logo
Bank of Maldives

Bank of Maldives

ޚަބަރު

އައިއައިޔޫއެމް އަލަމްނައި އައިކަން އެވޯޑް ޕްރޮފެސަރު ޑރ. މުނީޒާއަށް ލިބިވަޑައިގެންފި

މުހައްމަދު މޫސާމުހައްމަދު މޫސާ
9 އޯގަސްޓު 2026 - 14:26
ޕްރޮފެސަރ މުނީޒާ
ޕްރޮފެސަރ މުނީޒާ

އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ މެލޭޝިއާ (އައިއައިޔޫއެމް) އިން ދޭ ޝަރަފުވެރި "އައިއައިޔޫއެމް އަލަމްނައި އައިކަން އެވޯޑް" ރާއްޖޭގެ ފުރަތަމަ އަންހެން ޕްރޮފެސަރު ޑރ. އާއިޝަތު މުނީޒާއަށް ލިބިވަޑައިގެންފިއެވެ. ޕްރޮފެސަރު މުނީޒާ މިހާރު މަސައްކަތް ކުރައްވަމުން ގެންދަވާ މެލޭޝިޔާގެ އިންސީފް ޔުނިވާސިޓީން އިއްޔެ ކުރި ޕޯސްޓެއްގައި ވަނީ، އައިއައިޔޫއެމް އިން ދޭ "އައިއައިޔޫއެމް އެލަމްނައި އައިކަން އެވޯޑް 2026" މުނީޒާއަށް ލިބިވަޑައިގެންފައިވާކަން ކަށަވަރުކޮށްދީފައެވެ.

ޕްރޮފެސަރު މުނީޒާއަކީ އިންސީފް ޔުނިވާސިޓީގެ ޕްރޮފެސަރެއްގެ އިތުރުން އެ ޔުނިވާސިޓީގެ އެސޯސިއޭޓް ޑީން (ސްޓޫޑަންޓްސް އެންޑް އިންޓަނޭޝަނަލައިޒޭޝަން) ގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ. އޭނާއަކީ އިސްލާމީ އިގްތިސާދާއި މާލީ ނިޒާމުގެ ދާއިރާއިން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ފާހަގަކޮށްލެވޭ ފުންނާބު އުސް ތައުލީމީ ބޭފުޅެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަލަމްނައި އައިކަން އެވޯޑަކީ މެދުކެނޑުމެއް ނެތް ހިތްވަރާއި، ދުރުވިސްނޭ ގާބިލު ލީޑަރޝިޕްގެ އިތުރުން ތައުލީމީ ދާއިރާއާއި އާންމު ހިދުމަތް އަދި ދުނިޔޭގެ އިސްލާމީ މާލީ ނިޒާމަށް ކުރާ އަގުހުރި ހިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ދެވޭ އެވޯޑެކެވެ. މީގެ ކުރިން 2022 ވަނަ އަހަރު މި އެވޯޑު މިހާރުގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ވެސް ވަނީ ލިބިވަޑައިގެންފައެވެ.

ޑރ. މުނީޒާއަކީ ރާއްޖޭގެ ތައުލީމީ ދާއިރާގައި ފާހަގަކޮށްލެވޭ ގިނަ މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން ރާއްޖޭގެ އިސްލާމިކް މިނިސްޓްރީގެ ފުރަތަމަ އަންހެން ޑެޕިއުޓީ މިނިސްޓަރު ކަމާއި، މިނިސްޓްރީ އޮފް ފައިނޭންސްގެ ޑެޕިއުޓީ މިނިސްޓަރުކަން އޭނާ ވަނީ ކުރައްވާފައެވެ. މީގެ އިތުރުން ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގެ ހެޑް އޮފް އިސްލާމިކް ފައިނޭންސްގެ މަގާމުވެސް އޭނާ ވަނީ ފުރުއްވާފައެވެ.

ރާއްޖޭގެ ފުރަތަމަ އަންހެން ޕްރޮފެސަރުގެ ޝަރަފު ހޯއްދަވާފައިވާ ޑރ. މުނީޒާއަށް ލިބިވަޑައިގެންނެވި މި އެވޯޑަކީ ބައިނަލްއަގުވާމީ މައިދާނުގައި ދިވެހި ތައުލީމީ ބޭފުޅުންނަށް ލިބެމުންދާ ކުރިއެރުމާއި އިހުތިރާމް ހާމަކޮށްދޭ ކަމެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އައިއައިޔޫއެމް އަލަމްނައި އައިކަން އެވޯޑް ޕްރޮފެސަރު ޑރ. މުނީޒާއަށް ލިބިވަޑައިގެންފިޚަބަރު | 2 ގަޑިއިރު ކުރިންތަޢުލީމު އުނގެނުމާއި އުނގަންނައިދިނުމަކީ ދީނީ އަދި ޤައުމީ ބޮޑު ޒިންމާއެއް: ރައީސްޚަބަރު | 6 މަސް ކުރިން"ޝަހީދު ޢަލީ ސުކޫލު" ގައި އަންނަ އަހަރު ކިޔަވައިދޭން ފެށޭނެ ޚަބަރު | އަހަރެއް ކުރިންތަޢުލީމަށް އަހަރަކު 4 ބިލިއަން ޚަރަދުވޭ، ނަމަވެސް ނަތީޖާތައް ދަށް: ވަޒީރުޚަބަރު | އަހަރެއް ކުރިން