ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް މި މަހު 31 ގައި


06 ޖުލައި 2025 - 13:07
ދިވެހިރާއްޖޭގެ އެންމެ ބޮޑު ގޭމިންގ ޕްލެޓްފޯމް ކަމުގައިވާ ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) ގެ ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް 2025 (ޑީއެމްޖީސީ) ޖުލައި 31ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.ޣިޔާޘުއްދީން އިންޓަނޭޝަނަލް ސްކޫލުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ޗެމްޕިއަންޝިޕްގައ،ި ފ-ޯގޭމް ފޯމެޓްގެ އެހީގައ،ި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުން ގޭމިންގއަށް ޝައުގުވެރިވާ ފަރާތްތައް އެއްތަނަކަށް ގެނެސ،ް ކުޅުންތެރިންގެ ހުނަރުތައް ދައްކާލުމުގެ ފުރުސަތު ލިބިގެންދާނެ ކަަމަށް ދިރާގުން ބުނެއެވެ.
ޑ.ީއެމް.ޖ.ީސީގައި " ޕަބްޖީ"، "މޯބައިލް ލެޖެންޑްސ:ް ބޭންގ ބޭންގ" ގެ އިތުރުން މި ފަހަރު އަލަށް ތައާރަފްކުރާ "ރޮކެޓް ލީގް" އަދި "އެފްސީ 25″ ވަނީ ހިމަނައިފައެވެ. މި ގޮތުން ، މި ޗެމްޕިއަންޝިޕްގައި ކޮންމެ ގޭމަކަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ މުބާރާތްތައް ކުރިއަށް ދާނެއެވެ. މި ގޮތުނ،ް "ޕަބްޖީ މޯބައިލް ކޮލިފައި"ގެ އެންމެ ގަދަ 16 ގެ ގަދަ ހިފުމެއް ފެނިގެންދާނެއެވެ. އަދ،ި މޯބައިލް ލެޖެންޑްސްގެ ވެސް އެންމެ ގަދަ 7 ޓީމުގެ މެދުގައި ވާދަވެރި ފައިނަލް މެޗްތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވ.ެ މީގެ އިތުރުނ،ް ކުޅުންތެރިންނަށް "ރޮކެޓް ލީގު" ގެ 2V2 މެޗުތަކުގައި ބައިވެރިވުމަށް ފުރުސަތު ލިބ،ި އެފ.ްސީ 25 ގައި ކުޅުންތެރިންގެ ހުނަރުތައް ދައްކާލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ޑ.ީޖ.ީޖީ އިން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އ-ީސްޕޯޓްސް ކުރިއެރުވުމަށާއި ރާއްޖޭގައި ގޭމިންގ ހުނަރުތައް އިތުރުކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ. މި މުބާރާތަކީ ދިރާގުން ދިވެހި ގޭމިންގ އާ އުސްމިންތަކަކަށް އުފުލުމަށް ކުރަމުންދާ މަސައްކަތްތަކުން ހާސިލުކޮށްފައިވާ އިތުރު ކާމިޔާބީއެއް ކަމަށް ދިރާގުން ބުނެއެވެ.
އިތުރު ލިޔުންތައް

4000 ދުވުންތެރިންނާ އެކު، ދިރާގު ރޯޑް ރޭސް މާދަމާ
8 މަސް ކުރިން
ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2025 ގައި ބައިވެރިވާން ހުޅުވާލައިފި
8 މަސް ކުރިން
ކުޅުދުއްފުށި ނޮލެޖް ސެންޓަރަށް ދިރާގުގެ އެހީތެރިކަން
7 މަސް ކުރިން