logo
Bank of Maldives

Bank of Maldives

ޚަބަރު

ރައީސް ވިދާޅުވާ ކަންކަން ކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައްޔިތުންނަށް އެބައޮތް: ފަލާހު

މުޙައްމަދު އަފްރާޙް
1 ފެބްރުއަރީ 2026 - 07:49
ރައީސް  ވިދާޅުވާ ކަންކަން ކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައްޔިތުންނަށް އެބައޮތް: ފަލާހު

އެމްޑީޕީން ސިޔާސީ މައިދާނަށް މީހުން ތަމްރީނުކޮށް ނެރެނީ ވަރަށް ނުބައި ސިފައެއްގައި ކަމަށް ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

ފަލާހު މިހެން ވިދާޅުވީ ފުވައްމުލަކުގައި ޕީއެންސީން ކުރިޔަށް ގެންދިޔަ ކައުންސިލް އިންތިހާބުގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެންބަރު ފަލާހު ވިދާޅުވީ އެމްޑީޕީގެ ފަރާތުން ރަށްރަށުގެ ކައުންސިލްތަކަށާއި ރައްޔިތުންގެ މަޖިލީހަށް އަންނަ މެންބަރުންނަކީ ގާނޫނުއަސާސީއާއި ގާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތާ ބައެއް ނޫންކަމަށެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ ގައުމުދެކެ ލޯބިވާ އިހުލާސްތެރި ބޭފުޅެއް ކަމަށާއި އެފަދަ ތެދުވެރި، އަމާނާތްތެރި ވެރިއަކު ގައުމަކަށް ލިބެނީ ވަރަށް މަދު ހާލަތެއްގައި ކަމަށްވެސް ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާއަށް ވަރަށް ބޮޑަށް އިތުބާރު ކުރައްވާ ކަމަށާއި ރައީސް ކަމެއް ކޮށްދެއްވާނެ ކަމަށް ވިދާޅުވެއްޖެނަމަ، އެކަމެއް ކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައްޔިތުންނަށް އެބައޮތް ކަމަށް ވެސް ފަލާހު ވިދާޅުވިއެވެ.

މީގެއިތުރުން ފަލާހު ވިދާޅުވި ގޮތުގައި ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، ރާއްޖޭގެ އިގްތިސާދީ ހާލަތު އޮތީ އަވަށްޓެރި ސްރީލަންކާއަށް ދިމާވި ފަދަ ނުރައްކާތެރި ކާރިސާއެއްގެ ދިމާވުމުގެ ނާޒުކު ހާލަތެއްގައި ކަމަށެވެ. ނަމަވެސް ރައީސްގެ ހިކުމަތްތެރިކަމާއެކު އެ ހާލަތުން ގައުމު ސަލާމަތްކޮށްދެއްވާނެ ކަމުގެ އިތުބާރު ރައްޔިތުންނަށް އެބައޮތް ކަމަށް މެމްބަރ ފަލާހު ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސްގެ ތަހުނިޔާ، "ކާމިޔާބު ހިނިތުންވާނީ ހިންމަތްތެރިންގެ ފަހަތުން"ޚަބަރު | 11 މިނިޓު ކުރިންއެމްޕީއެލް ސަރަހައްދުން ފެށިގެން ސުނާމީ ބިނާއާ ހަމައަށް މަގު ހަދައި، ނޮވެމްބަރުގެ ނިޔަލަށް ނިންމަނީޚަބަރު | 7 ގަޑިއިރު ކުރިންތަކުރު މަގު ބަލައިލަން މާލެއަށް: ''މިކޮށްދިނީ ހާދަބޮޑު ފަސޭހައެކޭ!''ރިޕޯޓް | 11 ގަޑިއިރު ކުރިންސައުދީން އަބަދުވެސް ރާއްޖޭގެ ތަރައްގީ އާއި ފާގަތި ކަމަށް އިސްކަމެއްދޭ: ޕްރިންސް ޑޮކްޓަރ މަންޞޫރުޚަބަރު | 13 ގަޑިއިރު ކުރިން