logoEN
ކުޅިވަރު

ޔުނައިޓެޑަށް ނޫނެކޭބުނެ، ވިކްޓޯ ގްޔޯކެރޭސް އާރސެނަލް އަށް

ވިކްޓޯ ގްޔޯކެރޭޝް އާރސެނަލް އަށް ސޮއި ކުރުމާއި ވަނީ ވަރަށް ގާތުގައި - ރިޕޯރޓްސް

ވިކްޓޯ ގްޔޯކެރޭޝް އާރސެނަލް އަށް ސޮއި ކުރުމާއި ވަނީ ވަރަށް ގާތުގައި - ރިޕޯރޓްސް

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

06 ޖުލައި 2025 - 11:54

އާސެނަލުން ސްޕޯޓިންގ ސީޕީގެ ސްޓްރައިކަރު ވިކްޓަރ ގްޔޯކެރެސް ގެ ސޮއި ހޯދުމާއި ގާތުގައިވާކަމަށް ފުޓްބޯޅައިގެ ޓްރާންސްފަރ މާކެޓް ދިރާސާކުރާ ފަރާތްތަކުން ހާމަކޮށްފިއެވެ. އެގޮތުން ޑޭވިޑް އޮންސްޓެއިން އަދި ފަބްރީޒިއޯ ރޮމާނޯވެސް ވަނީ މިކަން ކަށަވަރުކޮށްދީފައެވެ.

އާރސެނަލް އިން 27 އަހަރުގެ ސުވިޑަނުގެ ސްޓްރައިކަރާއެކު 5 އަހަރުގެ އެއްބަސްވުމަކަށް ވަނީ އެއްބަސްވެފައެވެ. ނަމަވެސް ޓްރާންސްފަރ ފީއާ ގުޅޭގޮތުން ދެ ކުލަބުގެ މެދުގައި މަޝްވަރާތައް ދަނީ ކުރިއަށެވެ.ލަފާކުރެވޭގޮތުން އާރސެނަލްއިން މިކުޅުންތެރިޔާގެ ސޮއި ހޯދުމަށް 80 މިލިޔަން ޕައުންޑަށްވުރެ ބޮޑު އަދަދެއް ދައްކަންޖެހޭނެއެވެ.

2024-25 ވަނަ ސީޒަންގައި ސްޕޯޓިންގ ސީޕީއާއެކު 52 މެޗެއްގައި 54 ލަނޑު ޖަހައި، ޕޯޗުގީޒް ލީގާއި ކަޕް ދެފަހަރަށް ހޯދުމުގައި މުހިންމު ދައުރެއް އަދާކުރި ގްޔޯކެރެސްއަކީ މިވަގުތު ޔޫރަޕްގެ އެންމެ ޑިމާންޑް ބޮޑު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ.

2023 ގައި ކޮވެންޓްރީ ސިޓީން ސްޕޯޓިންގއާ ގުޅުނު ފަހުން ގިއޯކެރެސް ވަނީ 102 މެޗެއްގައި 97 ލަނޑު ޖަހާފައެވެ. ގްޔޯކެރޭސްގެ ސޮއި ހޯދުމަށް މެންޗެސްޓަރ ޔުނައިޓެޑުންވެސް ވަނީ މަސައްކަތްތަކެއް ކޮށްފައެވެ.

އާސެނަލުން މިހާރު ވަނީ ޗެލްސީގެ ގޯލްކީޕަރު ކެޕާ އަރިޒަބަލާގާއާއި ރިއަލް ސޮސިއެޑާޑްގެ މިޑްފީލްޑަރު މާޓިން ޒުބިމެންޑީގެ ސޮއި ހޯދާފައެވެ. އަދި އާރްބީ ލައިޕްޒިގްގެ ބެންޖަމިން ސެސްކޯ ގެނައުމަށްވެސް އާސެނަލުން ދަނީ މަސައްކަތްކުރަމުންނެވެ. މީގެ އިތުރުން ރެއާލް މެޑްރިޑްގެ އެޓޭކަރ ރޮޑްރީގޯ ގެނައުމުގެ މަސައްކަތްކުރަމުންގެންދާކަމަށް ޓްރާންސްފަރ މާކެޓް ދިރާސާކުރާ ފަރާތްތަކުން ހާމަކުރެއެވެ.

ކޮމެންޓް

871x217_placeholder