logo
MPL

MPL

ޚަބަރު

ތަޢުލީމު އުނގެނުމާއި އުނގަންނައިދިނުމަކީ ދީނީ އަދި ޤައުމީ ބޮޑު ޒިންމާއެއް: ރައީސް

މުހައްމަދު މޫސާމުހައްމަދު މޫސާ
27 ޖެނުއަރީ 2026 - 03:17
ތަޢުލީމު އުނގެނުމާއި އުނގަންނައިދިނުމަކީ ދީނީ އަދި ޤައުމީ ބޮޑު ޒިންމާއެއް: ރައީސް

ތަޢުލީމު އުނގެނުމާއި އުނގަންނައިދިނުމަކީ ދީނީ އަދި ޤައުމީ ބޮޑު ޒިންމާއެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ބޮޑު ޗުއްޓީއަށްފަހު އައު ދިރާސީ އަހަރުގެ ކިޔެވުން މިއަދު ފެށުމާ ގުޅިގެން ފޮނުއްވި ޚާއްޞަ މެސެޖެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވީ އިސްލާމްދީނަށާއި ދިވެހި ޤައުމަށް ލޯބިކުރާ، އުޅުމާއި ސުލޫކު ރަނގަޅު، ހަރުދަނާ އަދި ހީވާގި ދަރީންތަކެއް މި ޤައުމުގައި ބިނާކުރެވޭނީ، ތަޢުލީމާއި ތަރުބިއްޔަތަށް އަހައްމިއްޔަތުކަން ދީގެން ކަމަށެވެ. މިއީ ޤައުމުގެ މުސްތަޤުބަލަށްޓަކައި ކުރަންޖެހޭ އެންމެ މުހިންމު މަސައްކަތްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އައު ދިރާސީ އަހަރުގެ ކިޔެވުން ފެށުމުގެ މުނާސަބަތުގައި ރައީސް ވަނީ ތަޢުލީމީ ދާއިރާގެ އެންމެހާ ހިންގުންތެރީންނަށާއި ޓީޗަރުންނަށް، އަދި ބެލެނިވެރީންނަށާއި ލޮބުވެތި ދަރިވަރުންނަށް ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.

 "ތަޢުލީމު އުނގެނުމާއި އުނގަންނައިދިނުމަކީވެސް ވަރަށް ބޮޑު ދީނީ އަދި ޤައުމީ ޒިންމާއެއް. ދިވެހީން އެދޭ ފާގަތި ކުރިމަގު މި ޤައުމަށް ހޯދައިދެވޭނީ މި ޒިންމާ އަދާކުރުމުގައި އަޅުގަނޑުމެން އެންމެން އެއްބާރުލައި އިޚްލާޞްތެރިވީ މިންވަރަކުން،" ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލެއްވީ ރާއްޖޭގެ ތަޢުލީމީ ނިޒާމު ހަރުދަނާކޮށް ކުރިއެރުވުމަށާއި، ހެޔޮލަފާ، ތޫނުފިލި، އަދި އުޅުން ރީތި ދަރީންތަކެއް ދިވެހި ތަޢުލީމީ ހިޔާވަހިތަކުގައި ބޮޑެތި ކުރުމުގެ ހެޔޮ ތައުފީޤު ދެއްވުން އެދި ދުޢާ ކުރައްވަމުންނެވެ.

 

View post on Twitter

 

ދިރާސީ އަހަރުގެ ކިޔެވުން ސަރުކާރު 219 ސްކޫލެއްގައި މިއަދު ފަށާފައިވާއިރު، ޕްރީސްކޫލުން ފެށިގެން ގްރޭޑް 12 އާ ހަމައަށް، އެ ސްކޫލުތަކުގައި 80،715 ދަރިވަރުން މި އަހަރު ތައުލީމު ހާސިލް ކުރާނެ އެވެ. އެ ދަރިވަރުންނަށް ކިޔަވައިދޭން 9،952 ޓީޗަރުން ހަރަކާތްތެރިވާނެ ކަމަށް މިނިސްޓްރީގެ ތަފާސްހިސާބުން ދައްކަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގައުމީ ރުކުނަކަށް އުނިކަމެއް އަންނާނެ ގޮތަކަށް އެއްވެސް ކަމެއް ނުކުރާނެކަމުގެ ޔަގީންކަންދެން: ރައީސްޚަބަރު | 17 ގަޑިއިރު ކުރިންހަތިޔާރުގެ އަޅުވެތިކަން ފަދައިން ދަރަނީގެ އަޅުވެތިކަމުން ވެސް ޤައުމު ސަލާމަތްކުރަންޖެހޭ: ރައީސްޚަބަރު | ދުވަހެއް ކުރިންނޮވެމްބަރު 3 ގެ ހިތްވަރުގަދަ 5 ބަޠަލެއްގެ ޚިދުމަތުގެ އަގުވަޒަންކޮށް އައްޑަނަ އަރުވައިފިޚަބަރު | ދުވަހެއް ކުރިންއެމްއެންޑީއެފްގެ އަސްކަރީ ހަރަކާތްތައް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޝަރަފަވެރި ކޮށްދެއްވައިފިޚަބަރު | 2 ދުވަސް ކުރިން