގޮސްފަވާ ހިސާބަށް ބަލާއިރު، މުޅި އިމާރާތުގެ ކޮންކްރީޓް ހުރިހާ މަސައްކަތެއް ވަނީ ނިންމާފައެވެ. މަޝްރޫޢުގައި މިހާރު ކުރަމުންދަނީ ފިނިޝިންގ މަސައްކަތްތަކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެންމެންގެ އިހުމާލު، އެންމެންނަށް ނުރައްކާ: ކުނީގެ މައްސަލަ ކޮންޓްރޯލުން ނެއްޓިއްޖެ!ރިޕޯޓް | 8 ގަޑިއިރު ކުރިންތަޢުލީމު އުނގެނުމާއި އުނގަންނައިދިނުމަކީ ދީނީ އަދި ޤައުމީ ބޮޑު ޒިންމާއެއް: ރައީސްޚަބަރު | 3 މަސް ކުރިންހުޅުމާލޭ ފޭސް 2ގައި ހާއްސަ މެޑިކަލް ކޭމްޕެއް ފަށައިފިޚަބަރު | 7 މަސް ކުރިން"ޝަހީދު ޢަލީ ސުކޫލު" ގައި އަންނަ އަހަރު ކިޔަވައިދޭން ފެށޭނެ ޚަބަރު | 9 މަސް ކުރިން