logoEN
ޚަބަރު

ޖޭއެސްސީ އަށް އާންމުންގެ ތެރެއިން 8 ބޭފުޅަކު ކުރިމަތިލައިފި

އާމިނަތު ސަފާއާމިނަތު ސަފާ

08 ޖުލައި 2025 - 07:06

ޖުޑީޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީގައި އާންމުން ތަމްސީލްކުރާ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި އެ މަގާމަށް 8 ބޭފުޅަކު ކުރިމަތިލައިފިއެވެ.

މިއީ ރައްޔިތުންގެ މަޖިލީހުން މިދިޔަ މިދިޔަ މަހު ފުރުސަތު ހުޅުވާލުމުން އެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންނެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ޖޭއެސްސީ އަށް އާންމުންގެ ފަރާތުން ކުރިމަތިލުމަށް ހުޅުވާލުމުން ކުރިމަތިލި 8 ބޭފުޅުންގެ ނަންތައް ތަޅުމުގައި އިއްވައިފަ އެވެ. އެ މެމްބަރުންނަކީ:

އަލްއުސްތާޛް އިބްރާހިމް ޒާހިދު/ ލިލީމާގެ، ގދ. ވާދޫ- އަލްއުސްތާޛް އަހުމަދު ޢަލީ/ ހުޅުމާލެ، ފްލެޓް 108-ޖީ-1- އަލީ އާމިރު/ މއ. ޕެންޒީވިލާ- އިދުރީސް ފައުޒީ/ ފަހިވާގެ، ލ. ކަލައިދޫ- އަލްއުސްތާޛް އަހުމަދު ޝާފިއު/ އުދަރެސް، ހއ. އިހަވަންދޫ- ޑރ. ހުސައިން ފާއިޒު/ ދަފްތަރު ނަންބަރު ރ.ސ. 1325- އަލްއުސްތާޛް ހަސަން ވަހީދު/ ރަންކޮކާގެ، ހދ. ކުރިނބި- އަލީ މުޙައްމަދު މަނިކު/ ދަފްތަރު ނަންބަރު ރ.ސ. 1851

ޖުޑީޝަލް ސަރވިސް ކޮމިޝަނުގައި އާންމުން ތަމްސީލް ކުރައްވާ މެންބަރުގެ މަގާމަށް ކުރިމަތިލާން ހުޅުވާލީ މިހާރު އެ މަގާމު ފުރުއްވަމުން ގެންދަވާމެމެްބަރު ޑރ. އައިމިނަތު އުއްމުކުލްޘޫމްގެ މަގާމުގެ މުއްދަތު ހަމަވާތީއެވެ.

ޖޭއެސްސީއަށް އާންމުންގެ ތެރެއިން މެންބަރަކު އައްޔަން ކުރުމަށް ހުޅުވާލައި ރައްޔިތުންގެ މަޖިލީހުން ކުރި އިއުލާނުގައި ބުނީ ޤާނޫނުއަސާސީއާއި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ ދަށުން ޖޭއެސްސީއަށް އާންމުންގެ ތެރެއިން މެންބަރަކު ކަނޑައަޅާނީ މަޖިލީހުން ކަމަށެވެ. މި މަގާމަށް ކުރިމަތިލުމުގެ ޝަރުތުތަކަކީ އުމުރުުން 30 އަހަރުވެފައިވާ ދިވެއްްސަކަށް ވުން އަދި އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުމާއި ޤާނޫނުއަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބު ކުރެވޭ ނުވަތަ އައްޔަނުކުރެވޭ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުމެވެ. މީގެ އިތުރުން އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރަކު ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހެއް ކަމުގައި ނުވުންވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

ޖޭއެސްސީ އަށް ހޮވާނެ ބޭފުޅަކު ކަނޑައަޅާނީ މަޖިލީހުގެ މެމްބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.

ޖޭއެސްސީ އެކުލެވިގެންވަނީ 10 މެންބަރުންގެ މައްޗަށެވެ. ޖޭއެސްސީގައި ތިބޭނީ އާންމުންގެ ތެރެއިން ކަނޑައަޅާ މެމްބަރަކާއި މަޖިލީހުން ކަނޑައަޅާ މެމްބަރަކާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސާއި ބަންޑާރަ ނާއިބާއި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މެމްބަރަކާއި ގާނޫނީ ވަކީލުންގެ ތެރެއިން ކަނޑައަޅާ ވަކީލަކާއި ދަށު ކޯޓުތަކުން ކަނޑައަޅާ ފަނޑިޔާރަކާއި ހައިކޯޓުން ކަނޑައަޅާ ފަނޑިޔާރެއްގެ އިތުރުން ސުޕްރީމް ކޯޓުން ކަނޑައަޅާ އެ ކޯޓުގެ ފަނޑިޔާރެކެވެ.

ކޮމެންޓް

871x217_placeholder