ބޮޓަފޮގޯގެ ކޯޗުކަމަށް އެންޗެލޯޓީގެ ދަރި ޑޭވިޑް އެންޗެލޯޓީ
.png&w=3840&q=75)
ޑޭވިޑް އެންޗެލޯޓީއަކީ ކާރލޯ އެންޗެލޯޓީއާއެކު ރެއާލް މެޑްރިޑްގައި އެސިސްޓެންޓް ކޯޗުކަމުގައި މަސައްކަތްކޮށްފައިޥާ ކޯޗެއް

07 ޖުލައި 2025 - 04:02
ކޯޕާ ލިބަޓަޑޯރެސް އަދި ބްރެޒިލިއަން ސެރީ އޭގެ ޗެމްޕިއަންސް ބޮޓަފޮގޯއިން އެ ޓީމުގެ އައު ހެޑް ކޯޗެއްގެ ގޮތުގައި ރެއާލް މެޑްރިޑްގެ ކުރީގެ ކޯޗު ކާރލޯ އެންޗެލޯޓީގެ ދަރި އަދި އެންޗެލޯޓީއާއެކު ރެއާލް މެޑްރިދްގައި އެސިސްޓެންޓް ކޯޗުކަމުގައި ހުރި ޑޭވިޑް އެންޗެލޮޓީ އައްޔަންކުރުމަށް ރަސްމީކޮށް ނިންމައިފިއެވެ.
މި ނިންމުން ނިންމާފައިވަނީ ކްލަބް ވޯލްޑް ކަޕްގެ 16 ވަނަ ރައުންޑުން ބޮޓަފޯގޯ ވަކިވުމާ ގުޅިގެން ރެނާޓޯ ޕައިވާ މަޤާމުން ވަކިވުމަށްފަހުއެވެ. ޑެވިޑްގެ އެއްބަސްވުން އަވަސް ގޮތެއްގައި ވަނީ ނިންމާލެވިފައެވެ. އަދި މިކަން ބްރެޒިލިއަން ފުޓްބޯޅަ ކޮންފެޑެރޭޝަނަށް ވަނީ އަންގާފައެވެ.
މިއީ ޑެވިޑްގެ ގެ ކެރިއަރުގައި ޓީމެއްގެ ހެޑް ކޯޗުކަމާއި ހަވާލުވާ ފުރަތަމަ ފަހަރެވެ.
ޑެވިޑް ފުލްޓައިމް ޑިއުޓީތައް އަދާކުރުމަށްޓަކައި ރިއޯ ޑި ޖެނެއިރޯއަށް ބަދަލުވާނެއެވެ. ނަމަވެސް ބޮޓަފޯގޯގެ ކުރިއަށް އޮތް ވާސްކޯ ޑަ ގާމާއާ ދެކޮޅު މެޗުގައި އޭނާ ސައިޑްލައިންގައި ނުހުންނާނެއެވެ. އޭނާ ތައްޔާރުވަންދެން ކްލޯޑިއޯ ކަސަޕާ އިންޓަރިމް ކޯޗެއްގެ ގޮތުގައި މަސައްކަތްކުރާނެއެވެ.
ބޮޓަފޯގޯއިން އުންމީދުކުރަނީ ކުރިއަށް އޮތް ސީޒަންގައި އިތުރު ކާމިޔާބީތަކެއް ހޯދުމަށެވެ. އަދި ޑެވިޑްގެ ތަޖުރިބާއާއި ހުނަރުވެރިކަން ޓީމަށް ފައިދާކުރާނެ ކަމަށް ބެލެވެއެވެ.