logo
Bank of Maldives

Bank of Maldives

ޚަބަރު

ކުޅުދުއްފުށީގައި ފެށުނު ޓެލެމެޑިސިންގެ ޚިދުމަތާއެކު ރައްޔިތުންނަށް ލުއި ފަސޭހަކަން ލިބިގެންދާނެ - މެޑަމް

އަޙްމަދު ޒަލީފް
6 ޖުލައި 2025 - 16:04
ކުޅުދުއްފުށީގައި ފެށުނު ޓެލެމެޑިސިންގެ ޚިދުމަތާއެކު ރައްޔިތުންނަށް ލުއި ފަސޭހަކަން ލިބިގެންދާނެ - މެޑަމް

ކުޅުދުއްފުށީގައި ފެށުނު ޓެލެމެޑިސިންގެ ޚިދުމަތާއެކު ރައްޔިތުންނަށް ސިއްޙީ ޚިދުމަތާއި ބޭސްފަރުވާގެ ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މިހެން ވިދާޅުވީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ 43 ވަނަ އަހަރީ ދުވަހުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. 

މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި، ދިވެހިރާއްޖޭގެ ޓެލެމެޑިސިންގެ ޕައިލެޓް ޕްރޮޖެކްޓް އިފްތިތާޙުކޮށްދެއްވާފައެވެ. މިއީ އެހެން ހޮސްޕިޓަލްތަކުގެ ޑޮކްޓަރުންނާއި، ވަސީލަތްތައް ބޭނުންކޮށްގެން، ޓެލެކޮމިއުނިކޭޝަން މެދުވެރިކޮށް ޚާއްސަ ވިއުގައަކުން ސިއްޙީ ޚިދުމަތުގެ ނިޒާމު ގުޅާލެވޭ ޚިދުމަތެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ، ޒަމާނީ ބަދަލުތަކާއެކު ސިއްޙީ ދާއިރާއިންވެސް އިންގިލާބީ ކުރިއެރުންތައް ހޯދަމުންދާކަމަށެވެ. އަދި ރާއްޖެއިންވެސް އެކަންކަމަށް އަހުލުވެރިވަމުން އަންނައިރު، ކުޅުދުއްފުށީގައި މި ފެށި ޓެލެމެޑިސިންގެ ޚިދުމަތްވެގެންދާނީ ރައްޔިތުންނަށް ސިއްޙީ ޚިދުމަތާއި ބޭސްފަރުވާގެ ލުއިފަސޭހަތައް ގެނެސްދޭނެ ޚިދުމަތަކަށްކަމަށެވެ.

ރައީސްގެ އަނބިކަނބަލުން ވިދާޅުވީ ސިއްޙީ ދުޅަހެޔޮ މުޖުތަމަޢުއެއް ބިނާކުރުމަށް ދިރުއުޅުމުގެ އަމިއްލަ އާދަތައް އިސްލާހުކުރުމާއި ސިއްޙީ ތަޢުލީމު އެކި ފެންވަރުގައި ލިބިގަތުމާއި ދާއިރާގެ ޢިލްމާއި ހުނަރު ދަސްކުރުމާއި އަދި އެކަމަށް ބޭނުންވާ ވަސީލަތްތަކާއި ތަންތަން ބިނާކުރުން ވަރަށް މުހިންމުކަމަށެވެ. އަދި ޤައުމެއްގެ ތަރައްޤީގައި ސިއްޙީ، ޖިސްމާނީ، ނަފްސާނީ އަދި ރޫހާނީ ސިއްޙަތު މުހިންމު ދަޢުރެއް އަދާކުރާކަމަށެވެ. 

އެކަމަނާގެ ވާހަކަފުޅުގައި ވަނީ، ރާއްޖެ އުފެދިފައި އޮތް ގޮތުން ސިއްޙީ ޚިދުމަތް ދިނމުގައި ހުރި ގޮންޖެހުންތަކާއެކުވެސް، މި ނިޒާމު ހަރުދަނާކުރުމުގައި ރާއްޖެއިން ހޯދަމުން އަންނަ ކުރިއެރުމާއި ކާމިޔާބީ ފާހަގަކުރައްވާފައެވެ

Ad by Hajj Corporation

Ad by Hajj Corporation

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުއްލި ޙާލަތްތަކުގައި ނަފްސާނީ އެހީތެރިކަން ލިބޭނެކަން ކަށަވަރުކުރަންޖެހޭ: ފަސްޓު ލޭޑީޚަބަރު | 16 ދުވަސް ކުރިންޖައިކާ މެދުވެރިކޮށް ތައުލީމީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި ޚަބަރު | 19 ދުވަސް ކުރިންއަންހެނުންނަކީ ސުލްހަ މަސަލަސްކަން ޙިމާޔަތްކޮށްދޭ ވަރުގަދަ ރަމްޒެއް: ފަސްޓްލޭޑީޚަބަރު | 22 ދުވަސް ކުރިންގައުމީ ދުވަހުގެ ރަސްމީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އުތީމަށް ވަޑައިގެންފިޚަބަރު | 2 މަސް ކުރިން