logo
Bank of Maldives

Bank of Maldives

ޚަބަރު

ނެޓްފްލިކްސްއިން މިޔަރުންގެ މަންޒަރުތަކާއެކު ފުވައްމުލަކުގެ ޗާލު މަންޒަރުތައް

މުހައްމަދު މޫސާމުހައްމަދު މޫސާ
6 ޖުލައި 2025 - 03:29
ނެޓްފްލިކްސްއިން މިޔަރުންގެ މަންޒަރުތަކާއެކު ފުވައްމުލަކުގެ ޗާލު މަންޒަރުތައް

ދުނިޔޭގެ މަޝްހޫރު ސްޓްރީމިންގ ޕްލެޓްފޯމް ނެޓްފްލިކްސްއިން ދައްކަން ފެށި "އޯލް ދަ ޝާކްސް" ސީރީޒްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މިޔަރުންގެ މަންޒަރުތަކާއެކު ދިވެހިރާއްޖޭގެ ފުވައްމުލަކުގެ ޗާލު މަންޒަރުތައް ހިމަނައިފިއެވެ.

މި ސީރީޒްގައި ފުވައްމުލައް ދައްކާފައިވަނީ "ޝާކް އައިލެންޑް" ނުވަތަ "މިޔަރުގެ ރަށް" ގެ ނަމުގައި، މިޔަރު ގިނަ އަދަދަކަށް ފެންނަ ރަށެއްގެ ގޮތުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެރިން ސައިންޓިސްޓުންގެ ހަތަރު ޓީމަކުން ދުނިޔޭގެ އެކި ހިސާބުތަކުގައި ތަފާތު މިޔަރު ފޮޓޯނަގަން ކުރާ މަސައްކަތުގެ މައްޗަށް ބިނާކޮށްފައިވާ މި ސީރީޒްގެ ފުރަތަމަ އެޕިސޯޑު ކަމަށްވާ "އައި އޮފް ދަ ޓައިގާ ޝާކް" ގައި ވަނީ ފުވައްމުލަކުގެ ކަނޑު އަޑީގެ ޗާލު މަންޒަރުތަކުގެ އިތުރުން ރަށުގެ މަލަމަތީގެ ރީތިކަން ވެސް ދައްކާފައެވެ.

މި ސީރީޒްގެ މޮޅު ޓީމަށް ލިބޭ 50,000 ޑޮލަރު، މެރިން ކޮންޒަވޭޝަން ޗެރިޓީއަކަށް ހޭދަކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

"އޯލް ދަ ޝާކްސް" ސީރީޒް ފުވައްމުލަކުގެ އިތުރުން ޖަޕާން، ސައުތު އެފްރިކާ، އޮސްޓްރޭލިއާ، ބަހާމާސް، އަދި ގަލަޕަގޮސްގައި ވެސް ޝޫޓުކޮށްފައިވެއެވެ. މިއީ ދުނިޔޭގެ އެކި ހިސާބުތަކުގައި ދިރިއުޅޭ މިޔަރުގެ ވައްތަރުތަކާއި އެ ތަކެތީގެ ހަރަކާތްތައް ދައްކުވައިދޭ ތަފާތު ސީރީޒެކެވެ.

 

Watch All the Sharks | Netflix Official Site

Watch All the Sharks | Netflix Official Site

 

ފުވައްމުލަކުގެ މަންޒަރުތައް މި ޝޯގައި ހިމެނުމާ ގުޅިގެން، ފުވައްމުލަކު ސިޓީގެ މޭޔަރު އިސްމާއީލް ރަފީގު ވިދާޅުވީ މިއީ ޑައިވަރުންނާއި ފަތުރުވެރިންގެ ސަމާލުކަން ފުވައްމުލަކަށް ހޯދަން ލިބުނު ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ. މޭޔަރު އިތުރަށް ވިދާޅުވީ، ފުވައްމުލައް މިހާރުވެސް ދުނިޔޭގެ ފެންވަރުގެ ޑައިވިން ޑެސްޓިނޭޝަނެއްގެ ގޮތުގައި ފާހަގަވެފައިވާ ކަމަށާއި، ހާއްސަކޮށް ފުވައްމުލަކުގެ ޑައިވް ޕޮއިންޓުތަކަކީ ފެމުނު މިޔަރު ބެލުމަށް މަޝްހޫރު ތަންތަނެއް ކަމަށެވެ. މިއީ ފުވައްމުލައް ދުނިޔޭގެ ފަތުރުވެރިކަމުގެ ބާޒާރުގައި އިތުރަށް ފާހަގަކޮށްލެވޭނެ ފުރުސަތެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

2 ތަނެއްގައި ރޯވި އަލިފާން އެމްއެންޑީއެފް އިން ނިއްވާލައިފިޚަބަރު | 2 ގަޑިއިރު ކުރިންފުވައްމުލަކަށް ދިމާވި ފެނުގެ މައްސަލަ ހައްލުކޮށް ފެން ދޫކުރަން ފަށައިފިޚަބަރު | 2 މަސް ކުރިންފުވައްމުލަކަށް ފެން ފޯރުކޮށްދިނުމުގެ މަސައްކަތް އެބަކުރޭ، މިރެއާ ހަމައަށް މައްސަލަ ހައްލުވާނެޚަބަރު | 2 މަސް ކުރިންފުވައްމުލަކު އެއާޕޯޓުގެ އޮޕަރޭޝަންތައް ފަށައި، އާންމު ހާލަތަށްޚަބަރު | 4 މަސް ކުރިން